• Categories
  • Archives

މަސްތުވާތަކެތީގެ ހާއްޔެ ! އެންމެން ދަންނަ ބޮޑު ސިއްރެއް !

މުޅި ދުނިޔޭގެ ގިނަ ބައެއްގެ ދިރިއުޅުން ހަލާކުކުރުމުގައި ބޮޑުދައުރެއް އަދާކުރާ އެކައްޗަކީ މަސްތުވާ ތަކެއްޗެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އެއާ ދުރުވުމަކީ މާފަސޭހަކަމެއްނޫނެވެ. ކިތައްމެ ބޭނުން ވިޔަސް އެއާ ދުރުވެވޭނީ އެމީހަކު އަމިއްލައަށް އެކަން ހުއްޓުމަށް އަޒުމު ކަނޑައަޅައި އެ އަޒުމާ އެއްގޮތަށް އަމަލުތައް ބަހައްޓައިގެންނެވެ. ނުވަތަ ރިހެބިލިޓޭޓް ވެގެންނެވެ.

މި ނުބައި ވަބާ މިއަދު މިވަނީ މި ދިވެހި މުޖުތަމައުގައިވެސް އާންމު ވެފައެވެ. އިންސާނާގެ ހަށިގަނޑަށް ގެއްލުންދޭ ކޮންމެ އެއްޗަކީ މާތް ﷲ ޙަރާމް ކުރައްވާފައިވާ އެއްޗަކަށް ވީއިރު، ސައްތައިން ސައްތަ އިސްލާމް ގައުމެއްކަމަށް ދައުވާ ކުރަމުން އަންނަ ދިވެހިރާއްޖެ ވެސް މިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ގަނެ ވިއްކުމުގެ ވިޔަފާރި ހީވެސްނުކުރާހާ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ގައުމަކަށް ވެފައެވެ.

ހަޔާތުގެ ބައިވެރިޔަކަށް މިފަދަ މީހެއް ހިޔާރުކުރުމުގެ ނަތީޖާ:

މި ދިވެހި މުޖުތަމައުގައި ވަރި މިހާ ގިނަ ވެފައިވާ އެއް ސަބަބަކީ މިއީއެވެ. ދީނުގެ ރިވެތި ސިފަތައް އަށަގެންފައިވާ އަންހެން ކުދިންގެ އަދަދު މިއަދު އިނގިލިން ގުނާލެވޭއިރު، މުޖުތަމައުގައި ގިނައީ އެބޯޅެ މިބޯޅެއަށް އުޅޭ، ދިރިއުޅުމާދޭތެރޭ މާބޮޑު ފިކުރެއްނެތް ކުދިންނެވެ. މިފަހަކަށް އައިސް ގިނަ އަންހެން ކުދިން ލައިކް ވަނީ ވެސް މިފަދަ ގޯސް އަމަލުތައް ކުރާ ކުދިންނެވެ. މިފަދަ ކުދިންގެ ބޮލަށް އެރި ލުމަކީ މާއުނދަކޫ ކަމަކަށް ނުވެއެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހާ އެމީހުންގެ އަމިއްލަ ބޭނުމަށް ނުވަތަ ދުނިޔޭގެ ވަގުތީ އުފާތައް ހާސިލް ކޮށްލުމަށް އަންހެން ކުއްޖާގެ ވިސްނުމާއި ކުޅެލައެވެ. ތިމާއަކީ ވަރަށް ޑީސެންޓް މީހެއްގެ ސިފަ ދައްކާ، އަގު ބޮޑެތިހާ ގިފްޓްސް ތަކުން އަންހެން ކުއްޖާގެ މުޅި ހަޔާތް ބަދަލުކޮއްލައެވެ. ލޯބި ވެއޭ، ކެއާ ކުރަމޭ، ދުވަހަކުވެސް ދޫކޮށް ނުލާނަންކަމަށް ވައުދުވެ، އަދި އެންމެ ފަހުން ތިމާ އަށް ޓްރަސްޓް ކުރާށޭ ބުނެ، އަންހެން ކުއްޖާގެ އަބުރަށް ހުތުރު ވާފަދަ ކަންތައްތައް ކުރެއެވެ.

