• Categories
  • Archives

އީޔޫގެ ފަރާތުން ރާއްޖެއަށް އެއްވެސް ޕުރެޝަރެއް ނެތް: ސަފީރު ޝިއާން

އީޔޫގެ ފަރާތުން ރާއްޖެއަށް ފިއްތުންތަކެއް ކުރިމަތި ކުރަމުންދާކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ސިޔާސީ ފަރާތްތަކުގެ އަމިއްލަ މަންފާތަކެއް ހާސިލްކުރުމަށް ދައްކަމުންދާ ވާހަކަތަކެއް ކަމަށާއި، އެފަދަ އެއްވެސް ޕްރެޝަރެއް ނެތްކަމަށް ދިވެހި ރާއްޖޭއިން އީޔޫ އަށާއި ބެލްޖިއަމްއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރު އަހްމަދު ޝިއާން ވިދާޅުވެއްޖެއެވެ.

ޔޫރަޕިއަން ޔޫނިއަންއިން ރާއްޖެއަށް ފިއްތުންތަކެއް ކުރިމަތިކުރަމުންދާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ޗެނަލް 13 އަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި ދިވެހި ރާއްޖޭއިން ޔޫރަޕިއަން ޔޫނިއަން އަށާއި ބެލްޖިއަމްއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރު އަހްމަދު ޝިއާން ވިދާޅުވީ ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖެ ތަރައްގީ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތަށް އީޔޫއިން ފުރިހަމައަށް ތާއީދު ކުރައްވާކަމަށެވެ .

އަދި އީޔޫއިން ރާއްޖެއަށް އެއްވެސް ދަތިކުރުމުގެ ފިޔަވަޅެއް އަޅަން ބޭނުން ނުވާކަމަށް ސަފީރު ވިދާޅުވިއެވެ. ސަފީރު ވިދާޅުވީ އީޔޫއިން ސަރުކާރަށް ފިއްތުންތަކެއް ކުރިމަތި ކުރުވަމުންދާކަމަށްބުނެ، އިދިކޮޅު ފަރާތްތަކުން ތަފާތު ވާހަކަތައް ދައްކަމުންދާކަމަށާއި، ނަމަވެސް އެފަދަ އެއްވެސް ޕްރެޝަރެއް ނެތްކަމަށެވެ.

ސަފީރު ވިދާޅުވީ އީޔޫގެ ވަފުދުން ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރާއްޖެއަށް އައިސްފައިވާ ބަދަލުފެނި ހައިރާންވެފައިވާކަމަށް. އަދި ރާއްޖޭއަށް ޒިޔާރާތް ކޮށް ރާއްޖޭގެ ހާލަތު ބައްލާވާލައްވާ، އެ ފަރާތްތަކުން ރާއްޖޭގެ ތަރައްޤީ އަށް ވަރަށް ބޮޑަށް ތާއީދު ކުރާކަން ހާމަކުރައްވާފައިވާކަމަށެވެ.

ޝިއާން ވިދާޅުވީ އީޔޫގެ ވަފުދުގެ ބޭފުޅުން އެންމެ ބޮޑައް ފާހަގަކުރެއްވީ ސަރުކާރުން ކުރު މުއްދަތެއްގެ ތެރޭގައި ސިއްހީ ނިޒާމަށާއި ތައުލީމީ ނިޒާމްއަށް ގެނެވުނު ހެޔޮ އަދި ބޮޑު ބަދަލު ކަމަށެވެ. އަދި އީޔޫ ވަފުދުގެ ބޭފުޅުން ރާއްޖެއަށް ޒިޔާރަތް ކުރުމުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދިޔަ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަން ހާމަވެ، އެމީހުން ފަޟީހަތް ވެފައިވާކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ ދާދި ފަހުން ރާއްޖެއަށް ވަޑައިގެންނެވި އީޔޫގެ ވަފްދްއަކީ ރާއްޖެއަށް މިހާތަނައް ވަޑައިގެންނެވި އެންމެ ހައި ލެވެލް ވަފުދުކަމަށް. އީޔޫ އިއްތިހާދާއި ރާއްޖެއާއި އޮންނަ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ހާމަކުރައްވާ ޝިއާން ވިދާޅުވީ އީޔޫގެ ވަފުދުން ރާއްޖެއަށް ކުރި ޒިޔާރާތުގައި ތަފާތު އެކި ދާއިރާތަކުން މަޝްވަރާ ކުރެވުން ކަމަށެވެ.

