• Categories
  • Archives

މިއަދަކީ ބައިނަލަޤްވާމީ ޑައުން ސިންޑްރޯމް ދުވަސް

ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ ބައިނަލަޤްވާމީ ޑައުން ސިންޑްރޯމް ދުވަހަކީ، ޑައުންސިންޑްރޯމް ހުންނަ ކުދިންނަށް ލިބެން ޖެހޭ ޙައްޤުތަކާއި ޑައުންސިންޑްރޯމްއާއި ބެހޭ މަޢުލޫމާތުދީ މީހުން ހޭލުންތެރިކުރުވުމަށްޓަކާ ކޮންމެ އަހަރެއްގެ އެކާވީސް މާޗުގައި ފާހަގަ ކުރާ ދުވެހެކެވެ.

ޑައުން ސިންޑްރޯމް އަކީ އިންސާނާގެ އުފެދުމުގައި ހިއްސާވާ ކްރޮމޮސޯމްގެ ތެރެއިން އެކާވީސްވަނަ ކްރޮމޮސޯމްގައި އިތުރުވާ ކޮޕީއެއް ނުވަތަ ކޮޕީއެއްގެ އެއްބައިގެ ސަބަބުން ދުނިޔެއަށް އުފަންވާއިރު ދަރިފުޅުގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމެކެވެ. މިކަމަކީ ފަސޭހައިން ދަނެގަނެވޭނެ ކަމެކެވެ.

މިފަދަ ނުކުޅެދުންތެރިކަމެއް ހުންނަ ކުއްޖެއްގެ ކިބައިން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ގައިގެ މަސްތަކާއި ކަށިތައް މަޑުވުމާއި، ކުޑަ ނޭފަތަކާއެކު ފްލެޓް މޫނެއް ހުރުމާއި، ލޯކަތިކޮށް ހުރުމާއެކު ލޮލުގެ ކަނުން ހަން ލެނބިފައި ހުރުން، ކަންފަތް އާއްމުކޮށް ހުންނަވަރަށްވުރެ ތިރީގައި ހުރުން، އަތްތިލައިގެ މެދުގައި އެއް ނާރުއޮތުން، ފައިގެ ބޮނޑުވައި އިނގިއްޔާއި ޝަހާދަތް އިނގިލީގެ ދޭތެރޭގައި ދުރުކަމެއް ހުރުމުގެ އިތުރުން ދޫ ބޮޑުވެ ބައެއް ފަހަރު ބޭރަށް ނުކުމެފައި ހުރުން ހިމެނެއެވެ.

ބައެއް ފަރާތްތަކުން މި ނުކުޅެދުންތެރިކަމަކީ ބައްޔެއް ކަމުގައި ދެކޭނަމަވެސް ވިހެއުމުގައި ހުންނަ މި ނުކުޅެދުންތެރިކަަމަކީ ބައްޔެއް ނޫނެވެ. މިފަދަ ކުދިންނާ އެހެން ކުދިންނާ ހުރި ތަފާތަކީ ޑައުން ސިންޑްރޯމް ގެ ސަބަބުން އެކުދިން ހެދި ބޮޑުވުމާއި ހަރަކާތްތެރިވުމާއި، އުނގެނުމުގައި ލަސްވުމެވެ. މިފަދަ ކުދިންނަށް ކަށިތަކާއި ގައިގެ މަސްތައް މަޑުވުމުން އެކިއެކި އުނދަގޫތަކާއި ކުރިމަތިވެއެވެ.

އެގޮތުން އަނގައިގެ މަސްތައް މަޑުވުމުގެ ސަބަބުން ވާހަކަދެއްކުމަށް އުދަނގޫވުމާއި، ކާތެކިތި ހަފައި ދިރުވަން އުދަނގޫވުމުގެ އިތުރުން، އަނގައިގައި އުފެދޭ ސޮނި ނުހިފެހެއްޓުން ފަދަ ކަންތައް ހިމެނެއެވެ. އަދި މީގެ އިތުރުން އަތްތިލައިގެ މަސްތައް މަޑުވުމުގެ ސަބަބުން އެއްޗެހީގައި ހިފަން އުނދަގޫވުމާއި، ގައިގެ މަސްތައް މަޑުވުމުން ހަށިގަނޑު ބަރުހެލިވެ، ހެލިފެލިވެ އުޅެން އުނދަގޫވުން ފަދަ ކަންތައްތައް ދިމާވެއެވެ.

