• Categories
  • Archives

ކޮޕަޑެލްރޭން ރެއަލްމެޑްރިޑް ކަޓައިފި

ލެގަނެސް އަތުން ރޭ 2-1 ން ބަލިވެ، ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުން މަޝްހޫރު ރެއާލް މެޑްރިޑް ކަޓައިފިއެވެ.

އެ ޓީމު މުބާރާތުން ކެޓީ ދެ ލެގުގެ އެގްރިގޭޓުން 2-2 ން އެއްވަރުވެ، އަވޭ ގޯލުގެ ތަފާތުން ލެގަނެސްއަށް ކުރި ލިބުމުންނެވެ. މި މުބާރާތުން ކެޓުމާއެކު މި ސީޒަނުގައި ރެއާލް އަށް މި ސީޒަނުގައި ތައްޓެއް ހޯދުމުގެ ފުރުސަތު އޮތް ހަމައެކަނި މުބާރާތަކީ ޗެމްޕިއަންސް ލީގެވެ. ނަމަވެސް ސްޕޭން ލީގުގައި ވެސް ވާދަވެރި ބާސެލޯނާއާ ޕޮއިންޓްގެ ގޮތުން 15 ޕޮއިންޓް ފަހަތުގައި އޮތުމާއެކު ޗެމްޕިއަންސް ލީގަށް ނުކުންނައިރު ޓީމުގެ ފޯމު ވަނީ ދަށްވެފައެވެ.

ލޮލަށް ލިބިފައިވާ ހާނިއްކައަކާ ހެދި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ރޭ ރެއާލް ކުޅުނު މެޗަށް ފަހު ކޯޗު ޒައިނުއްދީން ޒިދާން ބުނީ ކޮންމެ ބަޔަކަށް ދަތި ދުވަސްތައް އަންނާނެ ކަމަށާއި، ރެއާލް އަށް އޮތީ ގަދަ އަޅައި މަސައްކަތް ކުރުން ކަމަށެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރެއާލް ވާދަކުރަން ޖެހޭނީ މޮޅު ކުޅުންތެރިން ގިނަ ފްރާންސްގެ ޕީއެސްޖީއާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ޗެމްޕިއަންސްލީގު : ޔުނައިޓެޑް ކަޓުވާލުމަށްފަހު ސެވިއްޔާ ސެމީފައިނަލަށް

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ...

ލިވަޕޫލް ބަލިކޮށް ބާސެލޯނާއިން ތާރީޚް ބަދަލުކޮށްލައިފި

ބާސެލޯނާގެ ދަނޑުގައި ބާސެލޯނާއަތުން މީގެ ކުރީން ބަލިވެފައިނުވާ ލިވަޕޫލް ޗެންޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބާސެލޯނާއަތުން ...

4-2 ން ރޯމާ މޮޅުވެ ލިވަޕޫލް ފައިނަލުން ޖާގަ ހޯދައިފި

4 ލަނޑު 2 ލަނޑުން ލިވަޕޫލްއަތުން ރޯމާ މޮޅުވެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ދަތުރުކޮށްފިއެވެ. ލިވަޕޫލަށް ފައިނަލުން ...

މޮރީނިއޯ އާއި ޕޮގްބާއާއި ދެމީހުންކުރެން ޔުނައިޓެޑްގައި ދެމިހުރެވޭނީ ކޮންމެވެސް އެކަކަށް ؟

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް މޮރީނިއޯއާއި މިޑްފިލްޑަރ ޕޯގްބާއާއި ދެމީހުންގެ ތެރެއިން  ޓީމުގައި ދެމިހުރެވޭނީ ކޮންމެވެސް އެކަކަށްކަމުގައި އިގިރޭސި މީޑިއާތަކުން ...

ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު މޮޑްރިޗް އަށް- އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށް ކިލިއަން އެމްބާޕޭއަށް

ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް އާއި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރިޒްމަން އާއި ވާދަކޮށް ވޯލްޑް ކަޕްގެ މޮޅު ...

ހަމަސް ދުވަހަށްފަހު އެނބުރި އައިސް ޖޮކޮވިޗް މޮޅެއް ހޯދައިފި

ކުރިން ދުނިޔޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި އޮތް ސާބިއާގެ ނޯވަކް ޖޮކޮވިޗް އަނިޔާއިން ސަލާމަތްވެ، އެނބުރި ...