ފާއިތުވި 40 އަހަރާއި ނުބައްދަލު ތަރައްޤީ އެންމެ 4 އަހަރު ދުވަހުގެ ތެރޭގައި ރައީސް ޔާމީން ގެނެސްދެއްވައިފި – އިކޮނޮމިކް މިނިސްޓަރ

ފާއިތުވި 40 އަހަރާއި ނުބައްދަލު ތަރައްޤީ އެންމެ 4 އަހަރު ދުވަހުގެ ތެރޭގައި ރައީސް ޔާމީން ގެނެސްދެއްވާފައިވާ ކަމަށާއި އެހެންކަމުން ގައުމާއި ޒުވާނުންނާއި ތުއްތު ކުދިންގެ މުސްތަގްބަލަށްޓަކައި ރައީސް ޔާމީން އިތުރު ދައުރަކަށް ހޮވަންޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވެއްޖެވެ.

“ވިދި ވިދި އޮޓެ އޮޓެ” މި ނަމުގައި ގއ ވިލިނގިލީގައި  ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ 30 އަހަރުވަންދެން 1 ވެރިއަކު ވެރިކަން ކުރެއްވި މަންޒަރު ދިވެހިން ދެކެފައިވާ ކަމަށާއި، އެވެރި މީހާ ގޯހޭ ބުނެ އެމީހާ ވެރިކަމުން ދުރުކުރުމަށްފަހު  3 އަހަރު ވަންދެން ވެރިކަން ކުރެއްވި ބޭފުޅަކު އިސްތިއުފާ ދެއްވިއިރު، އެބޭފުޅާ އަކީ ހުޅަނގުގެ އެޖެންޓެއް ކަމަށް ދީނީ އިލްމުވެރިން ވިދާޅުވި ކަމަށެވެ. އަދި މިއަދު އެބޭފުޅުން ގުޅިގެން މަސައްކަތް ކުރައްވަމުން އަންނައިރު، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާކަން އިކޮނޮމިކް މިނިސްޓަރ ސައީދު ވަނީ ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ ވިލިނގިލީގައި ބޭއްވި ޖަލްސާއިން ފެނިގެން ދިޔައީ، އަތޮޅު ތެރޭގައި ޖަލްސާއެއް ބާއްވައިފިނަމަ ފެނިގެންދާނެ އެންމެ ފުރިހަމަ މަންޒަރު ކަމަށެވެ.  އަދި މިޖަލްސާއިން ފެނިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ކުރާ ތާއީދުކަންވެސް މިނިސްޓަރ ވަނީ ފާހަގަ ކުރެއްވިއެވެ.

ރައީސް ޔާމީން އަކީ ސާބިތު ވެރިއެއްކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ތަރައްޤީގެ ވިސްނުމެއް ނުގެންގުޅޭއިރު، ރައީސް ޔާމީން ހުންނެވީ ހައްގު މަގުގައި ކަމަށެވެ. އެގޮތުން އެންމެ ހެޔޮ އަގުގައި ބައިނަލްއަގްވާމީ މައިދާނުން ފައިސާ ހޯދައިގެން ރާއްޖެ ތަރައްގީ ކުރުމަށް ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަކަން މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ 2013 ވަނަ އަހަރުގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ، ޤައުމުގައި ހުރި ބޮޑެތި މައްސަލަތަލާއި ކުރިމަތިލައްވަން ކަމަށެވެ.

މިގޮތުން ފާއިތުވި 40 އަހަރާއި ނުބައްދަލު ތަރައްޤީ އެންމެ 4 އަހަރު ދުވަހުގެ ތެރޭގައި ރައީސް ޔާމީން ގެނެސްދެއްވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ގައުމާއި ޒުވާނުންނާއި ތުއްތު ކުދިންގެ މުސްތަގްބަލަށްޓަކައި ރައީސް ޔާމީން އިތުރު ދައުރަކަށް ކޮންމެހެންވެސް ހޮވަންޖެހޭ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަންނަ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ. ރައީސް އޮފީހުން ...

ބީއެމްއެލްގެ “ފެހި ޕްރޮޖެކްޓް” އަށް ހޮވި ރަށްތައް އިއުލާންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ޖޫން މަހު އިފްތިތާހުކުރި ފެހި ޕްރޮޖެކްޓް ލިބޭ ރަށްތައް އިއުލާންކޮށްފި ...