ބެސްޓް ފުޓްސަލް މުބާރާތް 2018: ފުރަތަމަމެޗް ބޮޑުތަފާތަކުން ކާމިޔާބުކުރީ ޔުނައިޓެޑް ބްރަދާސް

” ބެސްޓް ފުޓްސަލް މުބާރާތް 2018 ”  ގެ ނަމުގައި ހުޅުމީދޫ ޕޮލިސްސްޓޭޝަނުގެ ދަނޑުގައި ރޭ ފެށުނު  ފުޓްސަލް މުބާރާތުގެ ފުރަތަމަމެޗް ބޮޑުތަފާތަކުން ޔުނައިޓެޑް ބްރަދާސް ކާމިޔާބުކޮށްފިއެވެ.

ޒުވާން ކުޅުންތެރީން ހިމެނޭ އެފްސީ އަޚުންނާއި ބައްދަލުކޮށް ރޭ ކުޅެވުނު މިމެޗް ތަޖުތިބާ ކާރު މޮޅުކުޅުންތެރީން ހިމެނުނު ޔުނައިޓެޑް ބްރަދާސްއިން ކާމިޔާބުކޮށްފައިވަނީ 12 ލަނޑު 1 ލަނޑުންނެވެ.

ރޭ ކުޅެވުނު މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޔުނައިޓެޑް ބްރަދާސްގެ ރަމްޒީއެވެ.

މިމުބާރާތުގައި މިރޭ ދެމެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން މިރޭ 20:30 ގައި ކުޅެވޭ ފުރަތަމަމެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޑީފުޓްސަލް ކްލަބާއި ޝަންގްރިއްލާ ޓީމް ބައްދަލުކުރާމެޗެވެ. މާދަމާރޭ 9:30 ގައި ކުޅެވޭ ދެވަނަ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ބްރަދާސް ޔުނައިޓެޑާއި އެފްސީ ލަކީއެވެ.

ހުޅުމީދޫ ޕޮލިސް ދަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި 7 ޓީމް ބައިވެރިވެފައިވާއިރު މި 7 ޓީމްވަނީ ދެގްރޫޕަކަށް ބަހާލެވިފައެވެ. މިގޮތުން ގްރޫޕްއޭގައި ހިމެނެނީ ، އެފްސީއަޚުން ، ޔުނައިޓެޑް ބްރަދާސް ، ބްރަދާސްޔުނައިޓެޑް އަދި އެފްސީ ލަކީއެވެ. ބިގްރޫޕްގައި ހިމެނެނީ ޑީއެފް ކްލަބް ، ޝަންގްރިއްލާ އަދި އެފްސީ ގައުމެވެ.

މިމުބާރާތުގެ ގްރޫޕް މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމް ސެމީފައިނަލަށް ހޮވޭގޮތަށެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ބެސްޓް ސެލެކްޝަންގެ ފަރާތުން ޓްރޮފީއާއި، 25000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު  ރަނަރއަޕް ޓީމަށްވަނީ 12000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބެސްޓް ސެލެކްޝަންއެވެ. މިއީ މުލިމަތި ޖަމްއިއްޔާއާއި ބެސްޓް ސެލެކްޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްއީސީ ބަދަހިކަޕް – ގްރޫޕީން ސެމީފައިނަލަށް ހޮވުނީ މިފްކޯއާއި ޕޮލިސް

މިހާރު މީދޫގައި ހިގަމުންދާ ” އެމް.އީ.ސީ ބަދަހިކަޕް ” ނެޓްބޯޅަ މުބާރާތުގެ ގްރޫޕީން ސެމީފައިނަލަށް ދެޓީމް ދަތުރުކޮށްފި އެވެ. ...

އޮސްޓްރޭލިއާއިން ޓިއުނީޝިއާ ބަލިކޮށްފި

ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޑީގައި މިއަދު ކުޅުނު މެޗުގައި އޮސްޓްރޭލިއާއިން ޓިއުނީޝިއާ ބަލިކޮށްފިއެވެ ގަތަރުގެ އަލް ...

ކޮޕަ ޑެލްރޭ ގެ ފައިނަލް މެޗު މިރޭ ކުޅޭނެ

“ސްޕެނިޝް ކޮޕަ ޑެލްރޭ”ގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. ފައިނަލް މެޗުގައި ވާދަކުރާނީ ރެއާލް މެޑްރިޑް ކްލަބް އޮސަސޫނާއެވެ. ...