ގިނަ މީހުން އަހަރެންގެ އިންސްޓެގްރާމް ބެލުމަކީ ވަރަށް އުފާވާ ކަމެއް- ޕްރިޔަންކާ

ބޮލީވުޑް އަދި ހޮލީވުޑްގައިވެސް ފިޔަޖަހަމުން އަންނަ ތަރި ޕްރިޔަންކާ ޗޯޕްރާ، މި ފެށުނު އާ އަހަރު ފާހަގަ ކޮށްފައިވަނީ އޭނާގެ އާއިލާ އާއި އެކީގައި ލަންޑަންގައެވެ.

“ކުއަންޓިކޯ”ގެ މަސައްކަތުގައި ވަރަށް ބިޒީކޮށް އުޅެމުން ޕްރިޔަންކާ ދާދި ފަހުން ވަނީ އިންޑިއާގެ މުމްބާއީ ސިޓީއަށް އައިސް އޭނާއަށް ތާއީދު ކުރާ މީހުންނާއި ބައްދަލުކޮށްފައެވެ. ޕްރިޔަންކާ އޭނާގެ ބައެއް ފޭނުންނާއި ބައްދަލުކޮށްފައިވަނީ ޓީވީ ޝޯއެއްގެ ތެރެއިންނެވެ. އަދި މި ޝޯގެ ތެރެއިން އޭނާއަށް ތާއީދު ކުރާ އަންހެން ފޭން އެއް ވަނީ ޕްރިޔަންކާގެ އިންސްޓެގްރާމް އެކައުންޓްގައި ހިއްސާ ކުރަމުން އަންނަ “ސްޓޯރީ”ތަކާއި ޕޯސްޓްތައް ފޮލޯ ކުރާ ކަމަށް ބުނެފައެވެ.

ފޭންއަށް ޖަވާބު ދެމުން ޕްރިޔަންކާ ބުނީ، އޭނާގެ އިންސްޓެގްރާމް އެކައުންޓްގައި ހިއްސާ ކުރާ ފޮޓޯ އަދި ވީޑިއޯތައް ބަލަނީ ކިތައް މީހުންތޯ އަބަދުވެސް ޗެކް ކުރާ ކަމަށާއި، ގިނަ މީހުން އޭނާގެ އިންސްޓެގްރާމް ޗެކު ކުރާނަމަ، އެކަމާ ވަރަށް އުފާވާ ކަމަށެވެ.

ޕްރިޔަންކާ އަކީ މިހާރު، ބޮލީވުޑް އަދި ހޮލީވުޑްގައި ވިދަމުން އަންނަ ތަރިއެއް ނަމަވެސް، އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން އާއްމުންނާ ހިއްސާ ކުރުމަކީ އެހާ ކުރާހިތްވާ ކަމެއް ނޫން ކަމަށް ޕްރިޔަންކާ ބުނެއެވެ. ޕްރިޔަންކާ ފާހަގަ ކުރެވެނީ، އޭނާގެ ލޯބީގެ ހަޔާތާއި ބެހޭގޮތުންވެސް މައުލޫމާތު ހިއްސާ ނުކުރާ ތަރިއެއްގެ ގޮތުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޝިޔާންޓޭ ޕްރައިމަރީ ކާމިޔާބުކޮށްފި

އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށް ށ އަތޮޅު ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީން ވާދަކުރުމުގެ ޓިކެޓު މުޙައްމަދު ޝިޔާމް ( ޝިޔާންޓޭ ) ކަށަވަރުކޮށްފިއެވެ. ށ ...

މާދަމާ މީދޫގައި ކުރެވޭ ކޭތަނަމާދު ކުރެވޭނީ މަސްޖިދުލް އިބްރާހިމް މަޖުދުއްދީންގައި – އިމާމުވެ ނަމާދު ކުރައްވާނީ ކަރީމް

މާދަމާ ހެނދުނު ހިފާ އިރުކޭތައާ ގުޅިގެން، މިސްކިތްތަކުގައި ޖަމާއަތުގައި ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި ...

އާ ފީޗާސްތަކާއެކު ބީއެމްއެލްގެ މޯބައިލް ބޭންކިންގ އެޕް ތައާރަފު ކޮށްފި

ކަސްޓަމަރުންނަށް ބޭންކިންގ ހިދުމަތް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ބީއެމްއެލްގެ މޮބައިލް ބޭންކިންގ އެޕް އަށް ބަދަލު ގެނެސް އިތުރު ...