ޕެނަލްޓީ ޖަހައިގެން ފޭދޫ ބަލިކޮށް އައްޑުއަތޮޅުގެ ޗެމްޕިއަންކަން ހިތަދޫޓީމް ހޯދައިފި

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އައްޑޫސިޓީގެ މުބާރާތުގައި މިއަދު ކުޅެވުނު ފައިނަލްމެޗްގެ 90 މިނިޓްގެ ކުޅުން ހަމަވިއިރު  އެއްލަނޑު އެއްލަނޑުން  ދެޓީމް އެއްވަރުވެފައި އޮތުމުން  ކުޅެވުނު އިތުރު ވަގުތުގައިވެސް ނަތީޖާ އަށް އިތުރު ބަދަލެއް އައިސްފައިނުވާތީ ޕެނަލްޓީ ޖަހައިގެން 5 ލަނޑު 2 ލަނޑުން  އައްޑޫސިޓީގެ ވޭތުވެދިޔަ ތިންއަހަރުގެ ޗެމްޕިއަން ފޭދޫ  ބަލިކޮށް ހިތަދޫޓީމް ޗެމްޕިއަންކަން ހޯދައިފި އެވެ.

މި މެޗު ފަށައިގެން ފުރަތަމަ ލަނޑެއް ޖަހައި ލީޑު ނެގީ، ހިތަދޫ ޓީމުންނެވެ. މި ލަނޑު ކާމިޔާބު ކުރީ، އެ ޓީމުގެއަޗަންގަނާ އޮމްބަލޭއެވެ. އޭނާ އަކީ ކެމަރޫންގެ ކުޅުންތެރިއެކެވެ.

ހިތަދޫ ޓީމުން ލީޑު ނެގި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ފޭދޫ ޓީމުގެ ސަޔަމް ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗްގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހި ޖެހުމުގައި  ހިތަދޫ އިން ޖެހި ފަސް ޕެނަލްޓީ ވެސް އެޓީމުންވަނީ ކާމިޔާބުކޮށްފައެވެ.

ފޭދޫ އިން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ކާމިޔާބު ކުރެވުނީ 2 ޕެނަލްޓީ އެވެ. ދެން އެޓީމުން ޖެހި 2 ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ ބޭރަށް ދިޔައިރު ހިތަދޫ ޓީމުގެ ކީޕަރު ވެސް ވަނީ ޕެނަލްޓީއެއް ދިފާއުކޮށްފައެވެ.

ފޭދޫ އަކީ ފާއިތުވި ތިން އަހަރު ވެސް އައްޑޫ ސިޓީ ޗެމްޕިއަންކަން ހޯދި ޓީމެވެ. އެ ތިން ފަހަރު ވެސް ފޭދޫ  ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލްގައި ހިތަދޫ ބަލިކުރުމަށްފަހުކަން ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން ފޭދޫއަކީ މިމުބާރާތް ތައާރަފްކުރި 2015 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަން ޓީމުވެސް މެއެވެ. އެޓީމު ވަނީ މިނިވަން ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން ޕުރެސިޑެންޓްސް ކަޕްގައި ވެސް މީގެކުރިން ވާދަކޮށްފައެވެ.

އައްޑޫ ސިޓީ ބުރުގެ ޗެމްޕިއަންކަން ހޯދި ހިތަދޫ ދެން ވާދަކުރާނީ ޒޯން މުބާރާތުގައެވެ. އަށްވަނަ ޒޯންގައި އެޓީމާ ވާދަކުރާނީ ފުވައްމުލަކުގެ ޗެމްޕިއަން ދޫޑިގަމާއެވެ. މިދެޓީމު ބައްދަލު ކުރާ ފުރަތަމަ މެޗު އަންނަ ހޮނިހިރު ދުވަހު އޮންނާނީ ފުވައްމުލަކުގައެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގަދަ 11 ކުޅުންތެރިންގެ ތެރޭގައި ކިނާނުއާއި އަޒާން

މިއަދު ނިމުނު ވޭންއޫދު 15 އަހަރުން ދަށުގެ އެފްއޭއެމް އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ގަދަ 11 ކުޅުންތެރިންގެ ...

ލީގު ކަޕް: ތިންވަނަ ބުރުން ޗެލްސީއާއި އާސެނަލް ކަޓައިފި

އިނގިރޭސި ލީގު ކަޕް ގެ ތިންވަނަ ބުރުގައި އާސެނަލްއާއި ބްރައިޓަން ބައްދަލުކުރި މެޗުން އާސެނަލް ބަލިވެ މުބާރާތުން ކެޓިއިރު، ...

ޓްރާންސްފަރގެ ފަހު ދުވަސް، ކުޅުންތެރިން ހޯދުމަށް ކުލަބުތައް ކިޔު ހަދާފައި!

މިއަދަކީ ޔޫރަޕުގެ ޓްރާންސްފާ މާކެޓްގެ ފަހު ދުވަހެވެ. މިރޭ މެންދަމަށް ކުޅުންތެރިން ގަނެވިއްކުން ނިމުމަކަށް އަންނައިރު ބޮޑެތި ކުލަބުތަކުން ...