• Categories
  • Archives

އާތު އަވަރ ފާހަގަ ކުރުމުގެ ގޮތުން ހުޅުދޫއާއި މީދޫގެ މަގުބައްތިތައް ނިއްވާލެވުނު

މިރޭ 20:30 ން 21:30 އަށް ފާހަގަކުރެވުނު އާތުއަވަރ “ދުނިޔެއަށްޓަކައި އެއްގަޑިއިރު” ހަރަކާތުގައި ބައިވެރި ވުމުގެ ގޮތުން ހުޅުދޫއާއި މީދޫގެ ބޮޑެތި މަގުތަކުގެ  މަގުބައްތިތަކާއި ހުޅުދޫއާއި މީދޫގެ ބަނދަރު އަދި އާބަނދަރުގެ ބޮކިތައްވެސް ނިއްވާލައިފިއެވެ.

ފެނަކަ ހުޅުމީދޫ ބްރާންޗުން އިސްނަގައިގެން ހުޅުދޫއާއި މީދޫގެ މުވައްސަސާތަކާ ވާހަކަ ދައްކަވައިގެން ކުރިއަށް ގެންދެވުނު މިހަރަކާތުގައި ހުޅުދޫއާއި މީދޫގައިހުރި ސަރުކާރުގެ މުވައްސަސާތަކުންވެސް އެވަގުތު ވީހާވެސް ގިނަ ބޮކިތައް ނިވާ ކަރަންޓް ބޭނުންކުރެވުނު  މިންވަރު ދައްކުރެވުނެވެ.

އާތް އަވާ ރާއްޖޭގައި ފާހަގަ ކުރަން ފެށީ 2009 ވަނަ އަހަރު އެވެ. ދެތިން އަހަރު ވަންދެން ކުލަގަދަކޮށް، ތަފާތު ގޮތް ގޮތަށް އާތް އަވާ ފާހަގަ ކުރި އެވެ. މިގޮތުން  އާތުއަވާ ފާހަގަކުރާ ގަޑީގައި އެއް ގަޑި އިރަށް ކަރަންޓު ކަނޑާލުމާއި ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރުންވެސް ހިމެނެއެވެ.

އާތް އަވާ ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ މާޗް މަހުގެ އެންމެ ފަހު ހޮނިހިރު ދުވަހުގެ ރޭ 8:30 ން 9:30 އަށެވެ. މިއަހަރުގެ އާތް އަވާގެ ޝިއާރަކީ “ދުނިޔެއާއި ގުޅުވާލަމާ” އެވެ.

އާތް އަވާ މުޅި ދުނިޔޭގައި ފާހަގަ ކުރަން ފެށީ 2007 ވަނަ އަހަރުން ފެށިގެންނެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ސަރުކާރު ވައްޓާލަން މަސައްކަތްކުރުމުގެ ތުހުމަތުގައި މައުމޫންގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފި

ރައްޔިތުން މަޖިލީުގެ މެމްބަރުންނަށް ރިޝްވަތުދީގެން ސަރުކާރު ވައްޓާލަން މަސައްކަތްކުރާކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދޫލް ޤައްޔޫމްގެ އަރިސް ...

ކުށްވެރިއަކީ ފަނޑިޔާރުންނަށް ރިޝްވަތުގެ ފައިސާ ބަހަމުން ހިނގާ މަހުޖަނު – ރައީސް ނަޝީދު

ރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ “ރިޝްވަތު ދޭ މަހުޖަނު” ކަމަށާއި އެކަން ހައްލުކުރަން ޖެހޭ ކަމަށް ...

ކުރިއަށް އޮތް 48 ގަޑިއިރުގެތެރޭގައި ރާއްޖެ އަށް މޫސުން ގޯސްވާނެ

ރާއްޖޭގެ އިރުން، ސްރީލަންކާގެ ދެކުނުގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއް މަޑުމަޑުން ހުޅަނގަށް ޖެހެމުންދާކަމަށް ލަފާކުރެވޭ ކަމުގައި ރާއްޖޭގެ މޫސުމާއި ...

ތާރީޚް ޢިލްމުވެރިޔާ ނަދުވީ އަވަހާރަވެއްޖެ

ދިވެހި ތާރީޚަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ މަޝްހޫރު ތާރީޚު ޢިލްމުވެރިޔާ އަލްއުސްތާޛު މުޙައްމަދު ވަޙީދު “ނަދުވީ” އަވާހާރަވެއްޖެއެވެ. އުސްތާޛް ...

ތޮއްޔިބު ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމަށް ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަގާމް ދެއްވައިފިއެވެ. ތޮއްޔިބަކީ ކުރީގެ ...

ނަލަފެހި އައްޑޫ ޕްރޮގްރާމުގެ ދަށުން 300 ގެއިން ހިލޭ ކުނި ނަގައިފި

އައްޑޫސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން ރޯދަމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ނަލަފެހި އައްޑޫ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 300 ...