ހޭ އަރަނީ ދެނެވެ. ވިސްނާލެވެނީ ދެނެވެ. މީހާގެ ހަގީގަތް ހޯދާ ބަލާއިރު އާމްދަނީ ހޯދަނީ މަސްތުވާތަކެތީގެ ވިޔަފާރި ކޮއްގެންނެވެ. މާ ރިޗް މީހެއްގެ ކުލަ އޭރު ދެއްކީ މި ވިޔަފާރި ކޮށް އަތްމަތި ތަނަވަސް ވާތީއެވެ. މިފަދަ މީހުންނާ ކައިވެނިކޮށް ދަރިއަކު ލިބި އެތައް ދުވަހަކަށް ފަހު މިކަންކަން އެންގޭ ފަހަރުވެސް އާދެއެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަކީ އޭގެ ބޭނުންނުކޮށް ގިނަ އިރުވާނަމަ ރުޅި ގަދަވާ މީހުންނެވެ. މިނޫނަސް އެތައް މައްސަލަތަކެއް އެފަދަ މީހުންނަށް ދިމާވެއެވެ. މިކަމުގެ ސަބަބުން އަންހެންކުއްޖާއަށް ޖިސްމާނީ އަނިޔާތަކާ ކުރިމަތި ލާންޖެހޭ ފަހަރުވެސް އާދެއެވެ. ނަތީޖާއަކަށް ވަނީ ދެމަފިރިންގެ ދޭތެރޭ ޖެހޭ މައްސަލަތައް ހައްލުނުވެގޮސް ވަރިވުމެވެ. ދަރިފުޅުގެ ދިރިއުޅުންވެސް އަންހެން ކުއްޖާއާއެކު ހަލާކުވީއެވެ. ވިސްނާނުލާ ކުރެވޭ މިފަދަ ކަންކަމުގެ ނަތީޖާ ވަރަށް ހިތި ވާނެއެވެ.

ކުދިންނޭ ވިސްނާށެވެ! މިމުޖުތަމައަކީ މިފަދަ ތަނެކެވެ. ކެހިވެރިން ގިނަ ހަރުދަނާ މީހުން މަދު ތަނެކެވެ. ޒުވާނުންނޭވެ! މަސްތުވާތަކެއްޗާއި ދުރުވެ، އަންހެން ކުދިންނަކީ ތިޔަ ޒުވާން ފިރިހެންކުދިންގެ ހިމާޔަތުގެ ދަށުގައި މިނިވަން ކަމާއެކު އުޅެވޭނެ ބަޔަކަށް ހަދާށެވެ. ގައުމު އަމާން، ކުށް މަދު، ސުލްހަވެރި ތަނަކަށް ވާނީ އޭރުންނެވެ.

މަސްދަރު : ކުޅުއްފުށީ . ކޮމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

މަޖިލިހަށް އިންތިޚާބްކުރަންޖެހެނީ ރަށުމީހެއްތަ ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވަމުން އަންނަ ވަރަކަށް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ވަނީ ކެމްޕޭންގެ މަސައްކަތް ފަށާފައެވެ. މަޖިލީހަށް ...

އައްޑޫސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް، ކައުންސިލުން އެކުލަވާލި ޕްލޭނަށް ޚިޔާލު ހޯދައިފި

އައްޑޫސިޓީގައި ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް، އައްޑޫސިޓީ ކައުންސިލުން އެކުލަވާލާފައިވާ ޕްލޭނަށް ޚިޔާލު ހޯދުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ...

މައި އުރީދޫ އެޕްގެ ދިވެހި ވަރޝަން ތައާރަފްކޮށްފި

ދިވެހި ބަހުން ޚިދުމަތް ފޯރުކޮށްދޭ ފުރަތަމަ ސެލްފް-ކެއާ މޮބައިލް އެޕްލިކޭޝަން އުރީދޫއިން ތައާރަފްކޮށްފިއެވެ. މިކަމާ ގުޅޭގޮތުން އުރީދޫއިން ބުނީ، ...

އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ...

ގއ. ފެށިގެން އައްޑުއަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފި

ބޯކޮށް ވާރޭވެހޭނެކަމަށް ބަލައި ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓ ނެރެފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދެންމެ ނެރުނު ...

ރިބާ ޙަރާމް ކުރެއްވުމުގެ މަރުޙަލާތައް

ރިބާގެ މުޢާމަލާތް ބެހިގެން އަންނަގޮތަށް ބަލާއިރު މައިގަނޑުގޮތެއްގައި އެކަން ބިނާވެފައިވަނީ ފައިދާ ލިބިގަތުމުގެ މައްޗަށެވެ. އެހެންނަމަވެސް އިސްލާމީ ޝަރީޢަތުގައި ...