• Categories
  • Archives

ވިސާ “ފިއްތައިގެން” އިންޑިޔާއަށް އޮވެވޭނެ؟

ދިވެހިންނާއި އިންޑިޔާ ރައްޔިތުންނަކީ އަބަދު ވެސް “ބެސްޓް ފްރެންޑު” ންނެވެ. ނަމަވެސް ރާއްޖޭގައި ސިޔާސީ ގޮތުން އަންނަ ކޮންމެ ރާޅެއްގައި އެންމެ އަވަހަށް އަސަރުކުރާ ކަމަކަށް މިފަހުން ވެފައިވަނީ އިންޑިޔާ އާއި ދިވެހިންގެ ގުޅުމެވެ. އެއާއެކު އިންޑިއާއަށް “ފިތިގެން” ދަނީ އަބަދުވެސް ވިސާ ބަޓަނަށެވެ. މިހާރު ރާއްޖޭގައި އުފެއްދިފައިވާ ސިޔާސީ ހަލަބޮލިކަމާއެކު ވެސް ވަނީ ވިސާ ބަޓަނަށް ފިތާލާފަ އެވެ. ސުވާލަކީ މި ބަދަލުން ދަތިވަނީ ހަމައެކަނި ދިވެހިންނަށްބާ އެވެ؟

“ދިވެހިން އައުން މަދުވާ ކޮންމެ ފަހަރަކު ވިޔަފާރި އަށް ބޮޑު ގެއްލުން ބޮޑު. މިހާރު ވެސް އެކަން އެބަ ފެނޭ،” އިންޑިޔާގެ ޓްރިވެންޑްރަމްގެ މަޝްހޫރު “ޗާލާ ބާޒާރު” ފިހާރައެއްގެ ސޭޓަކު ބުންޏެވެ.

އެތަށް މިލިއަން ބަޔަކު ދިރިއުޅޭ ޓްރިވެންޑްރަމަކީ ދިވެހިން ފެތުރިގެންފައިވާ ތަނެކެވެ. ދިވެހިންގެ އެތައްބަޔަކު ބޭސް ފަރުވާ އަށާއި ދިރިއުޅެން ގޮސް އުޅެ އެވެ. މިކަން ހިނގަމުން އަންނަތާ އެތައް އަހަރެއްވެފައިވާއިރު، ޓްރިވެންޑްރަމްގެ ގިނަ ވިޔަފާރިތައް ވެސް ބިނާވެފައިވަނީ ގާތްގަނޑަކަށް ދިވެހިނަށެވެ. ދިވެހިންގެ އަތުން އެންމެ ގިނަ އިން ފައިސާ ލިބޭ ބަޔަކީ ޓްރިވެންޑްރަމްގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނެވެ.

ދިވެހިން ބޭރުގައި ކުރާ ހަރަދު ބަލަން މަރުކަޒީ ބޭންކް އެމްއެމްއޭއިން ކުރި ސާވޭއިން ދެއްކި ގޮތުގައި ދިވެހިން މިދިޔަ އަހަރުވެސް އެންމެ ގިނައިން ދިޔައީ އިންޑިޔާ އަށެވެ. އަދި މި ދަތުރުގައި އެވްރެޖު ގޮތެއްގައި މީހަކު 500 ޑޮލަރު ވަރު ހޭދަކުރެ އެވެ. މި ދަތުރުތައް ވެފައިވަނީ އިންޑިއާއަށް ގިނަ ފައިދާތަކެއް ލިބޭ ދަތުރު ތަކަކަށެވެ. ހާއްސަކޮށް އޮޓޯ ޑްރައިވަރުންނާއި ސިއްހީ ހިދުމަތް ދޭ ތަންތަނަށް ގިނަ ހޭދައެއް ދިވެހިން ކުރެ އެވެ.

“ކުރޮޅި” ޑްރައިވަރުންގެ އަތްމަތި

ކުރޮޅި ދުއްވާ މީހުން އިންޑިއާގެ މީހުންނަށް އާއްމު ގޮތެއްގައި ދަތުރު ކޮށްދޭނީ މީޓަރު ޖައްސައިގެންނެވެ. އެކަމަކު ދިވެހިން ދަތުރު ކުރާނީ ދާ ސަރަހައްދުގެ ދުރުމިން ބަލައި އަގު ނަގައިގެންނެވެ. މިހެން ހެދުމުން މީޓަރުން 15 ރުޕީސް އަށް ކުރެވޭ ދަތުރުރަށް ދިވެހިންގެ އަތުން 30ރ. އަށް ލިބެ އެވެ. އެހެންވެ ދިވެހިން އާއްމުކޮށް ބައިތިއްބާ ގެތަކާއި ދިވެހިން ތިބޭ ހޮޓާތަކުގެ ބުޑުގައި އަބަދު ވެސް ފޫ ހަރައިގެން ކުރޮޅި ޑްރައިވަރުން ތިބޭނެ އެވެ.

