ޓްރީޓޮޕް ކާޑް މެދުވެރިކޮށް ކިއުގައި މަޑުނުކޮށް މެމޯ ހެއްދޭނެ

ޓްރީޓޮޕުން ޚިދުމަތް ހޯދަންބޭނުންވާ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުޞަތު މިހާރުވެސް ހުޅުވާލާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އެގޮތުން އެ ހޮސްޕިޓަލްގެ ކޯލްސެންޓަރ 1610 މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދޭނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ރާއްޖޭގައި ޤާއިމުކުރާ މަލްޓި ސްޕެޝަލިސްޓް ފުރަތަމަ ހޮސްޕިޓަލް ޓްރީޓޮޕް ހޮސްޕިޓަލް މިއަދު ހުޅުވަން ތައްޔާރުވަމުންދާއިރު އެ ހޮސްޕިޓަލްވަނީ އާއްމުންނަށް ޚިދުމަތް ދިނުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިއެވެ. މިގޮތޮން ފަސޭހަކަމާއިއެކު ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ފަހުގެ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކުރުމަށް އެ ހޮސްޕިޓަލުން ދަނީ ތައްޔާރުވަމުންނެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކަށް އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސާނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. ރާއްޖޭގައި ހިންގަމުން އަންނަ ހޮސްޕިޓަލުތަކުން ދެމުން އަންނަ ޚިދުމަތްތަކަށް ބަލައި ޓްރީޓޮޕުން އެންމެ އިސްކަމެއް ދޭނީ އެ ހޮސްޕިޓަލުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ދިނުމަށްކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އެގޮތުން ޙިދުމަތް އިތުރަށް އަވަސްކުރުމަށް ޚާއްސަ ކާޑެއް ޓްރީޓޮޕުންވަނީ ތަޢާރަފްކޮށްފައެވެ. ހޮސްޕިޓަލުގައި ރެޖިސްޓްރީކުރުމުން ހޮސްޕިޓަލްގައި ބަހައްޓާފައިވާ ކިއޮސްކް ކާޑް މެޝިންތައް ބޭނުންކޮށްގެން ކިޔުގައި ނުޖެހި ނަންބަރު ނެގޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. އަދި ޑޮކްޓަރަށް ދައްކަން މަޑުކުރަންޖެހޭނީ ގިނަވެގެން ތިރީސް މިނެޓްކަމަށްވެސް ޓްރީޓޮޕް ހޮސްޕިޓަލްގެ ޗެއަރމަން އަޙްމަދް ސަލީމް ވިދާޅުވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލް ހިންގާ، ރަމްސޭ ސިމް ޑަރބީ ހެލްތްކެއަރގެ ޗެއަރމަން ޑރ.ޖެކޮބް ތޯމަސް ވިދާޅުވީ ޕޭޝަންޓުންނަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން ޕޭޝަންޓުންނާއި އާއިލަތަކަށް ވަރަށް ރަނގަޅަށް ކިޔައިދޭނެކަމަށެވެ. އަދި ބަލިތަކަށް ސްކްރީންކުރުމަށް ޚާއްސަ ސެންޓަރެއް ޤާއިމުކޮށް އެ ސެންޓަރުން ޕޭޝަންޓުންނާއި، ޕޭޝަންޓުންގެ އާއިލާތަކަށް ބައްޔާ ގުޅޭގޮތުން ހުރިހާ މަޢުލޫމާތެއް ހިއްސާކޮށް ބަލިތަކުން ދުރުހެލިވާނެ ގޮތްތަކާއި ގުޅޭ މަޢުލޫމާތުތައް ދެމުން ގެންދާނެކަމަށްވެސް ޖެކޮބް ވިދާޅުވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ކްލިނެކެއްވަނީ މާލޭގައިވެސް ޤާއިމުކޮށްފައެވެ. މި ކްލިނިކްގައި ޢާއްމު ބަލިތަކަށް ފަރުވާދެމުން ގެންދާއިރު ޓްރީޓޮޕްގައި މަސައްކަތް ކުރާ ސްޕެޝަލިސްޓް ޑޮކްޓަރުންވެސް މި ތަނުގައި ވަކި ޝެޑިއުލެއްގެ ދަށުން ބަލަމުންގެންދާނެއެވެ. އަދި އިތުރު ފަރުވާ ބޭނުންވާނަމަ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން އެ ފަރުވާތައް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން ހުޅުލެއާއި މާލެއާ ދެމެދު ޕޭޝަންޓުން ދަތުރުކުރުމަށް ޚާއްސަ ފެރީއެއްގެ ޚިދުމަތް ލިބޭނެކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ނަޝީދަށް އެއާޕޯޓުން މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މިދިޔަ މެއި މަހު ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއަށްފަހު ބޭސްފަރުވާއަށް ރާއްޖެއިން ...

ގެއްލުނު އިރު އަލީފަހުމީ ލައިގެން ހުރި ކަމަށް ބެލެވޭ ސޯޓު ފެނިއްޖެ

މޫދަށް އެރި އުޅެނިކޮށް ހޮނިހިރު ދުވަހު ހިތަދޫން ގެއްލުނު ދެކުދިންގެ ތެރެއިން ޗަނބޭލީގެ، އަލީ ފަހުމީ ލައިގެން ހުރި ...

ޕެނަލްޓީ ޖަހައިގެން ފޭދޫ ސްކޫލް ބަލިކޮށް އަތޮޅުމަދަރުސާ ފައިނަލަށް

ޕެނަލްޓީ ޖަހައިގެން ފޭދޫ ސްކޫލް ބަލިކޮށް ހިތަދޫގައި ކުޅެވެމުންދާ ވޭންއޫދު 15 އަހަރުން ދަށުގެ އެފްއޭއެމް އިންޓަރ ސްކޫލް ...