• Categories
  • Archives

ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް ހޯދައިދޭނަން – ރައީސް ޔާމީން

ދިވެހި ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް މި ސަރުކާރުން އަނބުރާ ހޯދައިދޭނެކަމަށާއި، އެއްވެސް ތަފާތުކުރުމެއްނެތި ޤާނޫނު ތަންފީޛް ކުރާނެކަމުގެ ކަށަވަރުކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވައިފިއެވެ.

ޕީޕީއެމްގެ “ރުމާލު 2” ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަކިވަކި ފަރުދުންގެ މަސްލަހަތަށްވުރެ އެމަނިކުފާނަށް އަބަދުވެސް މުހިންމީ މުޅި މުޖުތަމަޢުގެ މަސްލަހަތުކަމަށާ، ދައުލަތުން ފޭދިގެން ގޮސްފައިވާ އެތައް ބިލިއަން ރުފިޔާ އަކީ މުޅި މުޖުތަމަޢުގެ މަސްލަހަތަށްޓަކައި އަނބުރާ ހޯދަންޖެހޭ ފައިސާކަމަށެވެ. އަދި މިކަމުގައި މަޢާފްދެވެން ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިސަރުކާރަކީ އެއްވެސް މީހެއްގެ މެދުގައި ތަފާތުކުރުމެއްނެތި ޤާނޫނު ތަންފީޛް ކުރާނެ ސަރުކާރެއްކަމަށާއި، މިކަމުން ވަކި ސިޔާސީ ފަރާތްތަކެއް ހިތްހަމަ ނުޖެހުމަކީ ސަރުކާރުން ކުރާނެކަމެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ޤާނޫނަކުން އިމްތިޔާޒުތަކެއް ލިބިދީފައިވުމަކީ ޤާނޫނު މުގުރާލުމަށް ލިބޭ ފުރުޞަތެއް ނޫންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު ހަރުއަޑުން ސިޔާސީ ވާހަކަ ދައްކަނީ އިސްލާޙް ކުރުމުގެ ފުރުޞަތު ލިބި، އެ ފުރުޞަތުގެ ބޭނުން ނުކުރި ބޭފުޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ސަރުކާރުން ކަމެއް ކުރުމުން އިދިކޮޅު ފަރާތްތަކުން، އެކަމަށް ހުރަސްއެޅުމުގެ ބަދަލުގައި ކިޔައިދޭންވީ އެއަށްވުރެ މޮޅަށް އެކަން ކުރަންވީ ގޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށްޓަކައި ކޮށްދެވެންހުރި އެތައްކަމެއް ކުރީ ސަރުކާރުތަކުން ނުކޮށް ދޫކޮށްލާފައިވާކަމަށް ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤާނޫނުއަސާސީއާއި ޤާނޫނުގެ ބޭރުން މިސަރުކާރުން އެއްވެސް މީހަކު ހައްޔަރު ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ވިދާޅުވުން މި ޖަލްސާގައިވެސް ވަނީތަކުރާރު ކުރައްވާފައި. އަދި ކުރީގެ ސަރުކާރުތަކުން ފުލުހުންގެ މުވައްސަސާއަށް އިންތިހާ ދަރަޖައަށް ސިޔާސީ ނުފޫޒު ފޯރުވާކަމަށާއި، މި ސަރުކާރުން އެގޮތަށް ކަންތައް ނުކުރާނެކަމުގެ ކަށަވަރުކަން ރައްޔިތުންނަަށް ދެއްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރުމަށް ބޭރުގެ ފަަރާތެއްގެ މަޝްވަރާ ބޭނުން ނުވާކަމަށާއި، ދިވެހިރާއްޖޭގައި އަމިއްލަ ކަންކަން ނިންމުމުގެ ޤާބިލުކަން އެބަހުރިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ފްލައިމީގެ ދަތުރުތައް އައްޑޫއާއި ފުވައްމުލަކަށް އަނެއްކާވެސް ފަށަން ތައްޔާރުވަނީ

ފުލައިމީގެ ދަތުރުތައް އައްޑޫއާއި ފުވައްމުލަކަށް ފެށުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ އެއަރލައިނުން ބުނެފިއެވެ. ފުލައިމީގެ އޮފިޝަލަކު ވިދާޅުވީ، އެ ...

ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ފަރާތްތަކުގެ އާއިލާއަށް އެ ފުރުސަތު ލިބޭގޮތަށް ހަމަޖެއްސުން މުހިންމު : ރޮޒައިނާ

Advertisement ޕެންޝަން ސްކީމުގެ ދަށުން ހައްޖަ ދިޔުމުގެ ފުރުސަތު ލިބޭ ފަރާތުގެ މައިންބަފައިންނާއި އަނބިންނާއި ފިރިން އަދި ދަރިންނަށް ...

މިވަގުތަކީ އެއްވެސް ބޭފުޅަކު ރޮޒެއިނާ ނުވަތަ އެމްޑީޕީއާއި ދުރަށްދާންވީ ވަގުތެއްނޫން

މިވަގުތަކީ އެއްވެސް ބޭފުޅަކު މިދާއިރާއަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް ރޮޒެއިނާ އާދަމްއާއި ނުވަތަ  އެމްޑީޕީއާއި ދުރަށްދާންވީ ވަގުތެއްނޫނެވެ . މިވަގުތަކީ ...

މިދުއްވެނީ ރަށެއްގެ ފުއްޓަރު ގާތައް މަތީގައޭ ހީވާފަހަރުވެސް މަދެއްނޫން

މީދޫގެ މަގުތަކުގެ ވާހަކައަކީ ދައްކާ ކޮޅުންލާނެ ވާހަކައެއް ނޫނެވެ. އެތައް ބަޔަކު އެކިއެކި ހާޖަތްތައް ފުއްދުމަށް ދުވާލަކު އެތައް ...

ތޫފާން “ފްލެމްބޮޔަން” ގެ ސަބަބުން ދެކުނު ރަށްރަށަށް އުދައަރާފާނެ ކަމަށް މޯލްޑިވްސް މީޓްރިއަލޮޖިކަލް ސެންޓަރުން ބުނެފި

އައްޑު އަތޮޅުގެ އިރުދެކުނުގައި އުފެދިފައިވާ ތޫފާނެއްގެ ސަބަބުން ދެކުނުގެ ރަށްތަކަށް އުދަ އަރާފާނެތީ ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސް ...

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދ އަތޮޅން ފެށިގެން އައްޑުއަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާ، ...