ހިތަދޫ ގެއެއްގެ ގޯތިތެރޭގައި ބާއްވާފައި އޮތް ކާރެއްގައި އަލިފާން ރޯކޮށް އަންދާލައިފި

ސ.ހިތަދޫ ދިރާމުލި ގޯތި ތެރޭގައި ޕާކްކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށް އަންދާލައިފިއެވެ

އެމްއެންޑީއެފް އިން ހާމަކޮށްފައިވާގޮތުގައި  ރޭ ދަންވަރު، 02:00 ހާއިރު މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާ ގުޅިގެން، ސިފައިން އެސަރަހައްދަށްގޮސް ރޯވެފައިވާ އަލިފާންގަނޑު ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލާފައެވެ.

ކާރުގައި ރޯކޮށްލާފައި ހުރި އަލިފާން ނިއްވާލެވުނު އިރު ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފަ އެއް ނުވެއެވެ. އެހެންނަމަވެސް އެ ގޯތިތެރޭގައި ޕާރކްކޮށްފައި ހުރި ސައިކަލަކަށް ވަނީ ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރުވަނީ ކޮށްފައެވެ.

ކާރުގައި ރޯވި މި ހާދިސާ، ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ވަރަށް ފަހުންވެސް ވަނީ ހިތަދޫގެ ދެގެއެއްގައި ވެސް އަލިފާން ރޯކޮށް އަންދާލާފައެވެ. އަދި ދޭތެރެ ދޭތެރެއިން ޕާކް ކޮށްފައި ހުންނަ ވެހިކަލްތަކުގައިވެސް އަލިފާން ރޯކޮށް ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައި ވެއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖޭގެ ރިސޯޓް ތަކުގައި މަސައްކަތްކުރާ %70 މީހުންނަކީ ބިދޭސީން

ރާއްޖޭގައި ހިންގަމުންދާ ރިސޯޓްތަކުގެތެރެއިން  174 ރިސޯޓެއްގައި ވަޒީފާ އަދާ  52،396 މުވައްޒަފުންގެ ތެރެއިން %/70 މީހުންނަކީ ބިދޭސީން ކަމަށް ...

މަންތަރަ ޖޫނިއާސް ބަލިކޮށް ސީ ގްރޫޕް އެއްވަނަ ޓީމްގެ ގޮތުގައި ސަންއޮފްލޮންސް ކްއާޓަރ ފައިނަލުން ޖާގަ ހޯދައިފި

މަންތަރަ ޖޫނިއާސް ބަލިކޮޑް ގްރޫޕް ސީގެ އެއްވަނަ ޓީމްގެ ގޮތުގައި ސަން އޮފް ލޮންސް ކްއާޓާފައިނަލުން ޖާގަ ހޯދައިފިއެވެ. ...

ސަރުކާރުން ނަގާ ބޮޑެތި ލޯނު އަދި ދަރަނި ދެއްކުމުގެ ހަކަތަ މި ސަރުކާރުގައި އެބަހުރި : މުނައްވަރު

ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭރުގެ އެހީއާއެކު ލޯނުތައް ނަގަމުންދަނީ އެލޯނުތައް ދެއްކޭނެ ގޮތް ދިރާސާކުރައްވާ އެހިސާބުތައް ޖެއްސެވުމަށްފަހުގައި ...