ސްޕެނިޝް ލަލީގާގައި ޑިޕޯޓިވޯ ލަކަރޫނިއާ ބައްދަލުކޮށް ރެއާލް މެޑްރިޑު ފަސޭހަކަމާއެކު ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ޑިޕޯޓިވޯއާއި ބައްދަލުކޮށް ރެއާލް މޮޅުވެފައިވަނީ 7 ލަނޑު 1 ލަނޑުންނެވެ.

ރޭ ކުޅެވުނު  މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުހޯދީ  ޑިޕޯޓިވޯއިން ނެވެ.  މެޗުގެ 23 ވަނަ މިނެޓުގައި ލޫކަސް ޕެރޭޒް ދިން ބޯޅައަކުން ޑިޕޯޓިވޯއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެޑްރިއަންއެވެ.

ޑިޕޯޓިވޯއިން ލީޑު ހޯދުމާއެކު ރެއާލްގެ ކުޅުން އިތުރަށް ވަރުގަދަކޮށް، މެޗުގެ 32 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. މާސެލޯ ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ނާޗޯއެވެ. އެ ލަނޑުގެ ކުރިން ވެސް ރެއާލުން ޑިޕޯޓިވޯގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައިވެއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދައިފައެވެ. މެޗުގެ 42 ވަނަ މިނެޓުގައި މާސެލޯ ދިން ބޯޅައަކުން ރެއާލުގެ 2 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ގެރެތު ބޭލްއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ރެއާލުން ވަނީ ފަސް ލަނޑު ޖަހައިފައެވެ. އެ ލަނޑުތައް ރެއާލަށް ކާމިޔާބުކޮށްދިނީ ބޭލްއާއި މޮޑްރިޗްއާއި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ނާޗޯއެވެ. އޭގެ ތެރެއިން ރޮނާލްޑޯ ވަނީ ރެއާލަށް ދެވަނަ ހާފުގެ ތެރޭގައި 3 ލަނޑު ކާމިޔާބުކޮށްދީ ހެޓްރިކް ހަދާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ 2020- ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް ބެލްޖިއަމް ކުއާޓާއަށް

ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ގައި ޔޫރޯގެ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ކަޓުވާލާ ކުއާޓަރ ފައިނަލަށް ...

ކޮވިޑަށް ޕޮޒިޓިވްވި ޑިބާލާ ބަލިން ފަސޭހަވެއްޖެ

ކޮވިޑް19 އަށް ޕޮޒިޓިވް އިޓަލީގެ ޔުއެންޓާސްގެ ފޯވާޑް  ޑިބާލާ ރަގަޅުވެއްޖެވެ. ޑިބާލާ އެންމެ ފުރަތަމަ މިވައިރަހަށް ޕޮޒިޓިވްވީ މާރޗްމަހުގެ ...

ބޯންމައުތު އިން ޗެލްސީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅެވުނު މެޗުން ބޯންމައުތު އިން ޗެލްސީ ބަލިކޮށްފިއެވެ. ޗެލްސީގެ ދަނޑުގައި ރޭ ބޯންމައުތުއާ ...