• Categories
  • Archives

އާތުއަވާ ފާހަގަކުރުން: ދުނިޔެއަށް ޓަކައި މިރޭ އެއް ގަޑި އިރު !

ދުނިޔެއަށް ޓަކައި އެއްގަނޑި އިރު ނުވަތަ އާންމުކޮށް ކިޔާ ގޮތުން ނަމަ “އާތު އަވާ” މިރޭ 8:30 އިން 9:30 އަށް ފާހަގަކުރަން ނިންމާފައިވާއިރު އެހެން އަހަރުތަކާ ހިލާފަށް އެންވްޔަރަމަންޓު މިނިސްޓްރީން ބާރު އަޅަނީ އަމިއްލައަށް ދުނިޔެއަށް ޓަކައި ވަގުތުކޮޅެއް ދިނުމަށް އެ އެއްގަޑި އިރު ކަރަންޓު ބޭނުން ނުކުރުމަށެވެ. އެ މިނިސްޓްރީން ހާމަކޮށްފައިވާގޮތުން ކަރަންޓުން އެގަޑީގައި ކޮންމެހެން ބޭނުން ކުރަންޖެހޭ އެއްޗެއް ނޫނީ ބޭނުން ނުކުރުމާއި އެވަގުތު ހިނގާފައި އުޅުމަކީ ވަރަށް ބޮޑަށް އެދެވިގެންވާކަމެއްކަމަށެވެ.

އާތް އަވާ ރާއްޖޭގައި ފާހަގަ ކުރަން ފެށީ 2009 ވަނަ އަހަރު އެވެ. ދެތިން އަހަރު ވަންދެން ކުލަގަދަކޮށް، ތަފާތު ގޮތް ގޮތަށް އާތް އަވާ ފާހަގަ ކުރި އެވެ. މިގޮތުން  އާތުއަވާ ފާހަގަކުރާ ގަޑީގައި އެއް ގަޑި އިރަށް ކަރަންޓު ކަނޑާލުމާއި ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރުންވެސް ހިމެނެއެވެ.

އާތް އަވާ ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ މާޗް މަހުގެ އެންމެ ފަހު ހޮނިހިރު ދުވަހުގެ ރޭ 8:30 ން 9:30 އަށެވެ. މިއަހަރުގެ އާތް އަވާގެ ޝިއާރަކީ “ދުނިޔެއާއި ގުޅުވާލަމާ” އެވެ.

އާތް އަވާ މުޅި ދުނިޔޭގައި ފާހަގަ ކުރަން ފެށީ 2007 ވަނަ އަހަރުން ފެށިގެންނެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

އައްޑޫސިޓީ ރޫޅާނުލައި އައްޑޫސިޓީ ބިނާކުރާ މަޖިލިހަކަށް މަޖިލިސް ހަދައިދޭން ބޭނުން- ރައީސް ނަޝީދު

އައްޑޫސިޓީ ރޫޅާނުލައި އައްޑޫސިޓީ ބިނާކުރާ މަޖިލީހަކަށް ހަދައިދޭނެން ބޭނުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ ރައީސް ...

ވަޢުދުތަކުގެ ތަފްސީލް ހާމަކުރައްވަން އިބޫއަކަށް އެނގިވަޑައެއް ނުގަންނަވާ: ނިހާން

ރިޔާސީ އިންތިޚާބަށްޓަކައި ވެވަޑައިގަންނަވާ ވަޢުދުތަކުގެ ތަފްސީލް ހާމަކުރައްވަން އިބްރާހިމް މުހައްމަދު ސޯލިޙް އަށް އެނގިވަޑައިނުގަންވާ ކަމަށް ވިދާޅުވެއްޖެއެވެ. ޕީޕީއެމް ...

އެކްސިޑެންޓެއްގައި ޒަހަމްވި 17 އަހަރުގެ ކުއްޖާގެ މަރުވެއްޖެ

މިއަދު ހެނދުނު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި 17 އަހަރުގެ ކުއްޖާގެ މަރުވެއްޖެއެވެ. މިއަދު ހެނދުނު 07:05 ކަންހާއިރު ...

ގެއްލުނު ކުދިން ހޯދުމަށް ރޮބަޓް ބޭނުންކުރަނީ

އައްޑޫ ސިޓީގެ ހިތަދޫން މިދިޔަ ހޮނިހިރު ދުވަހު މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެކުދިން ހޯދުމަށް ރޮބަޓް ބޭނުންކުރަން ...

12 ދާއިރާގެ ބައި-އިލެކްޝަން ނުބާއްވަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސަވެފައިވަކަމަށް ކުރިން ކަނޑައަޅާފައިވާ ބާރަ ދާއިރާގެ ބައި-އިލެކްޝަން ނުބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އެ ...

މަޙްލޫފާއި އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރަން އަންގައިފި

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ...