ސްރީދޭވީގެ މަރަކީ އެކްސިޑެންޓެއް ނޫން- އިންޑިއާގެ ޕާލިމެންޓް މެމްބަރެއް

ސްރީދޭވީ މަރުވި ޚަބަރާއެކު އޭނާގެ އާއިލާގެ މެމްބަރުންނާއި ފޭނުން އަދިވެސް އަންނަނީ ހިތާމަފާޅު ކުރަމުންނެވެ.

ސްރީދޭވީ މަރުވީ ބާތުޓަބަކަށް ގެނބިގެން ކަމަށް ދުބާއީގެ ފުލުހުން ބުނެފައިވާއިރު އޭނާގެ މަރަކީ ޤުދުރަތީ މަރެއް ކަމަށް ޤަބޫލް ނުކުރާ ކަމަށް އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީއަށް ނިސްބަތްވާ އެމްޕީ ސުބްރަމާނިއަން ސްވާމީ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ސްރީދޭވީގެ މަރަކީ “ރާވާފައިވާ” މަރެއް ކަމަށް ބެލެވޭ ކަމަށެވެ.

“ސްރީދޭވީ އަކީ ދުވަހަކުވެސް އެއްފަހަރާ އެހާ ގިނައިން ރާ ބޮއެ އުޅުނު މީހެއް ނޫން. އެހެންވިއްޔާ އޭނާގެ ހަށިގަނޑުން ރާ ފެނުނު ގޮތާއި މެދުގައި ސުވާލު އުފެދޭ” ސުބްރަމާނިއަން ވިދާޅުވިއެވެ.

ސުބްރަމާނިއަން ވަނީ ސްރީދޭވީގެ މަރާއި ގުޅުންހުރި ސީސީޓީވީ ފުޓޭޖެއްވެސް އާއްމުކޮށްފައި ނެތުމުން އެކަމާ ސުވާލު އުފައްދަވާފައެވެ.

ސްރީދޭވީ މަރުވީ ހިތް ފެއިލް ވެގެން ކަމަށް އެންމެ ފުރަތަމަ ޚަބަރު ފެތުރިގެން ދިޔައެވެ. މިއީ ދުރާލާ ރާވައިގެން ފެތުރި ޙަބަރަކަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ސުބްރަމާނިއަން ވިދާޅުވިއެވެ.

ސްރީދޭވީގެ މަރާއި ގުޅިގެން އޭނާގެ އާއިލާގެ މެމްބަރުންގެ ބަޔާންތައް ވަނީ ނަގާފައެވެ. ސްރީދޭވީ މަރުވެފައި އޮއްވާ އެންމެ ފުރަތަމަ ފެނުނީ އޭނާގެ ފިރިމީހާ ބޮނީ ކަޕޫރަށެވެ. އަންހެނުންގެ މަރާއި ގުޅިގެން ބޮނީ ކަޕޫރަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު، ފުލުހުންނަށް އަދި އޭނާއާއި ސުވާލެއް ނުކުރެވެއެވެ.

ފުލުހުންނަށް ބޮނީއާއި މިވަގުތު ސުވާލު ނުކުރެވެނީ އޭނާއަށް ލިބިފައިވާ ފުން ހިތާމައާއި ގުޅިގެން ކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދިރާގު ޕްލޭ އެޕް – ކޮންމެ ތާކު، ކޮންމެ ވަގުތަކު މުނިފޫހިފިލުވުމަށް

ދިރާގުން “ދިރާގުޕްލޭ”ގެ ނަމުގައި މުޅިން އާ މުނިފޫހިފިލުވުމުގެ ސްޓްރީމިންގ މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފިއެވެ. ދިރާގުން ބުނިގޮތުގައި މި އެޕްލިކޭޝަނަކީ ...

ޑެސްޕަރޭޓް ހައުސް ވައިފްގެ ތަރި އިވާ ލޮންގޮރިއާ މަންމައަކަށް ވަނީ

މަޝްހޫރު ޓީވީ ސީރީޒް ‘ޑެސްޕަރޭޓް ހައުސް ވައިވްސް’ގެ ތަރި އިވާ ލޮންގޮރިއާ އަލަތު ދަރިފުޅަށް ބަލިވެއިން ކަން އޭނާގެ ...

ނަން ބަދަލު ކުރިއަސް، އަހަންނަށް އަދިވެސް އެއީ ޕަދުމާވަތީ: ދިޕިކާ

ސަންޖޭ ލީލާ ބަންސާލީގެ ފިލްމު “ޕަދުމާވަތު”  ރިލީޒްކޮށްފައިވާއިރު، އެފިލްމަށް އަންނަނީ އެކަށީގެންވާ ތަރުހީބެއް ލިބެމުންނެވެ. ގިނަ ބަޔަކު އަންނަނީ ...