ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލައި ގޯތި ލިބުނުކަމުގެ ލިއުން ހަވާލްކޮށްފި

އައްޑޫސިޓީ ” ބިންވެރިކަމުގެ ޕްރޮގްރާމް 2023 ” ގެ ދަށުން އައްޑޫސިޓީ މީދުން ބިން ލިބޭފަރާތްތަކުގެ މެދުގައި ގުރުއަތުލައި ގޯތި ލިބުނުކަމުގެ ލިއުން ހަވާލްކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

 މިދިޔަބުދަދުވަހު ( 7 ފެބްރުއަރީ 2024 ވަނަ ދުވަހު ) ބޭއްވުނު މިރަސްމިއްޔާތުގައި ގޯތި ލިބުނުކަމުގެ ލިއުން ހަވާލްކޮށްފައިވަނީ މީދުން ގޯއްޗަށްއެދި ކުރިމަތިލާފައިވާ ފަރާތްތަކުގެތެރެއިން  ޝަރުޠުހަމަވާ ފަރާތްތަކުގެ ދާއިމީލިސްޓްގެ ކެޓެގެރީ އޭ ގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ 90 ފަރާތާއި އަދި ކެޓެގެރީ ބީގައި ހިމެނިފައިވާ ފަރާތްތަކުގެ ޝަރުޠުހަމަވާ 6 ފަރާތާއެވެ.

ޝަމްސުއްދީން ސްކޫލްގައި ކުރިއަށް ގެންދެވުނު ގުރުއަތު ކުރިއަށްގެނގޮސްފައިވަނީ  ގޯއްޗަށްއެދި ކުރިމަތިލާފައިވާ ފަރާތްތަކުގެތެރެއިން  ޝަރުޠުހަމަވާ ފަރާތްތަކުގެ ދާއިމީލިސްޓްގައި މީހުން ހިމެނިފައިވާ ތަރުތީބުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް 19 އަށް ސޯދުބެ ޕޮސިޓިވް ވެއްޖެ

ދިވެހި ބަހާއި ތާރީހަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި ސޯދުބެ ކޯވިޑް 19 އަށް ޕޮސިޓިވް ވެއްޖެއެވެ. ސޯދުބެ ...

ކޮވިޑް-19: މާލެން އައްޑޫ އަށް ކަރަންޓީނަށް އައި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މާލެއިން އައްޑޫ އަށް އައިސް ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެޗްއީއޯސީން ...

ކޮވިޑް-19: ހުޅުމާލޭ ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދިވެއްސަކު

ހުޅުމާލޭގައި ޤާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ކޮވިޑް 19 އަށް ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ ދިވެއްސަކު ނިޔާވެއްޖެ އެވެ. ...