އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި މިދިޔަ އަހަރު 21 މިލިޔަން ޑޮލަރު ލިބިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓު ތަރައްގީކުރުމުގެ މަސައްކަތާ ގުޅިގެން ނަގަންފެށި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި މިދިޔަ އަހަރު 21.4 މިލިޔަން ޑޮލަރު ދައުލަތަށް ލިބިއްޖެއެވެ.

ސަރުކާރުން އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ނަގަން ފެށީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެންނެވެ. އެ ފީ ނަގަން ފެށީ މިދިޔަ އަހަރުން ފެށިގެން ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުންނެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ނިމުނު އިރު އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ވަނީ 21.47 މިލިޔަން ޑޮލަރެވެ.

އެއީ ދިވެހި ރުފިޔާއިން ނަމަ 329.9 މިލިޔަން ރުފިޔާއެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ސަރުކާރުން ނަގަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު، އަދި ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރުގެ ރޭޓުންނެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުން މި ޓެކްސުން އިސްތިސްނާވެއެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ އިތުރުން، ޓެކްސް އާމްދަނީއެއްގެ ގޮތުގައި ނަގާ އެއާޕޯޓު ސާވިސް ޗާޖަށް މިދިޔަ އަހަރު ލިބިފައިވަނީ 45.8 މިލިޔަން ޑޮލަރު، ނުވަތަ 703.2 މިލިޔަން ރުފިޔާއެވެ.

މިދިޔަ އަހަރު މީރާ މެދުވެރިކޮށް ދައުލަތަށް ވަނީ 15.18 ބިލިޔަން ރުފިޔާ ލިބިފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ މެދުވެރިކޮށެވެ. އެއީ 6.8 ބިލިޔަން ރުފިޔާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ގެ 6 ސަރަހައްދަކުން ޓޫރިޒަމަށް ބިން ދޫކުރަން ފަށައިފި

އައްޑޫ ސިޓީގެ 6 ސަރަހައްދަކުން ޓޫރިޒަމަށް ބިން ދޫކުރަން ފަށައިފިއެވެ. އައްޑޫ ސިޓީގައި ޓޫރިޒަމް ޒޯންގެގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ...

މެސެންޖަރ އަށް ފަހު ވައިބަރ އަށް ވެސް އުރީދޫ ނެކްސްޓްގެ ޚިދުމަތް ތައާރަފްކޮށްފި

އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލަރނިންގްގެ އެހީގައި މަސައްކަތް ކުރާ އުރީދޫ ނެކްސްޓްގެ ޚިދުމަތް ވައިބަރ އަށް ތައާރަފްކޮށްފިއެވެ. ...