• Categories
  • Archives

“ޤައުމާ މަގެ ދީނާ ނުކުޅެއްޗޭ” ޝިއާރުގެ ދަށުން އައްޑޫސިޓީގައި ބޮޑު ހަރަކާތެއް ބާއްވަނީ

01 ފެބްރުއަރީ 2018ގައި ޤައުމަށް ދިމާވި ކަންކަން ހަމަޔަކަށް އެޅުމަށްފަހު އެކަން ކަމުގެ އުފާ ފާޅުކުރުމުގެ ގޮތުންނާއި، ދިވެހިންގެ ވެރިކަން ބަދަލުކުރުމަށް އަޑި އަޑިން ރޭވި ބަޣާވާތް ނާކާމިޔާބު ވުމުން މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ “ޤައުމާ މަގެ ދީނާ ނުކުޅެއްޗޭ” ޝިއާރުގެ ދަށުން އައްޑޫސިޓިގައި ބޮޑު ޚަރަކާތެއް ބާއްވަން ނިންމައިފިއެވެ.

ރައީސް ޔާމިން 2018 ކެމްޕެއިން އޮފީހުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތިމާވެއްޓާ ހަކަތަޔާ ބެހޭ ވަޒީރު އަޙްމަދު ޠާރިޤު ވިދާޅުވީ “ޤައުމާ މަގެ ދީނާ ނުކުޅެއްޗޭ” މި ޝިއާރުގެ ދަށުން ރައީސް ޔާމީން 2018 ކެމްޕެއިން އޮފީހުގެ ފަރާތުން އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު ކަމަށެވެ. މި ހަރަކާތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ތިމާވެއްޓާ ހަކަތަޔާ ބެހޭ ވަޒީރު ޠާރިޤު ވިދާޅުވީ، “ޤައުމާ މަގެ ދީނާ ނުކުޅެއްޗޭ” ޚަރަކާތުގައި ގިނަ ބަޔަކު ބައިވެރިވަމުން ދާކަމަށާ، އެގޮތުން ހޮނިހިރު ދުވަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔަ ޚަރަކާތުގައި ފަންސާސް ހާހަހަށްވުރެ ގިނަ ރައްޔިތުން އެކި ރަށްރަށުން ބައިވެރިވިކަމަށެވެ. އަދި މިކަމުން ދޭހަވަނީ ރައީސް ޔާމީން ގެ ވެރިކަން ބަދަލުކުރަން އެއްވެސް ރައްޔިތަކު ޤަބޫލުނުވާކަން ކަމަށާ، އެމަނިކުފާނަށް އެއްވެސް ގެއްލުމެއް ދޭންވެސް ބޭނުންނުވާކަން ކަމަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ މި މަހުގެ ތެރޭގައި ރާއްޖައަށް ކުރިމަތިވި ކަންކަމަކީ އަޑި އަޑިން ރޭވިގެން ދިވެހިންގެ މިނިވަންކަން ނަގާލުމަށް ބަޔަކު ހިންގި ބޮޑު ޖަރީމާއެއްކަމަށާއި، އެ ބަޔަކު ރާވާފައި އޮތީ ބޭރުގެ ސިފައިން ގެނެސް ހަތިޔާރުގެ ބޭނުން ހިފައިގެންވެސް އެމީހުންގެ ޕްލޭންތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި މިކަމުން ދިވެހިންނަށް ނަސްރު ލިބުމުން އެކަން ފާހަގަކުރުމުގައި ވަރަށް ގިނަ ރައްޔިތުން ބައިވެރިވަމުން ދާކަމަށާއި އެގޮތުން އައްޑޫސިޓިގެ ގުޅިފައިވާ ހުރިހާ ރަށަކުން މި ހަރަކާތުގައި ބައިވެރިވާނެ ކަމަށްވެސް އިބްރާހީމް ދީދީ ވިދާޅުވިއެވެ. އިބްރާހިމް ދީދީ ވިދާޅުވީ މީގެ ކުރިން އައްޑޫގެ ރައްޔިތުން ލޭބަލްވެފައިވަނީ ވެރިކަން ބަދަލުކުރަން އުޅޭ ބައެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އެގޮތަށް ލޭބަލްވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް މި ހަރަކާތަކީ މިހާތަނަށް އައްޑޫގައި ބޭއްވޭ އެންމެ ވަރުގަދަ ހަރަކާތަށް ހަދާނެކަމަށެވެ. އަދި ރައީސް ޔާމީނުގެ ސަރުކާރު އައުމުގެ ކުރިން އައްޑޫސީޓީ ވަނީ ބާކީ ކޮށްލާފައިކަމަށާއި، ނަމަވެސް ރައީސް ޔާމީން ވަނީ އައްޑޫސިޓީއަށް ތަރައްޤީ ގެނެސްދެއްވާފައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްސަލުވުމުގައި ވާހަކަ ދައްކަވަމުން މަޑަވެލި ދާއިރާގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ، ފެނިގެން މިދަނީ އަމިއްލަ އިސްނެންގެވުމާއި އެކީގައި ސަޕޯޓަރުން ނިކުމެ ހަރަކާތްތަކުގައި ބައިވެރިވެ ޚަރަކާތްތައް އިންތިޒާމު ކުރަމުން ދާ ތަން ކަމަށާއި، މިއީ ރައީސް ޔާމީން 2018 ކެމްޕެއިނަށް ލިބޭ ވަރަށް ވަރުގަދަ ހިތްވަރެއްކަމަށެވެ. އަދި ދިނާއި ވަޠަނުގެ ދިފާއުގައި ދިވެހިން ނިކުތުމުން ޖޯކު ޖަހާ ބަޔަކުވެސް އުޅޭކަމަށާއި، އެއީ މި ޤައުމާއި ދީނާއިމެދު ލޯތްބެއް ނެތް މީހުންކަމަށްވެސް މުއާޒް ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

