ފްލައި ދުބާއީގެ ބަދަލުގައި އެމިރޭޓްސްގެ ދަތުރުތައް އިތުރުކުރުމުން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ- އިނަ މޯލްޑިވްސް

ފްލައި ދުބާއީން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލިނަމަވެސް، ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދަށް އެއްވެސްވަރެއްގެ ނޭދެވޭ އަސަރެއް ނުކުރާނޭކަމަށް އިނަ މޯލްޑިވްސްއިން ބުނެފިއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން ފްލައި ދުބާއީގެ ރާއްޖޭގެ އޭޖެންޓް، އިނަ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފިރާޤު ވިދާޅުވީ، އަންނަމަހުގެ ފަހުކޮޅު ފްލައި ދުބާއީގެ ދަތުރުތައް ހުއްޓާލި ނަމަވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ދަށްވެގެން ނުދާނޭ ކަމަށެވެ.

ފްލައި ދުބާއީން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލުމާއިއެކު، އޭގެ ބަދަލުގައި ރާއްޖެއަށް އުދުހުންތައް ބާއްވާނީ، އެ އެއަރލައިނާ ކޯޑު ޝެއަރ ކުރަމުން އަންނަ އެމިރޭޓްސް އެއަރލައިނުންނެވެ.

އެމިރޭޓްސް އެއަރލައިނުން މިހާރުވެސް ގެންދަނީ ހަފްތާއަކު 5 ދަތުރު ރާއްޖެއަށް ކުރަމުންނެވެ.

ފިރާގް ވިދާޅުވީ، ފްލައި ދުބާއީގެ ބަދަލުގައި އެމިރޭޓްސް އެއަރލައިންގެ އުދުހުންތައް އިތުރުކުރުމުން ރާއްޖެއަންނަ ފަތުރުވެރިންގެ ޢަދަދު ވަރަށްބޮޑަށް އިތުރުވާނެކަމަށެވެ.

ފްލައި ދުބާއީން ރާއްޖެއަށް ދަތުރުކުރަން ފަށާފައިވަނީ، މީގެ 5 އަހަރު ކުރިންނެވެ. އެ އެއަރލައިނުން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލަން ނިންމީ ޚަރަދު ކުޑަކުރުމުގެ ސިޔާސަތެއްގެ ދަށުންނެވެ.

ފްލައި ދުބާއީ އާއި އެމިރޭޓްސް އެއަރލައިން ތަފާތު ދެ ކުންފުންޏެއްގެ ދަށުން ހިންގިނަމަވެސް، މި ދެ އެއަރލައިނުގެވެސް ބަލަދުވެރި ފަރާތަކީ ޔޫއޭއީގެ ސަރުކާރެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ މަގުތައް ހަދާ އިންޑިއާގެ އެފްކޮންސް ކުންފުނި ވިއްކާލަން އިއުލާންކޮށްފި

އައްޑޫގެ މަގުތަކާއި ތިލަމާލެ ބްރިޖު ފަދަ ބޮޑެތި މަޝްރޫއުތައް ރާއްޖޭގައި ހިންގަމުން އަންނަ އިންޑިއާގެ އެފްކޮންސް އިންފްރަސްޓްރަކްޗާ ކުންފުނި ...

ރައީސުގެ އަނބިކަނބަލުން، ތުރުކީގެ ރައީސްގެ އަނބިކަނބަލުން ނެރުއްވި “މައި ޓްރެވަލްސް ޓު އެފްރިކާ” ފޮތް ނެރުމުގެ ޙަފްލާގައި ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުގައި ނިއުޔޯކް ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ތުރުކީގެ ...

މަރުވެފައި އޮތް ބޮޑު މަހެއް ހިތަދޫއަށް ލައްގައިފި

މަރުވެފައި އޮތް ބޮޑޫ މަހެއް އައްޑޫ ސިޓީ ހިތަދޫއަށް ލައްގައިފިއެވެ. މި މަސް މިއަދު 10:40 ހާއިރު ހިތަދޫ ...