ބެސްޓް ފުޓްސަލް މުބާރާތް 2018: ޗެމްޕިއަންކަން ބްރަދާސް ޔުނައިޓެޑް ހޯދައިފި

ބެސްޓް ފުޓްސަލް މުބާރާތް 2018 ގެ ޗެމްޕިއަންކަން ބްރަދާސް ޔުނައިޓެޑް ހޯދައިފިއެވެ.

ބްރަދާސް ޔުނައިޓެޑް މިމުބާރާތުގެ ޗެމްޕިއަކަންހޯދީ ހުޅުމީދޫ ޕޮލިސް ދަނޑުގައި ރޭ ކުޅެވުނު މިމުބާާރާތުގެ ފައިނަލްމެޗްގައި ޔުނައިޓެޑް ބްރަދާސްއާއި ބައްދަލުކޮށް 5 ލަނޑު 2 ލަނޑުން މޮޅުވެގެންނެވެ.

މިމެޗްގައި ބްރަދާސް ޔުނައިޓެޑުން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން 3 ލަނޑު ކާމިޔާބުކޮށްދީފައިވަނީ ފުރުގާނެވެ. އެޓީމުގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދީފައިވަނީ އޮންލީއާއި ސަމީނެވެ.

ޔުނައިޓެޑް ބްރަދާސްއިން ކާމިޔާބުކުރި 2 ލަނޑު ކާމިޔާބުކޮށްދީފައިވަނީ ގައިސުއާއި ލިރުއެވެ.

ރޭ ކުޅެވުނު މިމުބާރާތުގެ ފައިނަލްމެޗްގެ ކުޅުން ނިމުމުން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުނެވެ.

ރޭ ކުޅެވުނު ފައިނަލްމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބްރަދާސް ޔުނައިޓެޑަށް ރޭގެ މެޗްގައި 3 ލަނޑު ކާމިޔާބުކޮށްދިން   ޖޯޒީނަމްބަރ 10 ފުރުގާނެވެ.

މިމުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކަށް ހޮވިފައިވަނީ ، ބްރަދާސް ޔުނައިޓެޑްގެ ސަމީނު ، މުންނިމު އަދި ޔުނައިޓެޑް ބްރަދާސްގެ ރަމްޒީއާއި އެޓީމުގެ ލިރުގެ އިތުރަށް ޑީއެފްސީގެ ޗިޅާއެވެ.

 

މިމުބާރާތުގެ ފެއަރ ޕްލޭޓީމަކަށް އެފްސީ އަޚުން ހޮވިފައިވާއިރު ފެއަރ ޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ އަޚުންޓީމުގެ ރަޔަންއެވެ.

މިމުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް އަޚުން ޓީމުގެ ސަހާފް ހޮވިފައިވާއިރު  މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށާ މިމުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ މިމުބާރާތުގެ ޗެމްޕިއަންހޯދި ބްރަދާސް ޔުނައިޓެޑްގެ ސަމީނެވެ.

 

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ބެސްޓް ސެލެކްޝަންގެ ފަރާތުން ޓްރޮފީއާއި، 25000 ރުފިޔާގެ ފައިސާގެ އިނާމު އަދި  ރަނަރއަޕް ޓީމަށް 12000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ.

އަދި މީގެ އިތުރަށް މިމުބާރާތުގައި ކުޅެވުނު ކޮންމެ މެޗްެއްގެ މޮޅު ކުޅުންތެރިއަކަށް އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ފައިސާގެ އިނާމެއް ދީފައިވެއެވެ.

މި މުބާރާތަކީ މުލިމަތި ޖަމްއިއްޔާއާއި ބެސްޓް ސެލެކްޝަން ގުޅިގެން ބޭއްވުނު މުބާރާތެކެވެ.

  • ކޮމެންޓްސް (1)

  • varihama

    މަރުހަބާ ބްރަދާސް ޔުނައިޓެޑަށް- އަދި މުބާރާތުގެ އެކި މަގާމްތަކަށް ހޮވުނު ކުޅުންތެރީންނަށްވެސް މަރުހަބާ ދަންނަވަން . ޚާއްސަކޮށް މުބާރާތުގެ އެއްމެ މޮޅުކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ސަމީނަށް މަރުހަބާ ދަންނަވަން

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުވައްމުލަކު ވޮލީޓީމެއް މީދޫއަށް ޒިޔާރަތްކޮށްފި

  ފުވައްމުލަކު ވޮލީޓީމެއް މިއަދު މީދުއަށް  ޒިޔާރަތްކޮށްފި އެވެ. މިއަދު މެންދުރުފަހު 4:30 ހާއިރު ފުވައްމުލަކު  ވޮލީޓީމް މީދޫއަށް ...

ހުޅުދޫ ސްކޫލް ބަލިކޮށް 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ހިތަދޫ ސްކޫލް ހޯދައިފި

މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 12 އަހަރުން ދަށުގެ ޗެމްޕިއަން ކަން ހިތަދޫ ސްކޫލް ހޯދައިފިއެވެ. ...

ފަހަތުން އަރާ ހިތަދޫ ސްކޫލްގެ މައްޗަށް އިރުޝާދިއްޔާ ކާމިޔާބު ހޯދައިފި

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިރުދިއްޔާ ސްކޫލްގެ 16 އަހަރުން ދަށުގެ ...