ޘާނަވީ އިމްތިހާނުގެ ކާމިޔާބީ ފާހަގަކުރުމަށް ޚާއްސަހަރަކާތްތަކެއް ބާއްވައިފި

މިދިޔަ އަހަރު ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން، ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ޚާއްޞަ ޙަރަކާތްތަކެއް ބާއްވައިފިއެވެ.

މިގޮތުން މިއަދު ކުރިއަށް ގެންދިޔަ ޙަރަކާތްތައް ފެށިފައިވަނީ ރޭގެ ފަތިސްނަމާދުންނެވެ. މިގޮތުން ސްކޫލުތަކުގައި ޖަމާޢަތުގައި ކުރެވުނު ފަތިސްނަމާދަށްފަހު ކީރިތި ޤުރުއާން ޚަތިމްކުރުމުގެ ޚާއްޞަ ޙަރަކާތްތަކެއް ސްކޫލްތަކުގައި ކުރިއަށް ގެންދެވުނެވެ.  އަދި ހެނދުނު 7 ޖެހިއިރު ، ސްކޫލްތަކުގައި ޚާއްޞަ އެސެމްބްލީއެއް ބާއްވާފައިވާއިރު މި އެސެމްބްލީއަށްފަހު، ދަރިވަރުންގެ ޚާއްޞަ ޙަރަކާތްތަކެއްވެސް ސްކޫލްތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

މިދިޔަ އަހަރު ރާއްޖޭގެ ސްކޫލްތަކުން ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާންތަކުގައި 5467 ދަރިވަރުން ބައިވެރިވެފައިވާއިރު މީގެ ތެރެއިން 5 މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް %77 އަށް އަރާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. މިނަތީޖާއަކީ ތަޢުލީމީ ދާއިރާގައި ޒަމާނުއްސުރެ ޙާޞިލްކުރަން ކަނޑައަޅާފައިވާ 60 އިން ސައްތައިގެ ލަނޑުދަނޑިއަށްވުރެ 17 އިން ސައްތައިގެ ކުރިއެރުމެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ޘާނަވީ ތަޢުލީމު ފުރިހަމަކޮށް ނުކުންނަ ކޮންމެ ކުއްޖަކީ މަތީޘާނަވީ ތަޢުލީމަށް ޤާބިލް ކުއްޖަކަށް ހެދުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސިޔާސަތުގެ ދަށުން، ޘާނަވީ ތަޢުލީމުގެ މަރުޙަލާ ފުރިހަމަކުރާ ކޮންމެ ކުއްޖަކީވެސް މަދުވެގެން 3 މާއްދާއިން “ސީ” ފާސް ނުވަތަ އެފެންވަރުގެ ފާހެއް ލިބިފައިވާ ދަރިވަކަށް ހެދުމަށް ކުރެވޭ މަސައްކަތަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައިވާކަމަށެވެ. އެގޮތުން 2016 ވަނަ އަހަރު މިއަދަދު 79 އިންސައްތަގައި ހުރިއިރު 2017 ގައި މިއަދަދު 92.89 އިންސައްތައަށް މަތި ކުރެވިފައިވާކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަޝީދަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭނެކަން އަމިއްލަފުޅަށް އެއްބަސްވި: ޑރ. ޝައިނީ

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ނުކުރެއްވޭނެ ކަމަށް ބައިނަލް އަގްވާމީ ފަރާތްތަކުގެ ...

“ފިކުރެއްގެ ދިރުން”ގޮފީގެ ފަރާތުންވެސް ގާސިމާއި ބައްދަލު ކޮށްފި

ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އެތެރޭގައި، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކި ސިޔާސީ ...

އައްޑޫ ސިޓީން އިތުރު 23 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިއްޔެވެސް 23 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ. އައްޑޫ ހޮސްޕިޓަލުން ހޮސްޕިޓަލުން ރޭ ...