• Categories
  • Archives

ކިޔެވުމުން ދުރުވި 200 ކުދިން ވަނީ އަނބުރާ ގެނެވިފައި- އެޑިއުކޭޝަން މިނިސްޓްރީ

އެކި ސަބަބުތަކާ ހުރެ ތައުލީމް އުނގެނުމާއި ދުރުވެފައިވާ 200 ކުދިން އަލުން ތައުލީމީ ނިޒާމްގެ ތެރެއަށް ގެނެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު އައްޒަ ވިދާޅުވީ، ތަފާތު އެކި ސަބަބުތަކާހުރެ، ކިޔެވުމުން ދުރަށް ޖެހިފައިވާ ނުވަތަ ދުރަށް ޖެހިދާނެ ކުދިން ދެނެގަތުމަށް އެޑިއުކޭޝަން މިނިސްޓްރީން އުސޫލެއް ގާއިމް ކޮށްފައިވާ ކަމަށެވެ. އަދި އެ އުސޫލުގެ ދަށުން އެފަދަ ކުދިންނާއި އެކީގައި އެކުދިންނަށް އެންމެ އެކަށީގެންވާ ތައުލީމީ ޕްރޮގްރާމަކީ ކޮބައިތޯ ބެލުމަށްފަހު، އެކުދިންނާއެކީގައި މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން 200 ކުދިން އަނބުރާ ކިޔެވުމުގެ މާހައުލަށް ގެނެވިފައިވާ ކަމަށް އައްޒަ ވިދާޅުވިއެވެ.

އައްޒަ ވިދާޅުވީ މިމަސައްކަތް ކުރުމުގައި އެޑއިުކޭޝަން މިނިސްޓްރީއާއި އެކީގައި މަސައްކަތް ކުރާ ވަކި ވަކި މުއައްސަސާތަކާއި އެކީގައިވެސް މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ. އައްޒަ ވިދާޅުވީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޤާއިމް ކުރަންޖެހޭ އުސޫލުތައް ޤާއިމްކޮށް، ތަންފީޒީ މަރުހަލާ ހަރުދަނާ ކުރުމަށްޓަކައިވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ކިޔެވުމާއި ދުރު ކުދިން ދެނެގަނެ، އެފަދަ ކުދިން ސްކޫލަށް އަނބުރާ ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނައިރު، މިއަހަރުގެ މާޗް މަހުގައި ކުދިންގެ އަހްލާގް ބެލެހެއްޓުމާއި ބެހޭ ސިޔާސަތެއް ތަންފީޒް ކުރާނެއެވެ. އެޑިއުކޭޝަން މިނިސްޓްރީން އަލަށް ތަންފީޒް ކުރުމަށް ނިންމާފައިވާ ބިހޭވިއަރ މެނޭޖްމެންޓް ޕޮލިސީއަކީ، ބޭރުގެ އެހެން ގައުމުތަކުގައި ތަންފީޒް ކުރަމުން އަންނަ ޕޮލިސީތައް ބަލާ ދިރާސާ ކުރުމަށް ފަހު އެކުލަވާލާފައިވާ ޕޮލިސީއެއް ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ގާނޫނާ ޚިލާފް ކަންތައްތަކެއް ކުރެއްވީ ރައީސް ޔާމީންގެ އޯޑަރަށް: އަދީބު

ގާނޫނާ ޚިލާފަށް ކަންތައްތަކެއް ކުރައްވާފައިވާނަމަ އެކުރެއްވި ކަމެއް ކުރެއްވީ ކުރީގެ ރައީސް ޔަމީން އަންގަވައިގެންކަމަށް ކުރީގެ ނާއިބް ރައީސް ...

މީދޫގެ ގިރާ ސަރަހައްދު

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ ކަޅިބިތްފަރާތު ގޮޑު ދޮށް ގިރަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ، ...

ހުޅުމީދޫ ހިމެނޭގޮތައް ދިހަ ރަށެއްގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ޖަނަރޭޓަރ ސެޓުތައް ފޮނުވައިފި

ހުޅުމީދޫ ހިމެނޭ ގޮތައް ރާއްޖޭގެ 10 ރަށެއްގެ  ކަރަންޓުގެ ޚާލަތު ރަނގަޅުކުރުމަށް 10 ރަށަކަށް ޖަނަރޭޓަރ ސެޓްތައް ފޮނުވައިފިއެވެ. ...

ކުރިއަށް އޮތް 48 ގަޑިއިރުގެތެރޭގައި ރާއްޖެ އަށް މޫސުން ގޯސްވާނެ

ރާއްޖޭގެ އިރުން، ސްރީލަންކާގެ ދެކުނުގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއް މަޑުމަޑުން ހުޅަނގަށް ޖެހެމުންދާކަމަށް ލަފާކުރެވޭ ކަމުގައި ރާއްޖޭގެ މޫސުމާއި ...

އިދިކޮޅު ސިޔާސީ ލީޑަރުންނަށް ކޮރަޕްޝަންގެ ވާހަކަ ނުދެއްކޭނެ – ރައީސް

އިދިކޮޅު ސިޔާސީ ލީޑަރުންނަށް ކޮރަޕްޝަންގެ ވާހަކަ ނުދެއްކޭނެ ކަމަށާއި އެބޭފުޅުންނަށް އެވާހަކަ ދެއްކޭނަމަ ރާއްޖަށް ދިމާވި ކޮރަޕްޝަންގެ އެންމެ ...

އެމް.އެން.ޔޫ ވޮލީ ބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު ނިޔާވެއްޖެ

ހުންއައިސް ހާލު ސީރިއަސްވެ އިންޑިއާގައި ބޭސްފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ގައުމީ ޔުނިވާސިޓީގެ ދަރިވަރު އުމުރުން 19 އަހަރުގެ ...