ކުރޮޅި ޑްރައިވަރުން ބުނާ ގޮތުގައި ދުވާލެއްގެ މައްޗަށް 1200 ރުޕީސް ލިބޭއިރު އޭގެ ތެރެއިން 500 ރުޕީސް ވަރު ލިބެނީ ދިވެހިންގެ އަތުންނެވެ. ދިވެހިންގެ ދަތުރުތައް ނުލިބޭނަމަ ގެއްލުންވާނެ އެވެ.

“ދިވެހިން އެންމެ ގިނަ އިން ފައިދާ ހޭދަ ކުރަނީ. ބައެއް މީހުން ޗޭންޖު ނެތީއްޔާ ބޮޑު އެއްޗެއް ދީފަ ދާނެ. ވަރަށް ގިނަ ފައިސާ ދިވެހިން ގެންގުޅޭ. އެހެންވެ އެންމެ ގިނަ އިން ފައިސާ ލިބެނީ ދިވެހިންގެ އަތުން،” ރީތިކޮށް ދިވެހި ބަހުން ވާހަކަ ދައްކާ ކުރޮޅި ޑްރައިވަރަކު ބުންޏެވެ.

ސިއްހީ ނިޒާމުގައި ދިވެހިންގެ ހޭދަ މަތި

އިންޑިޔާ އަށް ދިވެހިން އާއްމު ގޮތެއްގައި ގޮސް އުޅެނީ ބޭސް ފަރުވާ އަށެވެ. ހާއްސަކޮށް ރާއްޖޭން ފަރުވާ ނުކުރެވޭ ގިނަ ބަލިތަކަށް ދިވެހިންގެ ބޭސްކުރަން އިންޑިޔާ އަށް ދާއިރު، ގައުމީ ސިއްހީ ނިޒާމް “އާސަންދަ” އިން ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ރުފިޔާ އަށް ހޭދަކުރެ އެވެ. ދިވެހިން އެންމެ ގިނައިން ބޭސް ފަރުވާ ކުރާ ހޮސްޕިޓަލްތައް ކަމަށްވާ ކިމްސް އާއި ޖީޖީ ހޮސްޕިޓަލް ފަދަ ތަންތަނަށް ގިނަ އަދަދެއްގެ ފައިސާ ދިވެހި ދައުލަތުން ހޭދަ ކުރެ އެވެ.

ކެންސަރާއި ހިތުގެ ބަލި ފަދަ ބޮޑެތި ބަލި ތަކަށް ފަރުވާ ހޯދަން ދާ ދިވެހިން އެންމެ މީހަކަށް ވެސް ދިވެހި ސަރުކާރުން އެތަށް ލައްކަ ރުފިޔާ އެއް ހޭދަ ކުރެ އެވެ. މިއިން ޓްރިވެންޑްރަމްގެ ހޮސްޕިޓަލްތަކުގެ އާމްދަނީގެ ބޮޑު ޕަސެންޓެއް ހިއްސާ ކުރެ އެވެ.

ބޭސް ފަރުވާގެ ހިދުމަތް ހޯދަން ދާ ދިވެހިންނަށް އެހީތެރިވުމަށް ގިނަ އަދަދެއްގެ އިންޑިޔާގެ ގިނަ ބަޔަކު މަސައްކަތް ކުރެ އެވެ. މި ކަމަށް އެ ގައުމުގެ ގިނަ ވިޔަފާރިތަކެއް އުފެދިފައިވެ އެވެ. މި ގޮތަށް ހިދުމަތް ދޭ ގޭގޭގައި މީހުން ބެއިތިއްބަން އާއްމު ގޮތެއްގައި މީހަކަށް 400 އާއި 600 ރުޕީސް (ގާތްގަނޑަކަށް 40 އާއި 130ރ.) ވަރު ނަގާއިރު ގިނަ މީހުން އެންމެ މަދުން ވެސް ހަތަރު ދުވަހު އެ ފަދަ ތަންތަނުގައި ތިބެ އެވެ. އަދި ބައެއް މީހުން މަސް ދުވަހު ވެސް ތިބެ އެވެ. މި ފަދަ ހިދުމަތް ދޭ މީހުންގެ ވިޔަފާރި އަށް ވެސް ދިވެހިންގެ ވިސާ ތާށި ކުރުމުން ގެއްލުންވަމުންދެ އެވެ.