އަގު ބޮޑުކޮށްފިނަމަ މަޖޫރިންނާއި މުދާ އުފުލާ އުޅަނދުތައްވެސް މި ސަރުކާރުން ކޮންޓްރޯލް ކުރާނެ – ސައީދު

މާލެ ތެރޭގައި މުދާ އުފުލާ ގަޑިއަށް ބަދަލު ގެނައުމުން މުދާތައް ކްލިޔާ ކުރާ މަޖުރީންނާއި އަދި އެމްޕީއެލްއިން މުދާ ...

ޕޯސްޓު މެދުވެރިކޮށް އައްޑޫއަށް ފޮނުވަން އުޅުނު މަސްތުވާތަކެތި ތަކެއް އަތުލައިގެންފި

ޕޯސްޓު މެދުވެރިކޮށް އައްޑޫ ސިޓީއަށް އެތެރެކުރަން އުޅުނު 890 ގުރާމުގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން މި ...

ހުވަދު އަތޮޅާއި އައްޑުއާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފި

ހުވަދު އަތޮޅާއި އައްޑުއާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ...

މިއަދަކީ ބައިނަލަޤްވާމީ ޑައުން ސިންޑްރޯމް ދުވަސް

ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ ބައިނަލަޤްވާމީ ޑައުން ސިންޑްރޯމް ދުވަހަކީ، ޑައުންސިންޑްރޯމް ހުންނަ ކުދިންނަށް ލިބެން ޖެހޭ ޙައްޤުތަކާއި ...

ފެނަކަ ކޯޕަރޭޝަނުން 2 ސަރަޙައްދެއްގައި ފެންބަންދުކުރާ ކާރުޚާނާ ޤާއިމްކުރަނީ

ރާއްޖޭގެ ދެ ސަރަޙައްދެއްގައި ފެން ބަންދުކުރާ ކާރުޚާނާ ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ...

ފެނަކައިގެ އެމްޑީއަކަށް ބޭފުޅަކު އައްޔަން ކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑައިރެކްޓަރަކަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ. ފެނަކައިގެ އެމްޑީއަކަށް އައްޔަން ކުރެއްވީ ގދ ވާދޫ، ...