• Categories
  • Archives

ފާރިސް މައުމޫން އަނެއްކާވެސް ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރުދާއިރާގެ މެމްބަރު ފާރިސް މައުމޫން އަނެއްކާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ކޯޓުއަމުރެއްގެދަށުން ފާރިސް ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުމުގެކުރިން ވަނީ އޭނާދިރިއުޅުއްވާ މ. ސްނޯ ރޯސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައެވެ.
މި ކޯޓު އަމުރަކީ. މ. ސްނޯ ރޯސް ގައި ފާރިސް މައުމޫނާ ގުޅުންހުރި ތަންތަނާއި ތަކެތި ބަލައި ފާސްކުރުމަށް ނެރެފައިވާ އަމުރެއް. ބަލައި ފާސްކުރުމަށް ކޯޓުން ދީފައިވަނީ 12 ގަޑިއިރުގެ މުހުލަތެކެވެ. އަދި އަމުރުގެ ބާރު ދެމިއޮންނާނީ އަމުރު ނެރޭ ވަގުތުން ފެށިގެން 72 ގަޑިއިރުގެ މުއްދަތަށް ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
ފުލުހުން ހަރަކާތްތެރިވަމުންދަނީ ފާރިސް ދިރިއުޅުއްވާ، މ.ސްނޯ ރޯސް ގެ 6 ވަނަ ފަންގިފިލާގައި. ފާރިސް ވެސް މި ވަގުތު ހުންނެވީ ފުލުހުންނާ އެކު އެގޭގައެވެ.
ކޯޓުއަމުރެއްގެދަށުން ފާރިސް ދިރިއުޅުއްވާގެ ފުލުހުން ބަލައި ފާސްކުރަމުންދާއިރު، ފާރިސް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތަށް ފާރިސް ހައްޔަރު ކުރުމަށް ރައީސް ޔާމީން ފުލުހުންނަށް އަންގަވާފައިވާ ކަމަށްވިދާޅުވެ ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް ޢަލީ ވަނީ ޓްވީޓްކުރައްވާފައެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގައި، ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފަހު، 6 މަސް ޒފަހުން ކްރިމިނަލްކޯޓުން އޭނާ މިނިވަންކުރީ  މިދިޔަ ބުރާސްފަތި ދުވަހުއެވެ. ކްރިމިނަލް ކޯޓުން ފާރިސް ދޫކޮށްލީ 3 ޝަރުތަކާ އެކުއެވެ. ކްރިމިނަލްކޯޓުން ކޮށްފައިވާ ތިން ޝަރުޠަކީ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރާނެ ފަދަ އަމަލެއް ނުކުރުމާއި މާލެއިން ބޭރަށް ދާ ނަމަ ކޯޓުގެ ހުއްދަ ހޯދުމާއި ކޯޓުން އަންގާ ގަޑިއަށް ކޯޓަށް ހާޒިރުވުމެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ރާއްޖެ އޮތީ ވިޔަފާރިތަކަށް ހުޅުވާލެވިފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ބޭރުގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުމަށް ރާއްޖެއިން މަރުޚަބާކިޔާކަމަށާއި، ބޭރުގެ ވިޔަފާރިތަކަށް ރާއްޖެވަނީ ހުޅުވާލެވި، ތައްޔާރަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ...

ކަރީނާގެ ދަރިފުޅު ނަލަ ހައްދައިގެން ބޭރަށް ނުނެރެނީ ކީއްވެ؟

ކަރީނާ ކަފޫރާއި ސައިފް އަލީ ހާންގެ އެއް އަހަރުގެ ފިރިހެން ދަރިފުޅު ތައިމޫރު އަލީ ހާން އަކީ ކިތަންމެ ...

ގައުމު ދެކޭ ތަރައްގީއާ ބީރައްޓެހި، ތަޖުރިބާއެއް ނެތް ކެންޑިޑޭޓަކަށް ކުރިއެރުމެއް ނުހިފެހެއްޓޭނެ – ސައީދު

ގައުމު ދެކޭ ތަރައްގީއާ ބީރައްޓެހި، ތަޖުރިބާއެއް ނެތް ކެންޑިޑޭޓަކަށް ކުރިއެރުމެއް ނުހިފެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ...

މުއާޒް ޕީޕީއެމުން ވަކިވެއްޖެ

ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ،  ޕީޕީއެމުން ވަކިވެއްޖެކަން ހާމަކޮށްފިއެވެ. މުއާޒް ޕީޕީއެމުން ވަކިވެއްޖެކަން ހާމަކުރައްވާފައިވަނީ ...

ގަމަށް ނުޖެއްސިގެން ޑައިވާޓް ކުރި ފްލައިޓް ވެލާނާ އެއާޕޯޓަށް ޖައްސައިފި

މޫސުމް ގޯސްވުމުގެ ސަބަބުން އައްޑުއަތޮޅު ގަން އިންޓަނޭޝަލް އެއާޕޯޓަށް  ޖައްސަން އޮތް މޯލްޑިވިއަންގެ ފްލައިޓް ގިނަ އިރުތަކެއް ވަންދެން ...

ޗައިނާ ލީގު ދޫކޮށް ޓެވޭޒް އެނބުރި ބޮކާ ޖޫނިއާސްއަށް

ބޮޑު އަގުގައި ޗައިނީސް ސުޕަ ލީގުގެ ޝަންހާއި ޝެންހުއާ އަށް ކުޅުނު ކާލޮސް ޓެވޭޒް އެ ކުލަބު ދޫކޮށް ...