ޤައުމީ ޓީމަށް ކުޅުމާ މެދު ގޮތެއް ނިންމޭނީ އެކަމާ ވިސްނުމަށް ފަހު- އަލީ އަޝްފާގް (ދަގަނޑޭ) – އަސްއަދުވެސް ޓީމަށް ދުރަށް!

ދެން ޤައުމީ ޓީމަށް ކުޅުމާ މެދު ގޮތެއް ނިންމޭނީ އެކަމާ ވިސްނުމަށް ފަހު ކަމަށް ޤައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބުނެފިއެވެ.

ޤައުމީ ކޯޗާއެކު ޕްރެސް ކޮންފަރެންސްއަށް ނުދިއުމުން، ޓީމުން ވަކިކުރުމާ ގުޅިގެން އަޝްފާގް ބުނީ އެއީ އެކަމަށް އަޅަން ޖެހޭ ފިޔަވަޅު ކަމަށް ޤަބޫލް ނުކުރެވޭ ކަމަށެވެ. އަދި ޕްރެސްއަށް ނުދިއުމުން ކެޕްޓަން ކަމުގެ މަޤާމުން ވަކިކުރުމުގެ ފުރުސަތުވެސް އޮތް ކަމަށެވެ. އަދި ޕްރެސްއަށް ދާން އުނދަގޫ ވާހަކަ ކޯޗާ ޙިއްޞާކޮށްފައިވާނެކަމަށް އާއްމުކޮށްވެސް ޓީވީ އިންޓަރވިއުތަކާ ދުރު ކުޅުންތެރިޔާ ބުންޏެވެ. އަޝްފާޤު ބުނީ ޕްރެސްއަށްދާން އުޒުރުވެރިވުމުން ޓީމުގެ ކެޕްޓަން ކަމުގެ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ކޯޗާ މަޝްވަރާވެސް ކޮށްފައިވާނޭކަމަށެވެ.

ޤައުމީ ޓީމުގެ ވައިސް ކެޕްޓަން އައްސަދު އަލީވެސް ވަނީ މިއަދު ކުއްލި ގޮތަކަށް ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައެވެ. އައްސަދު ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރީ ޓްވީޓަރ މެދުވެރިކޮށެވެ. އެކަމާ ގުޅޭގޮތުން އޭނާގެ ބަހެއް ހޯދުމަށް ގުޅަން ކުރި މަސައްކަތް އޭނާ ފޯނަށް ޖަވާބުނުދޭތީ ކާމިޔާބެއްނުވިއެވެ. އައްސަދު ވަނީ ޤައުމީ ކޯޗާއެކު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ބައިވެރިވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޢަލީ ވަޙީދު ޢިސްތިއުފާ ދެއްވުމަށް ރައީސް އަންގަވައިފި

މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ބުދަ ދުވަހުގެ ...

ފިކުރަކީ ޖަލަށް ލެވޭނެ އަދި މަރާލެވޭނެ އެއްޗެެއް ނޫން -އަދީބު

ފިކުރަކީ ޖަލަށް ލެވޭނެ އަދި މަރާލެވޭނެ އެއްޗެެއް ނޫން ކަމަށް ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެވެ. ...

މީދޫ ރަށްޔިތުން އެދިވަޑައިގަންނަވާފަދަ ރަށަކަށް މީދޫ ހެދުމަށްޓަކައި ކުރެވެންހުރި މަސައްކަތްތައް ކުރާނަން – ސޯލިހާ

ރަށްޔިތުންގެ  ތާއީދާއެކު މީދޫދާއިރާގެ ގޮޑި ކާމިޔާބުކުރެވިއްޖެނަމަ  މީދޫ ރަށްޔިތުން އެދިވަޑައިގަންނަވާފަދަ ރަށަކަށް މީދޫ ހެދުމަށްޓަކައި ކަމާއިބެހޭ ހުރިހާ ފަރާތްތަކާއިގުޅިގެން ...