• Categories
  • Archives

ސަރުކާރުން ނަގާ ބޮޑެތި ލޯނު އަދި ދަރަނި ދެއްކުމުގެ ހަކަތަ މި ސަރުކާރުގައި އެބަހުރި : މުނައްވަރު

ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭރުގެ އެހީއާއެކު ލޯނުތައް ނަގަމުންދަނީ އެލޯނުތައް ދެއްކޭނެ ގޮތް ދިރާސާކުރައްވާ އެހިސާބުތައް ޖެއްސެވުމަށްފަހުގައި ކަމަށް ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ

ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ލޯނުތައް ނަގަމުންދަނީ އެއްވެސް ވަރަކަށް ދިރާސާއެއް ނުކޮށް ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވާ ޗެނަލް ތާރޓީން އަށް ދެއްވި ޙާއްސަ ބަސްދީގަތުމެއްގައި ފިނޭސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދަރަނީގެ ވާހަކަ ދައްކަން ލަދުގަންނަންޖެހޭނެކަމަށެވެ

އެގޮތުން މިސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަވެސް ކުރައްވަންޖެހިވަޑައިގަތީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ދެއްކުންކަމަށެވެ. މިނިސްޓާރ ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ހަމައަށް 19 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވާއިރު، ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ޙަރަދުކޮށްފައިވަނީ ނުވަ ބިލިއަން ރުފިޔާކަމަށެވެ. ނަމަވެސް މިސަރުކާރުން ދަރަނި ދައްކަމުން އަށާރަ ބިލިއަން ރުފިޔާ ޚަރަދު ކުރައްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ

އަދި މި ސަރުކާރުން ދަރަނި ނަގަނީ ކުރަންޖެހޭ ދިރާސާތައް ކުރުމަށްފަހު، އެ ދަރަނި ޙަރަދު ކުރަނީ ކޮންކަމެއްގައިތޯ ބަލުމަށްފަހުގައިކަމަށް މިނިސްޓާރ ވިދާޅުވިއެވެ. 2017 ވަނަ އަހަރު ނިމިގެންދިޔައިރު ސަރުކާރުގެ ދަރަނި އަދާ ކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ މުނައްވަރު ވިދާޅުވީ 2017 ވަނަ އަހަރު އެކަނިވެސް ދައުލަތުން 4.2 ބިލިއަން ރުފިޔާ ދަރަނި އަދާކޮށްފައިވާކަމަށެވެ

މުނައްވަރު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވިހާވެސް ދަރަނި ކުޑަކޮށް ތަރައްގީގެ މަޝްރޫޢުތަށް ކުރިއަށް ގެންދިއުމަށްކަމަށާއި، ދަރަނި ދެއްކޭހާ ހަކަތަ މި ސަރުކާރުގައި އެބަހުރި ކަމަށެވެ. އަދި ލޯނު ނަގަނީވެސް ސަރުކާރަށް ބުރަ ބޮޑު ނުވާގޮތަށް ބަލައިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ގާނޫނީ އިމުގެ ތެރެއިން ރައީސް އަޅުގަނޑުމެންނަށް ހައްގުތައް ހޯދައިދޭނެ- މޫސާ މަނިކު

ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި އިދިކޮޅު ފަރާތްތަކުން އެެއްބާލުން ނުދިނަސް ، ގާނޫނީ އިމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ހައްގުތައް ...

އެމެރިކާގެ ޚާރިޖީ ވަޒީރު އިންތިޚާބީ ރައީސަށް މަރުޙަބާ ވިދާޅުވެއްޖެ

އެމެރިކާގެ ޚާރިޖީ ވަރީޒު މައިކް ޕްމްޕެއޯ ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ގުޅުއްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ. ...

އިންޑިއާއިން ރާއްޖެ ހިފުމަށް ގޮވާލައިފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި ކޮޅުނބުގައި ބައްދަލު ކުރުމަށްފަހު ރާއްޖެ ބާރުގެ ބޭނުންކޮށްގެން ހިފުމަށް އިންޑިއާގެ ރާޖަ ސަބާގެ ...

އަލްމާ ބޯޓު ފަރަށް އަރައިފ

މާލެއިން ފުރައިގެން ސ.މީދޫ އަށް ދަތުރުކުރި “އަލްމާ” ބޯޓު ސ.މީދޫ ނެރުބައްތީގެ އިރު ދެކުނު ފަރަށް އެރުމާ ގުޅިގެން ...

ޝަމްސުއްދީން ސްކޫލްގެ ޕެރޭޑް މީދޫގެ ބޮޑެތި މަގުތަކުގައި ބާއްވައިފި

މިނިވަން ދުވަހުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން މީދޫ ޝަމްސުއްދީން ސްކޫލްގެ ކެޑޭޓްކޯ އިން އިންތިޒާމްކޮށްގެން މީދޫގެ ބޮޑެތި ...

ޕީއެންސީ ރަޖިސްޓްރީކޮށްފިނަމަ އެޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރުމަށް ހުރަހެއް ނޯންނާނެ – އަހުމަދު ޝަރީފް

Advertisement ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ އުފައްދާ “ޕީޕަލްސް ނޭޝަނަލް ކޮންގްރެސް” ރަޖިސްޓްރީކޮށްފިނަމަ އެޕާޓީގެ ފަރާތުން ރައްޔިތުންގެ ...