ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ޚިދުމަތް ކުރަން ލިބުމަކީ ފަޚުރެއް ކަމަށް، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ހަތަރު އަހަރު ފުރުނު މުނާސަބަތާއި ގުޅިވައިގެން ކުރީގެ ރައީސް މައުމޫނުގެ ދަރިކަނބަލުން އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ދުންޔާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރަށް ހަތަރު އަހަރު ފުރިގެން ދިޔައިރު، ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރަށާއި ރައްޔިތުންނަށް ޚިދުމަތް ކުރަން ލިބިގެންދިއުމަކީ ލިބުނު ފަޚުރެއް ކަމަށެވެ. ދުންޔާ މައުމޫން ވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަންވެސް ކުރައްވާފައެވެ.

ދުންޔާ ވިދާޅުވެފައިވަނީ ފޮރިން މިނިސްޓަރެއްގެ ހައިސިއްޔަތުންނާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ހައިސިއްޔަތުން ވޭތުވެ ދިޔަ ހަތަރު އަހަރު ކުރެވުނު މަސައްކަތާ މެދު ފަޙްރުވެރިވެ އުފާ ކުރާ ކަމަށެވެ. އަދި ކުރިން މިނިސްޓަރެއްގެ މަޤާމުގައި ހުންނެވިއިރު ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވި ނަމަވެސް، އެއިން ކޮންމެ ގޮންޖެހުމަކަށް ވެސް މަސައްކަތް ކުރެއްވީ ކެރިގެން ކަމަށް ދުންޔާ މައުމޫން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަމުންދަނީ ގައުމަށް ފައިދާވާގޮތަށް ކަންތައްތައް ނިންމުމަށް ކަމަށާ، ރައްޔިތުންނަށް ފައިދާވާ ގޮތަށް މަސައްކަތް ކުރެވުމުން ހިންހަމަޖެހުން ލިބޭކަމަށެވެ.

މިސަރުކާރުން ސިއްޚީ ދާއިރާއަށް ގެނެސްދެމުން މިދާ ކުރިއެރުން އަބަދުވެސް ފަޚުރުވެރިވާކަމަށް ވިދާޅުވެ، ދުންޔާ ވަނީ ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުން ރައްޔިތުންނަށް ފައިދާވާ ގޮތަށް މިދާއިރާއިން ކުރާ ކޮންމެ މަސައްކަތެއްގައި ސަރުކާރާ އެކުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ދުންޔާ ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި އަބަދުވެސް ދެމިހުންނާނެ ކަމަށާއި، ދެކެން ބޭނުންވަނީ ރާއްޖޭގެ ކުރިއެރުމާ ތަރައްޤީ ކަމަށެވެ. ދުންޔާ މިހެން ވިދާޅުވެފައިވާއިރު، އެކަމަނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ގެންދަވަނީ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވަމުންކަން ފާހަގަކޮށްލެވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއީ ޙިކްމަތްތެރިކަމާއެކު، ޑޮކްޓަރުންގެ އިރުޝާދާއެކު ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު- ރައީސުލްޖުމްހޫރިއްޔާ

ކޮވިޑް19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ނަމަވެސް މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތެއް ނޫންކަމަށާއި، މިއީ ވިސްނުންތެރިކަމާއި ...

އަންނަ ހަފްތާއިން ފެށިގެން ކިޔަވަދޭނީ އެއްދަންފަޅީގައި: ސ. އަތޮޅުމަދަރުސާ

ފުރަތަމަ މިޑްޓާމް ބަންދު ނިންމާލުމަށްފަހު އަންނަ ހަފްތާގައި ކިޔެވުންފަށާއިރު ސ. އަތޮޅުމަދަރުސާގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އެއް ދަންފަޅީގައި ކަމަށް ...

ރައީސް ޔާމީނު އަލަށް އުފައްދާ ޕާޓީގެ ނަން ފައިނަލްކޮށްފި

ރޭގެ ވަގުތެއްގައި ޕީޕީއެމް ދޫކޮށްލެއްވިކަން އުއުލާނުކުރެއްވި ރައީސް ޔާމީނު އަލަށް އުފެއްދުމަށް ތައްޔާރުވަމުންދާ ސިޔާސީ ޕާޓީއަށް ކިޔާނެ ނަން ...