އިލެކްޝަން ކޮމިޝަން ގެ ރައީސް ކަަމަށް ޝަރީފު

އިލެކްޝަން ކޮމިޝަންގެ ރައިސް ކަމަށް، އެ ކޮމިޝަނަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި އަހުމަދު ޝަރީފު ހޮވިއްޖެއެވެ.

ޝަރީފު މި މަޤާމަށް ހޮވުނީ އެ ކޮމިޝަންގައި ދެން ތިއްބެވި 4 މެމްބަރުންގެ އިއްތިފާގުންނެވެ.

ޝަރީފު މެންބަރު ކަމަށް އައްޔަން ކުރައްވާ ފަތްކޮޅު މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އަރުއްވާފައިވާއިރު، އީސީ ގެ ރައީސް ޝަރީފު އީސީގެ މެމްބަރު ކަމަށް އައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުން 33 މެންބަރުންގެ ވޯޓާއިއެކު ރުހުން ދިނުމުންނެވެ.

މިއަދަކީ ގިނަ ދުވަސްތަކަކަށްފަހު އީސީއަށް 5 މެމްބަރުން ހަަމަވި ދުވަސް ކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ވެގެން ދިއުމުން ޝަރީފު ވިދާޅުވީ ސިޔާސީ ކޮންމެ ފިކުރެއް ހުރި ނަމަވެސް އޭނާ ކަންތައްތައް ކުރައްވަމުން ގެންދަވާނީ ގާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން ކަމަށެވެ. އަދި ވިދާޅުވީ އެއީ ކޮމިޝަނެއް ކަމަށާއި ވަކި ފަރާތަކަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިތަދޫއާއި ހުޅުދޫ މީދޫއާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފަށައިފި

ހިތަދޫއާއި ހުޅުދޫ އަދި މީދޫއާއި  ދެމެދު ކާގޯ ފެރީގެ ހިދުމަތް ދިނުން އަމިއްލަ ފަރާތަކުން ފަށައިފި އެވެ. ކާގޯ ...

ފޭދޫ ރޮއްވާލުމަށްފަހު މަރަދޫ ފައިނަލަށް

މިހާރު މީދޫގައި ހިގަމުންދާ އައްޑޫސިޓީ އަންޑަރ 20 ޔޫތު ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ފޭދޫޓީމް ރޮއްވާލުމަށްފަހު ...

ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ހަމަޖައްސާނަން: ރައީސް

ސަރުކާރުން މިހާރު އިމާރާތްކުރަމުންދާ ފްލެޓްތަކުން ކަސްޓަމްސްގެ މުވައްޒަފުންނަށް ފެލެޓް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ...