ފޯރިގަދަ ކުޅުމަކަށްފަހު މީދޫޓީމު އަތުން ޕޮލިސް މޮޅުވެއްޖެ

ދިވެހި ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ޕޮލިހުންގެ ތެރެއިން ހޮވާލެވިގެން ނެގުނު ޓީމަކާއި މީދޫ ޓީމަކާއިދެމެދު އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެވިއްޖެވެ.

މީދޫ އިޖްތިމާއީމަރުކަޒުގެ ވޮލީކޯޓްގައި މިރޭ ކުޅެވުނު މިމެޗް 3 ސެޓް 2 ސެޓުން ކާމިޔާބުކޮށްފައިވަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގެ ޓީމެވެ.

މިމެޗްގެ ފުރަތަމަ ސެޓް ޕޮލިސްޓީމު ކާމިޔާބުކޮށްފައިވަނީ 25-16 އިންނެވެ. ދެވަނަ ސެޓް 25-18 އިން ހޯދީވެސް ޕޮލިސް ޓީމެވެ. މިމެޗްގެ 3 ވަނަ ސެޓް މީދޫޓީމް ކާމިޔާބުކުރީ 25-20 ނެވެ. އަދި 4 ވަނަ ސެޓް 25-15 އިން ހޯދީވެސް މީދޫޓީމެވެ. މިމެޗްގެ 5 ވަނަ ސެޓް 15-5 ހޯދާފައިވަނީ ޕޮލިސްޓީމެވެ.

މިމެޗް ނިމުމުން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގެ ފަރާތުން މީދޫޓީމަށް ހުށަހަޅާފައިވާ ސެޓްފިކެޓް އެޓީމާ ހަވާލްކޮށް ދެއްވީ މިމެޗްގެ ޝަރަފްވެރި މެހްމާނު މީދޫ އޮފީހުގެ ޑިރެކްޓަރ އްބަދުﷲ ރަޝީދެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މެސީ، ބޮލީވިޔާ ކޮޅަށް ހެޓްރިކް ހަދައި ޕެލޭގެ ރެކޯޑް މުގުރާލައިފި

ވޯލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާ ޒޯނުގައި ބުރާސްފަތި ދުވަހުގެރޭ ފަތިހު ބޮލީވިޔާ ކޮޅަށް ހެޓްރިކް ހަދައި، ދެކުނު ...

” އައިއެސްއޭ ސްޓްރީޓް ކަޕް 2018″ ގެ ޗެމްޕިއަންކަން ހިރިގާ ހޯދައިފި

ފިތުރު އީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިމަހުގެ 14 ވަނަ ދުވަހުން 21 ވަނަ ދުވަހަށް  ” އައިއެސްއޭ ...

އެމްއީސީ ބަދަހިކަޕް- ޓީމް ހުދުހުދު ބަލިކޮށް ހުޅުމީދޫ ޕޮލިސް ފައިނަލަށް

މީދޫގައި މިހާރު ހިގަމުންދާ އެމްއީސީ ބަދަހިކަޕް ނެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި  ޓީމް ހުދުހުދު ބަލިކޮށް ...