• Categories
  • Archives

ސްޕެނިޝް ކަޕްގެ ސެމީފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި

ސްޕެނިޝް ކަޕްގެ ސެމީފައިނަލަށް ބާސެލޯނާ  ދަތުރުކޮށްފިއެވެ.  ބާސެލޯނާ ސެމީފައނަލަށް ދަތުރުކުރީ ރޭ  ކުޅެވުނު ކުއާޓާފައިނަލްގެ ދެވަނަ ލެގުގެ މެޗް އެސްޕަނިޔޯލާއި ބައްދަލުކޮށް 2 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްގެންނެވެ.   މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1 ލަނޑު 0 ލަނޑުން އެސްޕަނިޔޯލާ ކާމިޔާބުކުރިއިރު ބާސެލޯނާ ސެމީއަށް ދަތުރުކުރީ 2 ލަނޑު 1 ލަނޑު ގެ އެގްރިގޭޓް ނަތީޖާ އިންނެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު މެޗްގެ ނުވަ ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްއެވެ.  މިމެޗްގައި ބާސެލޯނާއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ 25 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މެސީއެވެ.

ރޭ ކުޅެވުނު މިމެޗްގެ ދެވަނަ ހާފްގައިވެސް ބާސެލޯނާއިން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދާފައިވެއެވެ. އެހެން ނަމަވެސް ބާސެލޯނާގެ ކުޅުންތެރީން އެސްޕަނިޔޯލާގެ ގޯލަށް ފޮނުވާލި ގިނަ ހަމަލާތަކެއް އެސްޕަނިޔޯލާގެ ކީޕަރުވަނީ ދިފާއުކޮށްފައެވެ.

ލިވަޕޫލް ދޫކޮށް 142 މިލިއަން ޕައުންޑްގެ އަގަކަށް ބާސާ އާއި ގުޅުނު ކުޓީނިއޯ ރޭ ކުޅެވުނު މިމެޗްގެ ފަހުހާފްގެ  23 ވަނަ މިނިޓްގައި ބާސާގެ ކެޕްޓަން އިނިއެސްޓާގެ ބަދަލުގައި ކުޅެން އަރާ ރަނގަޅު ކުޅުމެއް ދައްކާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

މިމުބާރާތުގެ ސެމީ އަށް ބާސާ ދަތުރުކޮށްފައިވާއިރު ސެމީގައި އެޓީމު ބައްދަލުކުރާނެ ޓީމެއް އިނގޭނީ މިއަދު ނަގާ ގުރުއަތުލުމަށް ފަހުއެވެ. ބާސާގެ އިތުރުން ސެމީ އަށް ދެން ދަތުރުކޮށްފައިވަނީ ސެވިއްޔާ އާއި ވެލެންސިއާގެ އިތުރުން ރެއާލް މެޑްރިޑް ކަޓުވާލި ލެގަނޭސްއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

މީޑިއާނެޓްގެ އާ ސެޓްޓޮޕް ބޮކްސްއާއެކު ވަރލްޑް ކަޕުގެ 10 މެޗު ޔޫއެޗްޑީ ކޮލިޓީގައި

އާ ޗެނަލްތަކާއި ވަރލްޑް ކަޕްގެ މެޗުތައް ދައްކާނެ ކަމުގެ ޔަޤީންކަމާއެކު މީޑިއާނެޓުގެ އަލްޓްރާ އެޗްޑީ ސެޓަޕް ބޮކްސް ތައާރަފްކޮށްފިއެވެ. ...

އިނގިރޭސީން ބަލިކޮށް، ބެލްޖިއަމުން ތިންވަނަ ހޯދައިފި

ފީފާ ވޯލްޑް ކަޕްގައި އިނގިރޭސީން ބަލިކޮށް، ބެލްޖިއަމުން ތިންވަނަ ހޯދައިފިއެވެ. ތިންވަނަ ހޮވުމަށް ރަޝިއާގެ ސެއިންޓް ޕީޓާސްބާގް ސްޓޭޑިއަމްގައި ...

ކްރިސްޓަލް ޕެލަސްގެ މައްޗަށް ލިވަޕޫލްއިން ކުރިހޯދައިފި

އިނގިރޭސި ޕްރިިމިއާ ލީގުގައި މިރޭ ލިވަޕޫލާއި ކްރިސްޓަލްޕެލަސް ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ  މިމެޗު ...

ސާޖިއޯއަގުއެރޯއަށް ޝިއަރާގެ ރެކޯޑް ފަހަނަޅާ ދެވިދާނެ- ބެނާޑޯ ސިލްވަރ

ސާޖިއޯއަގުއެރޯއަށް އިގިރޭސި ކުރީގެ ފޯވާޑް އެލަން ޝިއަރާގެ ރެކޯޑް ފަހަނަޅާ ދެވިދާނެކަމަށް މެންޗެސްޓަރ ސިޓީގެ ބެނާޑޯ ސިލްވަރ ބުނެފިއެވެ. ...

އާޖެންޓީނާއިން އިޒްރޭލާ ދެކޮޅަށް ކުޅެން އޮތް މެޗު ކެންސަލްކޮށްފި

ވޯލްޑްކަޕަށް ތައްޔާރުވުމަށް އިޒްރޭލާއެކު ކުޅެން އޮތް މެޗު އާޖެންޓީނާގެ ކެޕްޓަން ލަޔަނަލް މެސީގެ އެދުމުގެ މަތިން ނުކުޅެން ނިންމައިފިއެވެ. ...

ރެއާލް މެޑްރިޑު ފަސޭހަކަމާއެކު ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެ

ސްޕެނިޝް ލަލީގާގައި ޑިޕޯޓިވޯ ލަކަރޫނިއާ ބައްދަލުކޮށް ރެއާލް މެޑްރިޑު ފަސޭހަކަމާއެކު ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެވެ. ރެއާލްގެ ދަނޑުގައި ...