ޕޮއިންޓް ޓޭބަލްގެ 18 ވަނާގައި އޮތް ޕަލްމާސްއާއި ބާސެލޯނާ ބައްދަލުކުރިމެޗް އެއްވަރު ވެއްޖެ

ސްޕެނިޝް ލީގުގެ 18 ވަނާގައި އޮތް ލަސް ޕަލްމާސްއާއި ބައްދަލުކޮށް  ބާސެލޯނާ ކުޅުނުމެޗް އެއްވަރުވެއްޖެވެ.

ލަސް ޕަލްމާސްގެ ދަނޑުގައި ރޭ ކުޅެވުނު  މިމެޗް އެއްވަރުވެފައިވަނީ 1 ލަނޑު 1 ލަނޑުންނެވެ.

ރޭގެ މެޗްގެ  21 ވަނަ މިނިޓްގައި  މެސީ ކާމިޔާބުކޮށް ދިންލަނޑުން ބާސެލޯނާ މެޗްގެ ލީޑް ހޯދާފައިވަނިކޮށް ލަސްޕަލްމާސްއިން މެޗްގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފްގެ ކުޅުން ފެށިގެން 48 ވަނަ މިނިޓްގައި  ލަސް ޕަލްމާސްއަށް ލިބުނު ޕެނަލްޓީއަކުން ޖޮނަތަން ކަލޭރީ އެވެ.

މި ނަތީޖާއާ އެކުވެސް  26 މެޗުން 66 ޕޮއިންޓް ލިބި ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި އޮތީ ބާސެލޯނާއެވެ.

ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް  26 މެޗުން ލިބިފައިވަނީ ވަނީ 61 ޕޮއިންޓެވެ.

އަންނަ އާދިއްތަ ދުވަހު ލީގުގައި ބާސެލޯނާ އަމިއްލަ ދަނޑުގައި ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. އެތުލެޓިކޯއާ ދެކޮޅަށް ބާސެލޯނާ ނުކުންނައިރު، ލީގުގައި  ބާސެލޯނާވަނީ ބަލިނުވެ 33 މެޗު ހަމަކޮށްފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖޫންގެ ނިޔަލަށް ކޮންޓްރެކްޓްތައް ހަމަވާ ކުޅުންތެރީންގެ ކޮންޓްރެކްޓްތަކަށް ހައްލެއް ހޯދަނީ ؟

ޖޫންމަހުގެ ނިޔަލަށް ކޮންޓްރެކްޓްތައް ހަމަވާ ކުޅުންތެރީންގެ ކޮންޓްރެކްޓްތައް މިސީޒަން ނިމެންދެން ދިގުދަންމާލަން މަޝަވާތައް ފަށައިފިއެވެ. ކުޅުންތެރީންގެ ހައްގުތައް ހިމާޔަތްކޮށްދޭ ...

އިނގިރޭސި ޕްރިމިއާ ލީގު : ޕޮއިންޓް ޓޭބަލްގެ އެއްވަނަ ލިވަޕޫލްއަށް ލިބިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުވުނު މެޗުތަކުގެ ތެރެއިން  ޗެލްސީ އާއި ބައްދަލުކޮށް މެންޗެސްޓާ ސިޓީ ބަލިވިއިރު، ލިވަޕޫލާއި ...

އެއްބަސްވުން ހަމަވަންދެން އާސެނަލްގައި މަޑުކުރާނަން: ވެންގާ

އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވަންދެން ކްލަބުގައި މަޑުކުރާނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ. ނޫސްވެރިންނަށް މައުލޫމާތު ...