ބޭސް ފަރުވާ އަށް ދިވެހިން ބައިތިއްބޭ ތަނެއްގެ މީހަކު ބުނި ގޮތުގައި ރާއްޖޭގެ ސިއްހީ ހިދުމަތް ތަރައްގީ ކުރަމުން ގެންދިއުމަކީ އެ މީހުންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމަކަށްވާނެ އެވެ.

“ދިވެއްސެއްގެ އަތުން މަހަކު އެބަ ލިބޭ ހަމައެކަނި ކުއްޔަށް 20،000 ރުޕީސް، ނޫނީ އެ އަށް ވުރެ ގިނަ އިން. ހަމައެކަނި ގޭގެ ކުލި މިއީ. އަދި ބަލި މީހުން ގޮވައިގެން އުޅޭ އިންޑިޔާ މީހުނަށް ދަތުރަކު 2000ރ. އަށް ވުރެ ގިނަ އިން ލިބޭ. މި ފައިސާއެއް ދިވެހިން ނާންނަ ނަމަ ނުލިބޭނެ،” ކަން ބޮޑުވުމާއެކު ވާހަކަ ދެއްކި މީހާ ބުންޏެވެ.

ޗާލާ ބާޒާރުގެ ސޭޓުންގެ ހާސްކަން

މުޅި ޓްރިވެންޑްރަމްގެ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ އާމްދަނީގައި ދިވެހިން ހިއްސާ އެބައޮތެވެ. ހާއްސަކޮށް ކެއިން ބުއިމުގެ ހިދުމަތް ދޭ ރެސްޓޯރެންޓްތަކާއި މަޝްހޫރު “ޗާލާ ބާޒާރު” ފަދަ ތަންތަނަށް ދިވެހިން ގިނަ އަދަދެއްގެ ފައިސާ “އަޅަ” އެވެ. އެހެން ގައުމެއްގެ މީހަކު ރެސްޓޯރެންޓަކަށް ވަދެ، ކެރެލާ މީލެއް ނަގައިގެން ފުއްދާލައިފާނެ އެވެ. އެކަމަކު ދިވެހިން އެއިން ތަނަކަށް ވަދެފައި ނުކުންނާނީ އިންޑިޔާ ރަހަ ރަނގަޅަށް ބަލައިގެންނެވެ.

އިންޑިޔާ އަށް ދިވެއްސަކު ގޮސްފިއްޔާ ޗާލާ ބާޒާރުން ރަން ގަންނާނެ ކަމުގެ ޔަގީންކަން ޗާލާގެ ސޭޓުންނަށް އޮވެ އެވެ.

ޗާލާ ބާޒާރުގެ ގިނަ ފިހާރަތަކުގައި ތިބޭ މީހުންނަށް ދިވެހި ބަސް އެނގެ އެވެ. ސަބަބަކީ ދިވެހިން ދާލެއް ގިނަވުމެވެ. ފިހާރަތަކުގެ ބޭރުގައި ދިވެހި ބަހުން ނަން ޖަހާފައި ހުންނަނީ ވެސް އެހެންވެ އެވެ. މި ސަރަހައްދުގެ ގަހަނާ ފިހާރަ ތަކަކީ ދިވެހިންގެ ނުފިލާ ތަންތަނެވެ.

މި ބާޒާރުގައި އިންޑިޔާ މީހަކު އެވްރެޖު ގޮތެއްގައި 3،000 ރުޕީސް އާއި 6،000 ރުޕީސްގެ ވިޔަފާރިއެއް ކުރާނަމަ، ދިވެހިންގެ ހޭދަ އުޅެނީ 12،000 ރުޕީސް ވަރުގަ އެވެ. އެއީ ގާތްގަނޑަކަށް 200 ޑޮލަރުގެ ވިޔަފާރި އެވެ.

ޗާލާ ބާޒާރުގެ ފިހާރައަކުން ވާހަކަ ދެއްކި ސޭޓަރު ބުނި ގޮތުގައި ބައެއް ދިވެހިން 1،000 ޑޮލަރު، ގާތްގަނޑަކަށް 15،420 ރުފިޔާގެ ވިޔަފާރި ކުރެ އެވެ.

އެހެންވެ އެ މީހުންގެ ކަންބޮޑުވުމަކީ ވިސާ ބަޓަނަށް ފިތާލައިގެން ދިވެހިން މަދުވެދާނެ ދުވަހެއް އަތުވެދާނެތީ އެވެ.

