• Categories
  • Archives

ދިރާގުޓީވީން ޒޫމޫ އެޗްޑީ ޗެނަލް ދައްކަން ފަށައިފި

ކުޑަކުދިންނަށް ހާއްސަ ޗެނަލެއް ކަމަށްވާ “ޒޫމޫ   އެޗްޑީ ” ޗެނަލް ދިރާގު ޓީވީން ދޫކުރަންފަށައިފިއެވެ.

އުމުރުން ތިން އަހަރާ ހަތް އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ މި ޗެނަލަކީ ކުޑަކުދިންނަށް ރައްކާތެރި އަދި މުނިފޫހި ފިލުވައިދޭ ގިނަ ޕްރޮގްރާމްތަކެއް ގެނެސްދޭނެ ޗެނަލެކެވެ.

ޕްރީ ސްކޫލް ކުދިންގެ ކިޔެވުމާ ގުޅޭ ގިނަ ކޮންޓެންޓް ތަކެއް ހިމެނޭ މި ޗެނަލަކީ ޖުމްލަ ފަސް ތީމަކަށް ބަހާލައިގެން ދައްކަމުން އަންނަ ޗެނަލެކެވެ. އެގޮތުން އެ ޗެނަލުން ކުދިންގެ ކިޔެވުމާ ގުޅޭ ތަފާތު 1500 ޕްރޮގްރާމެއް ދައްކަ އެވެ.

ދިރާގުޓީވީން ޒޫމޫ އެޗްޑީ ޗެނަލް ދައްކަން ފަށާފައިވާއިރު ދިރާގު ޓީވީން މީގެކުރީންވަނީ  ޑިޒްނީގެ ޗެނަލްތައް ދައްކަން ފަށާފައެވެ. އެޗެނަލްތަކަކީ ޑިޒްނީ ޗެނަލް، ޑިޒްނީ އިންޓަނޭޝަނަލް އެޗްޑީ، ޑިޒްނީ ޖޫނިއާގެ އިތުރުން ޑިޒްނީ އެކްސްޑީ އެވެ.

ދިރާގުން ނެރުނު ބަޔާނެއްގައި ބުނީ ޑިޒްނީ ޖޫނިއާ އިން އުމުރުން ދެ އަހަރާއި ހަތް އަހަރާއި ދެމެދުގެ ކުދިންނާ އެކަށީގެންވާ އެތައް ޕްރޮގްރާމެއް ގެނެސްދޭނެ ކަމަށެވެ. އެ ޗެނަލްގެ އެންމެ މަޝްހޫރު ޝޯތަކުގެ ތެރޭގައި ހިމެނެނީ މިކީ މައުސް ކްލައުބް ހައުސް، ޑޮކް މެކްސްޓަފިންސް، އަދި ސޯފިއާ ދަ ފަސްޓް ކަމަށް ދިރާގުން ހާމަކުރެއެވެ.

އުމުރުން ހަތަރު އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނާ ގުޅޭގޮތަށް ގެނެސްދޭ އެތައް ޝޯ އެއް ޑިޒްނީ ޗެނަލުން ގެނެސްދޭނެ ކަމަށާއި އެ ޗެނަލް ތަކުގެ ތެރޭގައި ޑަކް ޓޭލްސް، އެލީނާ އޮފް އެލެވޭޓާ، އާޓް އެޓޭކް، ޕީޖޭ މާސްކްސް އަދި ޑޯރޭމޮން ހިމެނޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ،

ޑިޒްނީ އެކްސްޑީ އިން ކުޑަކުދިންނަށް އެކަށީގެންވާ އަދި ކުދިން ޝައުގުވެރިވާ ގިނަ ޝޯ ތަކެއް ގެނެސްދޭއިރު އެ ޗެނަލް ހާއްސަ ކޮށްފައިވަނީ އުމުރުން ހަ އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނަށެވެ. އެ ޗެނަލުން މާވެލްސް ސްޕައިޑަމޭން އާއި އެވެންޖާސް ފަދަ މަޝްހޫރު ޝޯތައް ގެނެސްދޭނެއެވެ.

މީގެއިތުރުން ޑިޒްނީ އިންޓަނޭޝަނަލް އެޗްޑީއިން ޒުވާނުންނަށް ހާއްސަ ކޮންޓެންޓެއް ގެނެސްދޭނެ ކަމަށް ވެސް ދިރާގުން ހާމަކުރެއެވެ.

ބައިނަލްއަގްވާމީ ޗެނަލްތަކުގެ އިތުރަށް ރާއްޖޭގެ ހުރިހާ ޗެނަލްތައްވެސް “ދިރާގުޓީވީ” އިން ދާނެކަމަށްވެސް ދިރާގުން ބުނެ އެވެ.

ރާއްޖެއަށް އައިޕީޓީވީގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދެމުންދާ ހަމައެކަނި ފަރާތަކީ ދިރާގެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ލިވަޕޫލްގެ މާނޭ ގަތުމަށް ރެއާލްމެޑްރިޑުން ތައްޔާރުވަނީ

ލިވަޕޫލްގެ ސެނެގޯލްގެ ފޯވާޑް މާނޭ ގަތުމަށް ރެއާލްމެޑްރިޑުން ތައްޔާރުވަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ . މީޑިއާ ރިޕޯޓްތައް ...

މީދޫގެ ގިރާ ސަރަހައްދު

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ ކަޅިބިތްފަރާތު ގޮޑު ދޮށް ގިރަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ، ...

މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ތުރުކީ ވިލާތުގެ ފިރިހެނަކު ހޮވިއްޖެ

މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓު މިއަދު ރާއްޖެ އަތުވެއްޖެވެ. މި އަހަރު ރާއްޖެ ...

އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިން ލޯންޗުކުރުން މިރޭ – ހުޅުމީދޫ ޖަލްސާ އަތޮޅުމަދަރުސާގައި

ހުޅުމީދޫގައި ބާއްވާ އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާ މިރޭ 8:45 އަތޮޅުމަދަރުސާގައި ބޭއްވޭނެއެވެ. ހުޅުމީދޫގައި ބާއްވާ ...

ފޮޓޯ: އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ބައިނަލްއަޤްވާމީ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށްޓަކައި 1 އޮކްޓޯބަރ 2019 ...

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަގާމަށް ހިތަދޫ ރަށްދެބައިގޭ ފާޠިމަތު ނަޞީރު އައްޔަން ކުރައްވައިފި

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަގާމަށް  ފާޠިމަތު ނަޞީރު  އައްޔަން ކުރައްވައިފިއެވެ. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ...