ވެލެންސިއާއާއި ދެކޮޅަށް ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުން މޮޅުވެއްޖެ

ސްޕެނިޝް ލަލީގާގައި ވެލެންސިއާއާއި ދެކޮޅަށް ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުން މޮޅުވެއްޖެވެ.

ވެލެންސިއާގެ ދަނޑުގައި ރޭ ކުޅެވުނު މިމެޗުން ރެއާލް މެޑްރިޑު މޮޅުވެފައިވަނީ  4-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މިމެޗުގެ ފުރަތަމަ ހާފްގައި ރެއާލްމެޑްރިޑުން 2 ލަނޑު ކާމިޔާބުކޮށްފައިވާއިރު މިދެ ލަނޑަކީވެސް އެޓީމަށް ލިބުނު ދެ ޕެނަލްޓީން ކާމިޔާބުކޮށްފައިވާ ދެ ލަނޑެވެ.

މިގޮތުން އެޓީމުގެ ފުރަތަމަ ލަނޑު 16 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީން ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. އަދި 38 ވަނަ މިނިޓްގައި ލިބުނު ދެވަނަ ޕެނަލްޓީން ރެއާލްގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. ރޮނާލްޑޯ މިމެޗްގައި ޖެހި ދެ ޕެނަލްޓީއަކީ  އޭނާގެ ކެރިއަރުގައި ޖެހި 100 އަދި 101 ވަނަ ޕެނެލްޓީ ގޯލްއެވެ. ރޮނާލްޑޯއަކީ ލަލީގާގެ ތާރީހުގައިވެސް އެންމެ ގިނައިން ޕެނެލްޓީން ގޯލް ޖަހާފައިވާ ކުޅުންތެރިޔާއެވެ.

މިމެޗުގެ ފުރަތަމަ ހާފްގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން ދެ ގޯލާއެކު ރެއާލްއިން ކުރީގައި އޮވެ ހާފް ނިންމާލި ނަމަވެސް ދެވަނަ ހާފް ފެށިގެން މެޗުގެ 59 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ. ވެލެންސިޔާގެ މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ  ސަންތީ މިނާއެވެ.

މިމެޗްގައި  ރެއާލްއަށް ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ 84 ވަނަ މިނެޓުގައި މާސެލޯއެވެ. އަދި އެޓީމުގެ 4 ވަނަ ލަނޑު  89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ  ޓޯނީ ކުރޫސްއެވެ.

ރެއާލްމެޑްރިޑު މިމެޗުން މޮޅުވުމުން  ތިންވަނައިގައި އޮތް ވެލެންސިއާއާ ރެއާލްވަނީ ދެ ޕޮއިންޓަށް ގާތް ކޮށްފައެވެ. ވެލެންސިއާ ތިންވަނައިގައި އޮތީ ކުޅުނު 21 މެޗުން 40 ޕޮއިންޓާއެކުގައެވެ.  ވެލެންސިޔާއަށްވުރެ އެއް މެޗު މަދުން ކުޅެ ރެއާލްއަށް ލިބިފައިވަނީ  38 ޕޮއިންޓެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑަށް ޕޮޒިޓިވްވި ޑިބާލާ ބަލިން ފަސޭހަވެއްޖެ

ކޮވިޑް19 އަށް ޕޮޒިޓިވް އިޓަލީގެ ޔުއެންޓާސްގެ ފޯވާޑް  ޑިބާލާ ރަގަޅުވެއްޖެވެ. ޑިބާލާ އެންމެ ފުރަތަމަ މިވައިރަހަށް ޕޮޒިޓިވްވީ މާރޗްމަހުގެ ...

އެއްކުޅުންތެރިއަކު މަދުކޮށް ކުޅެ، ޗެލްސީން ލިވަޕޫލް ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލާއި ޗެލްސީ ބައްދަލުކުރި މެޗުގެ ބޮޑުބައެއްގައި ޗެލްސީން އެއް ކުޅުންތެރިއަކު ...

ފްރާންސުން ދެވަނަ ފަހަރަށް ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދައިފި

ފްރާންސް ވޯލްޑްކަޕް 2018 ގެ ޗެމްޕިއަންކަން ހޯދީ މިރޭ  ރަޝިއާގެ ލުޒްނީކީ ސްޓޭޑިއަމްގައި ކުޅުނު ފީފާ ވޯލްޑް ކަޕްގެ ...