ސޭޓަކު އަތް ދައްކާފަ ބުނި ގޮތުގައި ރާއްޖޭގެ ބައެއް ރަށްރަށް ނިސްބަތްވާ ދިވެހިން އުޅަނބޮށިން ފެށިގެން އަތް ތިލައާ ހަމައަށް ވެސް ރަން އަޅާ ވަރަށް ވިޔަފާރިކުރެ އެވެ. އެހެންވެ އެ މީހުން އިންޑިއާއަށް ނައުމަކީ މައްސަލައެކެވެ.

“ކުރިން ޑިޕެންޑެންސް ވިސާ ބަރާ ބަރަށް އޮތްއިރު ގިނަ މީހުން އާދޭ. މިހާރު ކުޑަކޮށް މަދުހެން ހީވޭ. ރާއްޖޭގެ ބައެއް ރަށްރަށުގެ މީހުން ވަރަށް ގިނަ އިން ރަން ގަންނާނެ،” ސޭޓު ބުންޏެވެ.

ސިޔާސީ ގޮތުން ހަލަބޮލިވާ ކޮންމެ ފަހަކު އިންޑިޔާ ވިސާގެ މައްސަލަތަކުގެ ވާހަކަ އަޑުއިވެ އެވެ. މީގެ ގެއްލުން ދިވެހިންނަށް ފޯރަ އެވެ. އެކަމަކު ނީވޭ އަޑަކީ މިކަމުން އިންޑިޔާއަށް ލިބޭ ގެއްލުމެވެ. ހަމަ ގައިމު ވެސް މި ވިޔަފާރިތަކަށް ދިވެހިން ނުދާނަމަ އަސަރު ކުރާނެ އެވެ.

 

އެޑިޓަރުގެ ނޯޓް: މި ރިޕޯޓަކީ  22 މެއި 2018 ގައި އަވަސް އޮންލައިންގައި އަލްފާޟިލް މުޙައްމަދު އަފްރާހު ލިޔުއްވާފައިވާ ރިޕޯޓެކެވެ. މި ރިޕޯޓަކީ މިނޫހުގެ ކިޔުންތެރިންނަށް ބޭނުންތެރި ލިޔުމެއްކަމަށް ފެނުނު ހިނދު މި  މިނޫހުގައި ޝާޢިއު ކުރީއެވެ.

https://avas.mv/46563

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

އެމްއެންޑީއެފްގެ ޤައުމީ ޚިދުމަތް މިފަހަރު ތަފާތު ގޮތަކަށް

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ނުވަތަ އެމްއެންޑީއެފް އަކީ ރާއްޖޭގެ ސަލާމަތީ ކަންކަމުގައި އެންމެ ކުރީ ސަފަށް ނިކުމެ ...

މިނިވަން ކަމުން އަޅުވެތި ކަމަށް ދާނަންތަ؟

މިއަދު މުޅި ދިވެހިރާއްޖެ މިދަނީ މި ފަސްގަނޑަށް ފުރިހަމަ މިނިވަން ކަން ލިބުނުތާ 53 އަހަރު ފުރުމުގެ އުފާވެރި ...

އެއްފުރާޅެއްގެ ދަށަށް ކުދީން ގެންނަނީ އުގެނުމަށް ފަހިކުރަން ؟

(23 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ ލިއުމާއި ގުޅޭ ) ނިންމުން: މަތީގައި ބަލައިލެވިފައިވާ ދިރާސާ ލިއުންތަކުން ހާމަވާ ...

އައްޑޫ ސިޓީ މަރަދޫ ސިއްޙީ މަރުކަޒުގެ ލެބޯޓަރީ ޚިދުމަތް ފަށައިފި

އައްޑޫ ސިޓީ މަރަދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ދޭން ފަށައިފިއެވެ. މަރަދޫ ސިއްޙީ މަރުކަޒުގައި އޮތް ރަސްމިއްޔާތެއްގައި ...

ރިބާ ބެހިގެންވާ ބައިތައް

ރިބާގެ އޮންނަނީ މައިގަނޑު ދެ ވައްތަރެވެ. އެއީ:- ރިބާ އަލްފަޟްލު އާއި ރިބާ އައްނަސީއާ އެވެ. ރިބާ އަލްފަޟްލު ...

ނަސްރުގެ ދުވަސް: ގައުމަށްޓަކައި އަހަރެމެންގެ މޭ އައްޑަނައަކަށް ދިއްކޮށްލުމަކީ މޮޓޯކަމުގައި ޚިޔާރުކުރަމާތޯ

އެންމެހައި ދިވެހިންނަށް އެނގިލައްވާނެހެން ނަސްރުގެ ދުވަހަކީ03 ނޮވެމްބަރު 1988 ވީ ދުވަހު ރާއްޖެ އަށް ކުރިމަތިވި ޓެރަރިސްޓް ހަމަލާއިން ...