ކޮންމެ 700 ކުދިންގެތެރެއިން އެއް ކުއްޖަކަށް ދިމާވާ މި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ ލިބެންޖެހޭ ތެރަޕީތައް ތުއްތު އިރުއްސުރެ އެދެވޭގޮތުގައި ލިބޭ ކުދިން ކަމުގައިވާނަމަ އެ ކުދިންނަކީ އަމިއްލައަށް ކަންތައްތައް ކުރެވޭވަރުގެ ޤާބިލުކަން ލިބިފައިވާ ކުދިންނަށް ވެގެންދާނެއެވެ. އެހެން ކަމުން ތުއްތު ދަރިފުޅުގެ ކިބައިން ޑައުން ސިންޑްރޯމްގެ އަލާމާތެއް ފެންނަން ފަށާނަމަ ވީހާވެސް އަވަހަށް ދަރިފުޅަށް ބޭނުންވާ ޚާއްސަ ތެރަޕީތައް ފެށުމަކީ، ވަރަށް މުހިއްމު ކަމެކެވެ.

އަދި ފުރިހަމަ ތަޢުލީމް ދިނުމަކީވެސް މިފަދަ ކުދިންނަށް މުހިއްމުކަމެއް. ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ހެދި ބޮޑުވުމާއި އުނގެނުން އެހެން ކުދިންނަށްވުރެ ލަސް ނަމަވެސް އެފަދަ ކުދިން އެހެން ކުދިންނާއި ވަކިން ކިޔަވައިދިނުމަށްވުރެއް ރަނގަޅީ އެހެން ކުދިންނާ އެކުގައި އެކުވެ ކިޔެވުން ކަމަށް ޑައުން ސިންޑްރޯމް ދިރާސާކުރާ ތަޖުރިބާކާރުން ބުނެއެވެ. މިފަދަ ކުދިންނަށް ރަގަނޅު ތަޢުލީމެއް ލިބުމަކީ މުހިއްމުކަމެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑައުން ސިންޑްރޯމް ހުންނަ ކުދިން ވަނީ އެކި ދާއިރާތަކުގައި އެކުދިންގެ ފައިތިލަ ސާބިތުކޮށްފައެވެ. އެގޮތުން އެކްޓު ކުރުމާއި، އަމިއްލަ ވިޔަފާރިތައް ފެށުމާއި، ލަވަކިއުމުގެ އިތުރުން ކުރެހުން ފަދަ ފަންނުވެރި ދާއިރާތަކުން ބޮޑެތި ކާމިޔާބީތަކެއް މިފަދަ ކުދިން ވަނީ ހޯދާފައެވެ. މިއިން ހާމަކޮށްދެނީ، ކޮންމެ ކުއްޖަކީވެސް އުކުއްޖަކަށް ބޭނުންވާ ފުރިހަމަ އަޅާލުމާއި ތަޢުލީމު ލިބިއްޖެ ނަމަ އުސް މަޤާމުތަކަށް ދެވިދާނެކުއްޖެއްކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ގެއްލުނު 2 ކުދިންގެ އާއިލާއަށް ރައީސް ހިތްވަރުދެއްވައިފި

އައްޑޫ ސިޓީ ހިތަދޫއިން މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ކުދިންގެ އާއިލާއަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ...

ޤައުމީ ދުވަސް

ރާއްޖޭގައި ޤައުމީ ދުވަހުގެ ގޮތުގައި ފުރަތަމަ ދުވަހެއް ފާހަގަކުރީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ...

މުޖުރިމުން ދައްކާ ދޮގުތަކުގެ ވާހަކަ ނޫސްތަކުގައި “ކެރީކުރީމަ” އަޅުގަނޑު ހިތާމަ ކުރަން – ރައީސް

މުޖުރިމުން ދައްކާ ބޮޑެތި ބުހުތާނު ދޮގުތަކުގެ ވާހަކަ ނޫސްތަކުގައި ކެރީކުރީމަ ހިތާމަފުޅު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. ...

މޯލްޑިވިއަން އިން މިއަދުން ފެށިގެން ޓިކެޓް ވިއްކަމުން ދާނީ އަގުހެޔޮ ފެޔާ ތަކުގައި

ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު މިމަހުގެ 2 ވަނަ ދުވަހު  25 އާއި 30 ޕަސެންޓާ ...

ރަނިންގ މޭޓަކަށް ވުމަށް އިދިކޮޅުން ވެސް ހުށަހެޅި – ޑރ.ޝަހީމް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތައް ތަމްސީލުކުރާ ރިޔާސީ ކެންޑިޑޭޓުގެ ރަނިންގ މޭޓަކަށް ވުމަށް އިދިކޮޅު ފަރާތްތަކުން ...

ބަލިކަށި ސަރުކާރެއް ޤާއިމްކުރަން ޖާގަދިނުމަކީ ޤައުމަށް ވެވޭ ޚިޔާނާތެއް – ޑރ.ޝަހީމް

ބޭރުގެ ފިއްތުންތަކަށް ދީލާލާނެ ބަލިކަށި ސަރުކާރެއް ރާއްޖޭގައި ޤާއިމްކުރުމަށް ޖާގަ ދިނުމަކީ ޤައުމަށްވެވޭ ވަރަށްބޮޑު ޚިޔާނާތެއްކަމަށް ރައީސުލް ޖުމްހޫރިއްޔާ ...