” އަހަރެންގެ ބެންކް” ކެމްޕެއިން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް އިން މިދޔަ އަހަރު ފެއްޓެވި އެ ކުންފުނީގެ ކޮމިއުނިޓީ ޕްރޮގްރާމް “އަހަރެންގެ ބޭންކް” ކެމްޕެއިން ކުލަގަދަ ރަސްމިއްޔާތަކާއި އެކު އިއްޔެ ފަށައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހް ކުރެވިގެންދިޔައީ ދިވެހި ފުލުހުން އިސްވެތިބެ ބޭންކްގެ މުވައްޒަފުންނާ ގުޅިގެން ކުރިއަށް ގެންދިޔަ “ރެޕެލް ޖަމްޕް” ގެ  ހަރަކާތްތަކަކާ އެކުގައެވެ.

ބޭންކް އޮފް މޯލްޑިވްސް އިއްޔެ ފެއްޓެވި “އަހަރެންގެ ބޭންކް” ކެމްޕޭންގެ ދަށުން މި ފެބުރުއަރީ މަހުގެ ކޮންމެ ދުވަހަކުވެސް ހާއްޞަ ހަރަކާތެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.  މިގޮތުން ރައްޔިތުންނާ ގުޅުންހުރި ތަފާތު 60 އަށްވުރެ ގިނަ ހަރަކާތްތަކެއް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާކަމަށްވެސް މައުލޫމާތު ލިބިފައެވެ.

ބީއެމްއެލްއިން ކުރިއަށްގެންދާ “އަހަރެންގެ ބޭންކް” ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައުއަށް ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީ ގަމާއި ސައުތުއެފްރިކާއާ ދެމެދު ސީދާ ދަތުރުތައް މިއަހަރުގެ ނޮވެމްބަރު މަހު ފަށަނީ

ގަން އިންޓަނޭޝަނަލް އެއަރޕޯޓާއި ސައުތު އެފްރިކާއާ ދެމެދު މިއަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ސީދާ ދަތުރުތައް ފެށޭނެކަމަށް ޓޫރިޒަމް ...

ފެނަކައިގެ ބިލު ދެއްކޭނެ ސޮފްޓްވެއަރ އެއް އެކުންފުނިން ތައާރަފުކޮށްފި

ރާއްޖޭގެ ކޮންމާތާކު ހުރެވެސް ފެނަކައިގެ ބިލު ދެއްކޭނެ ސޮފްޓްވެއަރ އެއް އެކުންފުނިން ތައާރަފުކޮށްފިއެވެ. ޝީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ...

ޓޫސްޕޫން ކެފޭ މާދަމާ ހުޅުވަނީ

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ” ޓޫސްޕޫން” ކެފޭ ގެ ފޮޓޯތަކެއް ...