• Categories
  • Archives

ރާއްޖެ އިޝްތިހާރުކުރުމަށް އެމެރިކާގައި ރޯޑްޝޯތަކެއް ބާއްވަނީ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕްރޭޓާރސް (މަޓާޓޯ) އިން އެމެރިކާގައި ބާއްވާ އައުޓްބައުންޑް ޓްރެވެލް ރޯޑްޝޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނީ އަންނަ އޮކްޓޯބަރ މަހުގައި ބާއްވާ ރޯޑްޝޯގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އެ އެސޯސިއޭޝަނުން ވަނީ މިމަހު 29 ގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މި ރޯޑްޝޯތައް އޮންނާނީ ޗިކާގޯ، ނިއުޔޯކް އަދި މައޭމީ ގައެވެ. މި އައުޓްބައުންޑް ރޯޑްޝޯތަކުގައި ބީޓުބީ އިވެންޓްތައް ކުރިއަށްދާނެކަމަށް މަޓާޓޯއިން މައުލޫމާތުދެއެވެ. އަދި ދުނިޔޭގެ މަޝްހޫރު ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންޓުންނާއި ބައްދަލުވެގެންދާނެކަމަށް މަޓާޓޯއިން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އެމެރިކާ ސަރަހައްދުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަހަރަކަށްވުރެ އަހަރެއް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ފާއިތުވި ޖަނަވަރީ މަހުގެ ތެރޭގައި އެ ސަރަހައްދުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ ހަހާސް ފައްސަތޭކަ އަށްޑިހަ އެކެކެވެ. މިއީ 2017 ވަނައަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު 20.5 އިންސައްތަ އިތުރު އަދަދެކެވެ. 2017 ވަނަ އަހަރުގެ ޖަނަވަރީ މަހު އެމެރިކާ ސަރަހައްދުން ރާއްޖެއަށް ޒިޔާރަތްކުރީ ފަސްހާސް ހަތަރުސަތޭކަ ހަތްދިހަ ހަތަރު ފަތުރުވެރިންނެވެ.

  • ކޮމެންޓްސް (1)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ޑޭޓާ އެލަވަންސްތައް ހިމެނޭ އައު ޑޭޓާ ޕެކްތަކެއް އުރީދޫއިން ތައާރަފްކޮށްފި

20 ޕަސެންޓާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސްތައް ހިމެނޭ، އައު ޑޭޓާ ޕެކްތަކެއް އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށްފިއެވެ. ...

ބީއެމްއެލްގެ ފުރަތަމަ ބިޒްނަސް ސެންޓަރު އައްޑޫސިޓީގައި ގާއިމްކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ފުރަތަމަ ބިޒްނަސް ސެންޓަރ އައްޑޫ ސިޓީގައި ހުޅުވައިފިއެވެ މިއީ ކުދި އަދި މެދު ފަންތީގެ ...

ބޮޑު ބަދަލަކާއިއެކު-އިސްލާމިކް ބޭންކްގެ ރޯދަ ޕްރޮމޯޝަން ފެސިލިޓީ

މޯލްޑިވްސް އިސްލާމިކް ބޭންކް(އެމް.އައި.ބީ) ގެ ފަރާތުން ރޯދަމަހަށް ޙާއްޞަކޮށް “ރޯދަ ޕްރޮމޯޝަން” ބޮޑެތި ބަދަލުތަކާއިއެކު ފަށައިފިއެވެ.މި ޕްރޮމޯޝަންގެ ދަށުން ...

ސްރީލަންކަން އެއާލައިންސްއިން ހިލޭ ޓިކެޓް ދޭ ޕްރޮމޯޝަނެއް ނުހިންގާ!

ސްރީލަންކަން އެއާލައިންސްއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި އެންމެންނަށް ހިލޭ ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ކަމަށްބުނެ ސޯޝަލް މީޑިއާގައި ...

މީރާ މަސައްކަތް ކުރަނީ ވިޔަފާރިތައް ފުނޑުފުނޑުކޮށްލަން: އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މަސައްކަތް ކުރަމުންދަނީ ގާނޫނުތައް އަމިއްލަ ގޮތަކަށް މާނަކޮށްގެން ވިޔަފާރިތައް ފުނޑުފުނޑުކޮށްލުމުގެ ...

އިންޑިއާ ކަނޑުގެ އެންމެ ހިތްގައިމު ރިޒޯޓަކަށް ނިޔާމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް

ކޮންޑެނާސް ޓްރެވަލަރޒް ރީޑާރޒް ޗޮއިސް އެވޯޑްސްގެ އިންޑިއާ ކަނޑުގެ އެންމެ ހިތްގައިމު ރިޒޯޓުގެ އެވޯޑު ނިޔާމަ ޕްރައިވެޓް އައިލެންޑް ...