އެގޮތުން މައިގަނޑު ގޮތެއްގައި މިހާރު ގުޅުން އޮތް ދާއިރާތަކުގެ ބޭރުން އިތުރު ދާޢިރާތަކުން ގުޅުން ބަދަހި ކުރުމަށް ވާހަކަ ދެކެވިގެން ދިޔަ ކަން ސަފީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ދިވެހި ވިޔަފާރީވެރިންގެ ހަރަކާތްތައް ޔޫރަޕްގައި އިތުރުކުރުމަށް އެހީވެދިނުމާއި، ކޮލަންބޯގައި ބާއްވާ ބިސްނަސް ފޯރަމްގައިވެސް ދިވެހި ވިޔަފާރިވެރިންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާފައިވާކަމަށް ސަފީރު ވިދާޅުވިއެވެ.

ޝިއާން ވިދާޅުވި މިފަހަރު އީޔޫއާއިއެކު ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގައި ސަރުކާރުން އެންމެ ބޮޑަށް މަޝްވަރާ ކުރެއްވީ މަސްވެރިކަމުގެ ދާއިރާއިން ލިބެންހުރި ލުއިތައް ހޯދުމާއި، އަގުހެޔޮކޮށް މަސް އެކްސްޕޯޓް ކުރެވޭނެ ގޮތާކާއި މެދުކަމަށެވެ. އަދި މި މަޝްވަރާތަކުގެ ނަތީއްޖާ ވަރަށް އަވަހަށް ފެނިގެންދާނެކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

އެންވައިރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ނަލަފެހި ޖަމްއިއްޔާގެ އޮފީސް ހުޅުއްވައިދެއްވައިފި

މީދޫ ނަލަފެހި ޖަމްއިއްޔާގެ އޮފީސް ރަސްމީކޮށް ހުޅުވުމުގެ ރަސްމއިްޔާތު މިއަދު ބާއްވައިފިއެވެ. ބޯކޮށް ވެހެމުންދިޔަ ވިއްސާރައިގެ ތެރޭގައި ބޭއްވުނު ...

ދުބާއީގައި މަސްތުވާތަކެއްޗާއެކު ދިވެއްސަކު ހައްޔަރުކޮށްފި

ރާއްޖޭ ފުލުހުންނާއި ދުބާއީ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނީ، ދުބާއީ ...

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ޑިސެމްބަރަށް ނިންމާލެވޭނެ – ނަވާޒް

ހުޅުމާލޭގެ ދެވަަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ޖަހާ ރިވެޓްމެންޓްގެ މަސައްކަތް ޑިސެމްބަރުމަހުގެ ނިޔަލަށް ނިންމާލާނެކަމަށް ...

ރޮޒެއިނާ ވެސް ހޯރަ އިއްބެ މިނިވަން ކުރުމާ ދެކޮޅު!

ގާނޫނުތައް ހެދިފައިވަނީ ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް ކަމަށާއި ކުޑަކުދިންނަށް ކުރާ އެއްވެސް ކަހަލަ އަނިޔާއަކަށް ތާއީދުނުކުރާ ކަމަށް ރައްޔިތުންގެ ...

ސައިކަލް އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެ، އެކަކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލައިފި

މީދޫގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން ތިބި ދެ މީހުންނަށް އަނިޔާވެއްޖެ އެވެ. އިއްޔެ ...

ހުވަދު އަތޮޅާއި އައްޑުއާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފި

ހުވަދު އަތޮޅާއި އައްޑުއާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ...