ޚިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ބޭރުގެ ބައެއްގެ ދޮރުގައި ޓަކި ޖެހުމަކީ ސިމްޕަލް ކަމެއް ނޫން – ޢާޒިމާ

އަޅުގަނޑުމެން ދިވެހި ރައްޔިތުން ސިޔާސީ ގޮތުން ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު ބޭރު ބައެއްގެ ދޮރުގައި ޓަކި ޖެހީމަކީ ސިމްޕަލްކަމެއް ނޫންކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ޓީވީއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ، ދިވެހިންނަށް ސިޔާސީ ގޮތުން އަންނަ ކޮންމެ ހިތްހަމަ ނުޖެހުމަކާއެކު ބޭރު ޤައުމުތަކުގެ ދޮރުފަތްތަކުގައި ޓަކި ޖެހުމުން ދެން މިވަނީ ކިހިނެތްތޯ ވިސްނާލަން އެބަ ޖެހޭ ކަމަށް ވިދާޅުވެ އާޒިމާ ވަނީ ކުރިމަތިލާން ޖެހެނީ ވަރަށް ސިމްޕަލް ނުވަތަ އާދައިގެ ކަމަކާ ބާއޭ ހިތަށް އަރަނީތޯ ސުވާލު އުފައްދަވާފައެވެ. އެހެންނަމަވެސް އެއީ އެހާ ސިމްޕަލް ކަންކަން ނޫންނަކަމަށް އާޒިމާ ވިދާޅުވިއެވެ.

ދިވެހި ބިމުގައި ދިރިއުޅުމަށް މިހާރު ދިވެހިން އެއްވެސް އަގެއް ދައްކަން ނުޖެހޭއިރު ބޭރު ޤައުމަކަށް ރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަން ދަޢުވަތު ދީގެން ދިވެހިން ތައްޔާރުވަމުން ދަނީ އަމިއްލަ ބިމުގައި ޖިޒީ ދައްކައިގެން ދިރިއުޅުމަށްކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ. ބޭރުގެ ސިފައިން ރާއްޖެ އެރުމަށް ފާޅުގައި ގޮވާލައްވަމުންދާ ބޭފުޅުންނަށް ސަޕޯޓްކޮށް އެ ބޭފުޅުންނަކީ ރާއްޖޭގެ ވެރިކަމަށް ގެންނަންޖެހޭ ބައެއްކަން ގަބޫލުކުރާ މީހުން އުޅޭ ކަމަށާއި އެފަދަ މީހުން ގައުމިއްޔަތާމެދު ވިސްނާލަންޖެހޭ ކަމަށްވެސް އާޒިމާ ވަނީ ވިދާޅުވެފައެވެ.

އެކެއް ފެބްރުއަރީގައި ނެރުނު ޙުކުމް ތަންފިޒު ނުކުރުމުން އިދިކޮޅުގެ ފާޑުކިޔުން އެންމެ ބޮޑަށް އާމާޒުވި ބޭފަޅަކަށް އާޒިމާ ވާއިރު، އެކަމަނާ ވިދާޅުވީ، ސިޔާސީ ވާދަވެރިކަމުގައިވެސް ނުކުރެވޭނެ ކަންކަން ހުންނަންޖެހޭނެ ކަމަށެވެ. ސަރުކާރު ދެކެ ރުޅި އައި ނަމަވެސް ގައުމު ދެކެ ލޯބިވާންޖެހޭނެ ކަމަށެވެ. ސިޔާސީ ހަސަދަވެރިކަމުގައި ގައުމު ވިއްކާލައިގެން ނުވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

“ސިޔާސީ މަސްރަހުގައި ހިޔާލު ތަފާތުވުންތަކެއް އުޅުމަކީ އޭގެ ތެރެއަށް ބޭރުގެ ބަޔަކު ވައްދައި ރާއްޖެ ބޭރު ސިފައިންގެ އަތް ދަށަށް ގެންދަން ޖެހޭ ކަމެއް ނޫން. ރާއްޖޭގެ ހާލަތު ރަނގަޅުކުރަން ބޭނުންނަމަ ކުރަން ޖެހެނީ މަޝްވަރާ” އާޒިމާ ވިދާޅުވިއެވެ.

