• Categories
  • Archives

ޓްރީ ޓޮޕް ފެރީގެ ޚިދުމަތް ފަށައިފި

ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދާ މީހުންނަށް، މާލެ އާއި ހުޅުމާލެއާ ދެމެދު ފެރީގެ ހިދުމަތް ދޭން އެހޮސްޕިޓަލުން މިއަދު ފަށައިފިއެވެ.

ރާއްޖޭގައި ގާއިމުކުރި މަލްޓިސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލުން ބުނިގޮތުގައި ހިލޭ ދޭ ފެރީގެ މި ހިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް އޮންނާނެއެވެ. ކޮންމެ ދުވަހަކު ވެސް ހަ ދަތުރު ކުރާނެ ކަމަށާއި ފެރީ ބޭނުން ކުރެވޭނީ ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހަދާފައިވާ މީހާ އާއި އެހީތެރިއަކަށްކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ޓްރާންސްފާގެ ހިދުމަތް ހޯދުމަށް އެޕޮއިންޓްމެންޓު ބުކިން ހުށަހެޅުމުން ފެރީގެ ހިދުމަތް ލިބޭނެއެވެ. ހުޅުމާލެ ޓާމިނަލުން ހޮސްޕިޓަލަށް ވެސް ވޭން ޓްރާންފާ ހަމަޖެހޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ބަލިމީހުން ބަލާ ދަތުރުކުރާ ޓްރީޓޮޕްގެ ފެރީގައި، އެ ހޮސްޕިޓަލުގެ ގެސްޓް ރިލޭޝަންސް ސްޓާފެއް އަބަދުވެސް ދަތުރުކުރާނެއެވެ.

މާލެއިން ފެރީ ފުރާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެއް ނަންބަރު ޖެޓީއިން ކަަމަށް ވެސް ހޮސްޕިޓަލުން މަޢުލޫމާތު ދެއެެވެ.

ފެރީގައި ހުޅުމާލެއަށް ދިއުމުން ވެހިކަލްގައި ހޮސްޕިޓަލަށް ވެސް ގެންގޮސްދޭނެ އެވެ.

ފެރީގެ ދަތުރުތައް އޮންނާނީ ހެނދުނު 8:30 އިން ރޭގަނޑު 10:00 އާ ދެމެދު އެވެ. އަދި އެމަޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ ފެރީ ޝެޑިއުލަށް ބަދަލުތަކެއް އަތުވެދާނެ ކަމަށް ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައެވެ.

ސަތޭކަ ދިހަ މިލިއަން ޑޮލަރު ހަރަދުކޮށްގެން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ އެ ހޮސްޕިޓަލުން އެމްއާރްއައި ސީޓީ ސްކޭން، ކާޑިއެކް ސާޖަރީ، ކީމޯ ތެރަޕީ، ނިއުރޯ ސާޖަރީ، އޮންކޮލޮޖީ އަދި ޑަޔަލިސިސްގެ ހިދުމަތް ލިބޭނެއެވެ.

ހޮސްޕިޓަލު މެނޭޖުކުރަން ހަވާލުކޮށްފައި ވަނީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ކުންފުންޏާ ގުޅިގެން އުފައްދާފައިވާ “ރަމްސޭ ސައިމް ޑާބީ”އިންނެވެ.

ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންތަކެއް ހިއްސާވާ ޓްރީ ޓޮޕް އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްގީކުރި މި ހޮސްޕިޓަލް ހުޅުވީ މި މަހުގެ ފުރަތަމަ ދުވަހު އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ޓްރީޓޮޕް ކާޑް މެދުވެރިކޮށް ކިއުގައި މަޑުނުކޮށް މެމޯ ހެއްދޭނެ

ޓްރީޓޮޕުން ޚިދުމަތް ހޯދަންބޭނުންވާ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުޞަތު މިހާރުވެސް ހުޅުވާލާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ...

އައްޑޫ ސިޓީ ހޮސްޕިޓަލް ތަރައްޤީ ކުރާނީ ޓަރޝަރީ ފެންވަރުގެ ކަށީގެ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއްގެ ގޮތުގައި – ޑރ. ޙަބީބް

އައްޑޫ ސިޓީ ހޮސްޕިޓަލް ތަރައްޤީ ކުރާނީ ޓަރޝަރީ ފެންވަރުގެ ކަށީގެ ޚާއްޞަ ހޮސްޕިޓަލެއްގެ ގޮތުގައިކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް ...

މަދިރި ކޮންޓްރޯލް ކުރުމަށް މީދޫގެ އެކި ސަރހައްދުތަކަށް ފޮގް ސްޕްރޭ ކުރަންފަށައިފި

މަދިރީގެ ޒަރިއްޔާއިންޖެހޭ ޑެންގޫ ބަލީގެ ކޭސްތަކެއް މީދޫގައި މަދިރި ގިނަވެ، ފެތުރެމުންދާތީ މީދޫގެ އެކި  ސަރަހައްދަކަށް ފޮގް ސްޕްރޭ ...

“ދަރުމަވަންތަ” ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނުވާނެ ނަމެއް!

ސަރުކާރުގެ އަމާޒަކީ، އަދި ޤައުމީ ތަރައްޤީ ވަޒަންކުރާ މިންގަނޑަކީ، ރައްޔިތުންގެ އުފަލާއި ހިތްހަމަޖެހުންކަން ގަބޫލުކޮށްގެން، ދިވެހި ޤައުމުގެ ތަރައްޤީއަށާއި ...

އައިޖީއެމްއެޗުން މިއަހަރު ތެރޭގައި ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން ފަށަނީ

ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަންތައް މި އަހަރު ފަހުކޮޅު ރާއްޖޭގައި ފެށުމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ...

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޓްރީޓޮޕް ހޮސްޕިޓަލްގެ ޚިދުމަތް ލިބޭނެ

ރާއްޖޭގައި މިހާތަނަށް ހެދި އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް މިހަފްތާ ބުރާސްފަތި ދުވަހު ހުޅުވަން ...