ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި އިދިކޮޅު ފަރާތްތަކުން އެެއްބާލުން ނުދިނަސް ، ގާނޫނީ އިމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ހައްގުތައް ހޯދައިދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރުމާލު 2 ޖަގަހައިގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން މޫސާ މަނިކު ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް މި ދައްކާ ބިރުވެރިކަމާއި، ނާމާންކަމުން މިއަދު އަރައިގަންނަން ވެއްޖެކަމަށާއި، 2004 އަކުން ފެށިގެން ދިވެހިން މިއުޅެނީ މިފަދަ ހާލެއްގައިކަމަށެވެ.

” ދެ އަހަރު ދުވަސް ވަންދެއް ކާޅާއި ކުކުޅު ކޮށްޓަށް ލައިގެން ބާޣީ އޭ ކިޔަގެން ގެންގުޅުން މީހުން އެއީ” މޫސާ މަނިކު ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ ކެތްކޮށްގެން މިއަދު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ ކުރިޔަށް ގެންދަވާ ތަރައްގީގެ މަޝްރޫއުތަކާ އެކީގައި މިގައުމު އެހެން ފެންވަރަކަށް ގެންދިއުމަށްޓަކައި ކަމަށެވެ.

އެހެންކަމުން ދެފުށަށް ކެނޑޭ މެމްބަރުން ބޭނުން ނޫންކަމަށާއި އިޚްލާސްތެރި މެންބަރުންނާއެކު ރައްޔަތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އަލުން ސަރުކާރަށް ހޯދާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސާ މަނިކު އިތުރަށް ވިދާޅުވީ، ދީނާއި ގައުމާއި، އަމިއްލަވަންތަކަމުގައި ދެމިތިބެން ކޮންމެ ކަމެއްވެސް ކުރާނޭ ކަމަށާއި، ބޭރު ކަރަކަރައިންވެސް ރައްޔިތުންނަށް ބިރުދައްކާނެކަމެއް ނެތްކަމަށެވެ. އަދި މިޔައްވުރެ މާ އާބާދީ މަދު އިރުގައި ޕޯޗުގީޒުންވެސް އޮންނާނީ ފަހާލައިފައިކަމަށް މޫސަ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންވީ ވަގުތެއްނޫން: ރައީސް

މިއީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންވީ ވަގުތު ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ...

ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު ކުރައްވައިފި

ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާ ކުރެއްވީ އެކަމަށްޓަކައި ހާއްސަ ކުރެވިގެން ...

މުވައްޒަފުން ދެކެނީ ކައުންސިލަރުންނަކީ އެއްޗެއް ނޭނގޭ މުޑުދާރު ބައެއްގެ ގޮތުގައި-ހދ. އަތޮޅު ކައުންސިލްގެ ރައީސް

ކައުންސިލް މެމްބަރުންނާމެދު ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުން ދެކެނީ ތަނެއް ދޮރެއް ނުދަންނަ މުޑުދާރު ބައެއްގެ ...