ސަރުކާރު އޮތީ ވަރަށް ސާބިތުކަމާއެކުކަން ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވީ، ކުރަން ޖެހުނު ކޮންމެ ކަމަށް ކުރަންވެސް ސަރުކާރު ފަސް ނުޖެހޭނެ ކަމަށާއި އަދި ކުރާ ކޮންމެ ކަމެއްވެސް ކުރާނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

ގާނޫނު އަސާސީއިން ބޭރުން ބޮޑު ޖަރީމާއެއް ހިންގުމަށްފަހު މުޅި ގައުމު އެކަމަށް ހުސްކޮށް ތަރައްގީތައް ހުއްޓުވާލުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށް ވިދާޅުވެ އާޒިމާ އިޝާރަތް ކުރެއްވީ ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރާއެކު ދައުލަތަށް ދިމާވި އުނދަގޫ ހާލަތަށެވެ. އެގޮތުން ރައީސް ޔާމީނާއެކު ސަރުކާރު މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އެމަޤާމުތަކުގައި ތިއްބެވީ ސަރުކާރު ހުއްޓުވާލައި ކުޑަ ކަކޫ ޖެއްސުމަށް ފުރުސަތު ދެއްވަން ނޫން ކަމަށާއި އެކަމަށް ފުރުސަތު ބަޔަކަށް ލިބިދާނެކަމަށް އެއްވެސް ބަޔަކު ހީކޮށްގެން ނުވާނެކަމަށްވެސް އާޒިމާ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ އެ ޙައްޤު ލިބިގެން ވަނީ ދިވެހި ރައްޔިތުންގެ ތެރެއިން ކާކަށްތޯ އާއި އަދި އެޙައްޤު ދިވެހި ރައްޔިތުންނަށް ދެއްވީ ކާކުތޯއެވެ. އަދި ވިދާޅުވީ ބަޔަކު ސަރުކާރު ވައްޓާލަން އުޅޭ އިރު ސަރުކާރު އޮތީ އެކަމަށް ވަރަށް ބޮޑަށް ފާރަވެރިވެގެން ކަމަށާއި ދައުލަތުގެ ހުރިހާ މުއައްސަސާއެއް އޮތީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.

އެހެންކަމުން އެ ފުރުސަތު ލިބޭނެ ކަމަށް ހީނުރުމަށާއި އެކަމަކަށް ޖާގައެއް ނެތް ކަމަށް ވިދާޅުވަމުން އާޒިމާ އިތުރަށް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާ ކުޅުމުގެ ޖާގައެއްވެސް އަދި ދައުލަތް ހުއްޓުވަންވެސް ޖާގައެއް އެބަޔަކަށް ނެތް ކަމަށާއި ގާނޫނީ ހަމަތަކުގެ މަތިން ސަރުކާރު ދާނީ ކުރިއަށްކަމަށެވެ.

ތަރައްގީގެ މަގުގައި ސަރުކާރުން ކުރަމުން ގެންދަވާ މަސައްކަތްތަކުގައި ބައިވެރިވާން އިދިކޮޅު ބޭފުޅުންަށް ދަޢުވަތު އަރުވަމުން އާޒިމާ ވިދާޅުވީ ތަރައްގީގެ މަގުގައި ދިވެހި ޤައުމު ދާނީ ކުރިއަށް ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް މައުމޫނަށް ލިބިވަޑައިގެންނެވީ ކޮން މޮޅެއް ހެއްޔެވެ؟

ތަފާތު އެކި އުޒުރުތަކެއް ދެއްކެވުމަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ރައީސް ޔާމީންގެ ...

ކުށް ސާބިތުވެ ހަސަން ސަޢީދު 4 މަހާ 24 ދުވަހަށް ޖަލަށް

ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމާ ގުޅިގެން ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދުގެ މައްޗަށް 4 މަހާ ...

މީދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކުރެއްވީ ޝޫޒާ

އެމްޑީޕީގެ ޓިކެޓުގައި  ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫސިޓީ މީދޫދާއިރާއިން ވާދަކުރާނެ ބޭފުޅަކަށް  އާއިޝަތު ޝޫޖާ ހޮވިއްޖެވެ ޝޫޒާ މީދޫދާއިރާގެ ...