• Categories
  • Archives

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޓްރީޓޮޕް ހޮސްޕިޓަލްގެ ޚިދުމަތް ލިބޭނެ

ރާއްޖޭގައި މިހާތަނަށް ހެދި އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް މިހަފްތާ ބުރާސްފަތި ދުވަހު ހުޅުވަން ނިންމައިފިއެވެ.

ރާއްޖޭގެ މަޝްހޫރު ވިޔާރިވެރިންތަކެއް އެކުވެގެން 110 މިލިއަން ޑޮލަރު ހޭދަކޮށްގެން ތަރައްގީކުރި ހޮސްޕިޓަލުން ސިއްހީ މަތީ ފެންވަރުގެ ހިދުމަތް ލިބޭނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.

ހޮސްޕިޓަލުގެ ހުރިހާ މަސައްކަތެއް ނިމި އަދި ޑޮކްޓަރުންނާއި ނަރުހުންނަށް ދޭން ޖެހޭ ހުއްދަތައް ވެސް ދީފައިވާ ކަމަށް މީގެ ކުރިން ހެލްތު މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި 159 އެނދުގެ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ހޮސްޕިޓަލުގެ ހުރިހާ މަސައްކަތެއް ނިމި، މުވައްޒަފުން ނަގާ މިހާރު ވަނީ ހިދުމަތް ދޭން ތައްޔާރުވެފަ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލް ވެގެން ދާނީ ރާއްޖޭގެ ސިއްޙީ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނުވައިދޭނެ ހޮސްޕިޓަލަކަށް ކަމަށް އެހޮސްޕިޓަލް ބައްލަވާލެއްވުމަށްފަހު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވިއެވެ. ޓްރީޓޮޕް ހޮސްޕިޓަލުންވެސް އާސަންދައިގެ ޚިދުމަތް ލިބޭނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ކުރިން ހުޅުވަން ނިންމާފައި އޮތީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. ނަމަވެސް ހޮސްޕިޓަލް ހުޅުވުން ލަސްވީ އިމާރާތުގައި ހުރި މައްސަލަތަކާ ގުޅިގެން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގާނީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ގުޅިގެންނެވެ. އެ ހޮސްޕިޓަލްގައި ބަލި މީހުން އެޑްމިޓްކުރުމަށް ތަފާތު ފަސް ކެޓަގަރީގެ ކޮޓަރި ހުރެ އެވެ. އެގޮތުން ކޮންމެ ބަލި ދެ މީހަކަށް 30 ކޮޓަރި އާއި އެކަކަށް ޚިދުމަތް ދެވޭ ގޮތަށް ހަދާ 57 ކޮޓަރި އާއި ހަތަރު ޖޫނިއަ ސުއިޓާއި ހަ ސުޕީރިއާ ސުއިޓް އަދި ދެ ޕްރެޒިޑެންޝަލް ސުއިޓް ހުރެ އެވެ.

ތުރުކީގެ ޓާމާކްސް ކުންފުންޏާ ހަވާލުކޮށްގެން ހެދި ހޮސްޕިޓަލުގައި ހަ ބުރީގެ ގާތްގަނޑަކަށް 30،000 އަކަފޫޓުގެ ބިޔަ ބިލްޑިންގެއް ހިމެނެ އެވެ. ހޮސްޕިޓަލް ބިލްޑިންގުގެ އިތުރުން މުވައްޒަފުންގެ އެކޮމޮޑޭޝަނާއި ބަލި މީހުންގެ އާއިލާ މީހުން ތިބޭނެ އެކޮމޮޑޭޝަން އަދި ރެސްޓޯރަންޓަކާއި ފިހާރައެއް ހިމެނޭ 10،000 އަކަފޫޓުގެ ބިމެއްގައި އަށް ބުރީގެ ހޮޓަލެއް ވެސް ވަނީ ހަދައިފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ސިއްޙީ ނިޒާމްގެ ތާރީޙްގެ ތެރެއަށް ވަދެގެންދާނެ އެއްކަމަކީ އައިޖީއެމްއެޗްގައި ޑޮކްޓަރުންގެ އިންޓާންޝިޕް ފެށިގެން ދިއުން – ނާޒިމް

ދިވެހިރާއްޖޭގެ ތާރީޚްގައި ސިއްޙީ ނިޒާމަށް އިންގިލާބީ ބަދަލެއް މިސަރުކާރުން ގެނެސްދީފައިވާއިރު، ސިއްޙީ ނިޒާމްގެ ތާރީޚްގެ ތެރެއަށް ވަދެގެންދާނެ އެންމެ ...

ނަރުހުންގެ މުސާރަ %15 ބޮޑުކޮށްފި

އަލަށް އަމަލުކުރަންފެށި ނަރުހުންގެ ވަޒީފާގެ އޮނިގަނޑާއެކު ނަރުހުންގެ މުސާރަ %15 ބޮޑުކޮށްފިއެވެ. ހެލްތް މިނިސްޓްރީން ބުނީ މި މަހުގެ ...

އައްޑޫ ސިޓީ ހޮސްޕިޓަލް ތަރައްޤީ ކުރާނީ ޓަރޝަރީ ފެންވަރުގެ ކަށީގެ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއްގެ ގޮތުގައި – ޑރ. ޙަބީބް

އައްޑޫ ސިޓީ ހޮސްޕިޓަލް ތަރައްޤީ ކުރާނީ ޓަރޝަރީ ފެންވަރުގެ ކަށީގެ ޚާއްޞަ ހޮސްޕިޓަލެއްގެ ގޮތުގައިކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް ...

ޤާސިމް، ނަޝީދު އަދި މައުމޫނަކީވެސް ރައްޔިތުން ޓެސްޓްކޮށް، ފެއިލްވެފައިވާ ތިން ޕްރޮޑަކްޓު – ނާޒިމް

ޤާސިމް އާއި ނަޝީދު އަދި މައުމޫނަކީވެސް ރައްޔިތުން ޓެސްޓްކޮށް، ފެއިލްވެފައިވާ ތިން ޕްރޮޑަކްޓުކަމަށް މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ...

ރާއްޖެއިން ބޭރުން ކެންސަރަށް ފަރުވާ ހޯދަން އާސަންދަ ދިނުން ހުއްޓައެއްނުލާ – އާސަންދަ

ރާއްޖެއިން ބޭރުން ކެންސަރަށް ފަރުވާ ހޯދަން އާސަންދަ ދިނުން ހުއްޓާނުލާ ކަމަށް އާސަންދަ އޮފީހުން ބުނެފިއެވެ. ކެންސަރަށް ފަރުވާ ...

ފެބްރުއަރީ މަސް ތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލުން ރައްޔިތުންނަށް ޚިދުމަތް ލިބިގެންދާނެ- މިނިސްޓަރ ނާޒިމް

ހުޅުމާލޭގައި އިމާރާތް ކުރި ޓްރީ ޓޮޕް ހޮސްޕިޓަލް އަންނަ މަހުގެ ތެރޭގައި ހުޅުވި ޚިދުމަތް ލިބިގެންދާނެ ކަމަށް ހެލްތް ...