ޝަރީއަތް ނިމެންދެން މައުމޫން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މައުމޫން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ އެމަނިކުފާނުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ބަންދުގެ މަޖިލީހުގައެވެ.

ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، މި މަހުގެ ފަސްވަނަދުވަހުގެ ރޭގައެވެ. އެމަނިކުފާނު ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމުގެ ތުހުމަތުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ބާރު ރައީސަށް ދެނީ

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތާ ...

އައްޑޫ މަގުތައް ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ – މޭޔަރު ނިޒާރު

އައްޑޫ މަގުތައް ހަދާ ނިމޭއިރު މަގުތަކަކީ ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އައްޑޫސިޓީގެ ...

އިދިކޮޅު މީހުންނޭވެ، ނުފޯރާ ފޮތިން ފޫ ނުގަޅާށެވެ!

އެކެއް ފެބްރުއަރީގައި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު ވަރަށް އާދަޔާ ޚިލާފު އަމުރަކާއެކު އެއަމުރު ތަންފީޒުކުރަން ދިވެހި ސަރުކާރަށް ...