މައުމޫނުގެ އަނިޔާވެރިކަމުގެ ވާހަކަ އަންނިގެ ދުލުން އަނެއްކާވެސް!

ކުރީގެ ރައީށް މައުމޫނގެ ވެރިކަމުގައި ކުރީގެ ރައީސް ނަޝީދު ކުރިމަތިލާން ޖެހުނު އަނިޠާތަކުގެ ވާހަކަ އަނެއްކާވެސް ނަޝީދުގެ ދުލުން ހާމަކޮށްފިއެވެ.

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ކުރިމަތިވެ ވަޑައިގެންނެވި “އަނިޔާތަކުގެ” ހަނދާންތައް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާކުރައްވީ “ދަ ޑިޕްލޮމެޓް” ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރައީސް ނަޝީދަކީ ޖިނާއީ ކުށްވެރިއެއް ކަމަށްވާއިރު އޭނާއަށް ތާއީދުކުރާ މީހުން އޭނާއަކީ އެމީހުންގެ “ރައީސް” ކަމަށް ބުނަމުން ދާތީ ނަޝީދު އެމަނިކުފާނުގެ ތަޢާރަފެއް ދެއްވާނީ ކިހިނެއްތޯ “ދަ ޑިޕްލޮމެޓް” ގެ ނޫސްވެރިޔާ ސުވާލު ކުރުމުން ނަޝީދު ވަނީ މައުމޫންގެ ވެރިކަމުގައި އެމަނިކުފާނަށް ކުރިމަތިވެ ވަޑައިގެންނެވި އިންސާފުން އެއްކިބާވެފައި އޮތް އަނިޔާތަކުގެ ވާހަކަ ކިޔާ ދެއްވާފައެވެ.

އެގޮތުން ބޭރުން ތަޢުލީމު ޙާޞިލް ކުރުމަށްފަހު ރާއްޖެ އައިސް ނެރެން ފެށި މަޖައްލާ ބާޠިލްކޮށް ނަޝީދުއާއެކު މަޖައްލާގެ އެޑިޓޯރިއަލް ބޯޑުވެސް ޖަލުގައި ބަންދުކުރި ގޮތުގެ ޥާހަކަ އާއި އެނާގެ ޒުވާން ދުވަސްވަރުގެ ބޮޑު ބައެއް އެއްވެސް ކުށަކަށް ނުވާ ކަމެއްގެ ހައްޔަރުގައި ޖަލުގައި ހޭދަ ކުރަން ޖެހުނު ވާހަކަވެސް ކިޔައި ދެއްވިއެވެ.

1999 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވެވަޑާއިގަތުމުން ސަލާމަތާއި ރައްކާތެރިކަން ލިބޭނެކަމަށް އުއްމީދު ކުރެއްވި ކަމަށާއި އެހެން ނަމަވެސް ކަންވީ ހީކުރި ގޮތާއި ޚިލާފަށް ކަމަށާއި ޤަނޫނާއި ޚިލާފަށް 18 ފަހަރެއްގެ މަތިން ރައީސް މައުމޫނު އެމަނިކުފާނު ހައްޔަރު ކުރި ކަމަށާއި އޭގެ ތެރެއިން 2 ފަހަރަކު އޭނާ އަށް ކުރި ޖިސްމާނީ އަނިޔާ ތަކުގެ ވާހަކަ ވަރަށް އަސަރާއެކު ނަޝީދުވަނީ ހިއްސާ ކޮށްފައެވެ.

ސުލްހަވެރި ސިޔާސީ ހަރަކާތް ގުޅިގެން ހިންގުމުގެ މަސައްކަތް ފެއްޓެވީ އެނާ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އެމަނިކުފާނު ހުންނަވަނިކޮށް ހައްޔަރު ކުރުމަށްފަހު ކުރި އަނިޠާތަކަާއި ގުޅިގެންކަމަށްވެސް ރައިސް ނަޝީދުވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ޖަލުގައި ހޭދަކުރައްވަން ޖެހުނު ދުވަސްތަކުގެ ހަނދާންތައް ރައީސް ނަޝީދު މީގެ ކުރިން ވެސް އެކި ފަހަރު މަތިން އާ ކުރައްވަވާ އެވާހަކަ މީޑިއާގައި ދައްކަވާފައި ވެއެވެ.

އެހެން ކަމުން ހިތުގައި މިވަރަށް އެކަކު އަނެކަކަށްޓަކައި ހަސަދަ އޮތް ދެމީހަކަށް އެކުގައި މަސައްކަތް ކުރެވިދާނެ އިންސާނާގެ ސިކުނޑި އަށް ޤަބޫލު ކުރެވިދާނެ ހެއްޔެވެ؟

މެމްބަރު ނިހާނު ވިދާޅުވި ހެން ތެލާއި ފެނާއި ދުވަހަކުވެސް އެކެއް ނުވާނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރިޔާސީ އިންތިޚާބަށް ނިކުތްއިރު މި ޤައުމުގައި ޒުވާނުން ތިބިކަން ޤަބޫލުކުރި ހަމައެކަނި ރައީސަކީ ރައީސް ޔާމީން- މެންބަރ ރިފާއު

ރައީސް ޔާމީނަށް ވޯޓްދޭންޖެހޭ ސަބަބުތައް ކިޔަން ފަށައިފިއްޔާ އިރު އަރަންދެންވެސް ކިއިދާނެ ކަމަށާއި، 2013 ގެ ރިޔާސީ އިންތިޚާބަށް ...

މަސީހު މަޖިލިހުގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފި

މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހު އިސްތިއުފާ ދެއްވައިފި އެވެ. މަސީހު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައިވަނީ މީގެ ...

ގައުމު ދެކޭ ތަރައްގީއާ ބީރައްޓެހި، ތަޖުރިބާއެއް ނެތް ކެންޑިޑޭޓަކަށް ކުރިއެރުމެއް ނުހިފެހެއްޓޭނެ – ސައީދު

ގައުމު ދެކޭ ތަރައްގީއާ ބީރައްޓެހި، ތަޖުރިބާއެއް ނެތް ކެންޑިޑޭޓަކަށް ކުރިއެރުމެއް ނުހިފެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ...