ނިއުޔޯކް ފެޝަން ވީކްގައި ސަނީ ލިއޯން އާއި ޕްރިޔަންކާ އެކުގައި

ނިއުޔޯކް ފެޝަން ވީކްގައި ބޮލީވުޑްގެ ތަރި ސަނީ ލިއޯން އާއި  ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔާންކާ ޗޯޕްރާއާއި ދެ މީހުން އެއްކޮށް ފެނިއްޖެއެވެ.

އެ ފެޝަން އިވެންޓަށް ސަނީ ގޮސްފައި ވަނީ އިންޑިއަން ޑިޒައިނަރ އެއްކަމަށްވާ އަރްޝާނާ ކޮޝާރުގެ ޑިޒައިންކޮށްފައިވާ ހެދުމަކާއެކުގައެވެ. ސަނީ ވެފައި ވަނީ އެ ފަޝަން ޝޯވގެ ރޭމްޕަށް އެރި ފުރަތަމަ އިންޑީއަން އެކްޓްރެސްއަށްވެފައެވެ.

ޕްރިޔަންކާ އާއި ސަނީގެ ބައެއް ފޮޓޯތަކުން ޓްވީޓްކޮށްފައިވާއިރު، ނިއުޔޯކްގައި ވަރަށް މަޖާކޮށްފައިވާކަަމަށް ސަނީގެ ޓްވީޓްއިން ހާމަވެއެވެ.

ސަނީ ވެފައި ވަނީ ޕްރިޔަންކާގެ ވަރަށް ހެޔޮއެދޭ އެކުވެރިއަކަށެވެ. ޕްރިޔަންކާގެ ފުރަތަމަ ހޮލީވުޑްގެ ފިލްމް ބޭވޮޗް ކުޅޭކަމަށް އިއުލާން ކުރުމުން އިންޑިޔާގެ ސެލެބިރިޓިންގެ ތެރެއިން ސަނީ ވެފައި ވަނީ ޕްރިޔަންކާއަށް މަރުހަބާ ކިޔައި އެ ފިލްމްގައި ޕްރިޔްންކާ ފެންނާތީ އުފާވަކަށް ބުނި ފުރަތަމަ ތަރިއަށެވެ.

ޕްރިޔަންކާ މިހާރު ދަނީ ކުއެންޓިކޯގެ ސީޒަން ދޭއް ކުޅެމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިންްދްރެއްލާގެ ހެދުމާއެކު އަނެއްކާވެސް އައިޝްވާރިއާ އެތައް ބައެއްގެ ހިތް އަތުލައިފި

އުމުރުން މިހާރު 44 އަހަރުވެފައިވާ އައިޝްވާރިއާ ރާއީގެ ރީތިކަމުގެ ވާހަކަދައްކާލަން އެބަޖެހެއެވެ. އަދިވެސް އެ ރީތިކަމާއި ފަރިކަމަށް ބަދަލެއް ...

ފެޝަންގެ ދުނިޔޭގައި ހެދުމާއި ގުޅޭ އެންމެ މުހިންމު އެކައްޗަކަށް ފޯނުވެއްޖެ

ފޯނަށް ދެވިހިފާ އެއާ ނުލާ ނޫޅެވޭ ހިސާބަށް މިހާރު ވަނީ ގޮސްފައެވެ. ހެނދުނު ހޭލާއިރުއާއި، ނިދަން އޮށޯންނައިރުވެސް، ކުރެވޭ ...

ފެޝަން ބުރުގާ އަޅަމުންދިޔަ އަޝްފާ ބުރުގާ ބާލައިފި

ބުރުގާ އެޅުމުގެ ސްޓައިލާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ، މަރިޔަމް އަޝްފާ، ރަސްމީކޮށް ބުރުގާ ...