ދުސްތޫރު ދެމެހެއްޓުމުގެ މަސައްކަތް ކުރާ މީހުން ފައިސާގެ ނުފޫޒުގައި ޖެހިގެން ނުވާނެ- ރައީސް ޔާމީން

1 ފެބްރުއަރީގެ އަމުރުން ނަގަން ޖެހޭ ފިލާވަޅަކީ ދުސްތޫރު ދެމެހެއްޓުމުގައި މަސައްކަތް ކުރާ މީހުންގެ ތެރެއަށް ފައިސާގެ ނުފޫޒު ވަދެގެން ނުވާނެކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފުލުހުންގެ ޙިދުމަތަށް 85 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ދިވެހިރާއްޖޭގެ މުއައްސަސާތައް ހިންގަން ތިބޭ މީހުންގެ އަގަކީ 2 މިލިއަން ޑޮލަރުތޯ ސުވާލު އުފައްދަވާފައެވެ. ރައީސް ޔާމީން ވިދާޅުވީ، މަޤާމުގައި ހުންނަ ކޮންމެ މީހަކވެސް ފައިސާގެ ނުފޫޒުން އެއްކިބާވެ، އެ މީހަކު އެހުންނަ މަޤާމެއްގެ ކަރާމަތް ދަމަހައްޓަންޖެހޭނެ ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އަޅުގަނޑުމެންގެ މިނިވަންކަމަށް ކާބަފައިން ކުރި ޖިހާދުގެ އަގަކީ ފައިސާގެ މިންވަރެއްތޯ ސުވާލު އުފައްދަވާފައެވެ. ފުލުހުންގެ ދައުރާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކޮންމެ ސަރުކާރެއް އޮތަސް ފުލުހުން ޤާނޫނު ތަންފީޒް ކުރަންޖެހޭނެ ކަމަށެވެ. މި ސަރުކާރުން ޤާނޫނާއި ޚިލާފު އަމުރެއް ނުކުރާނެކަން ފާހަގަ ކުރައްވާ ރައީސް އިތުރަށް ވިދާޅުވީ، ފުލުހުން ޤާނޫނު ތަންފީޒް ކުރާއިރު، އެއީ ޤާނޫނީ ގޮތުން ހުއްދަ އަމުރެއްތޯ ބަލަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރު އިތުރު ކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއިން ކުރާ މަސައްކަތްތައް އިތުރު ކުރަންޖެހޭ ކަމަށެވެ. އަދި ޑިމޮކްރަސީއަށް އިޙްތިރާމް ކުރުމަކީ މެޖޯރިޓީ ޤަބޫލް ކުރާ ގޮތަށް އަމަލު ކުރުން ކަމުގައި ވިދާޅުވެ، ޑިމޮކްރަސީއަކީ ވަކި ބަޔަކު އެކަނި ޤަބޫލްކުރާ މަހްފޫމްތަކެއް ނޫންކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި 1 ފެބްރުއަރީގައި ޖުޑިޝަރީ މެދުވެރިކޮށް އިދިކޮޅު ފަރާތްތަކުން ގެންނަން މަސައްކަތް ކުރި ބަޣާވާތާއި ގުޅޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ. ރައީސް ޔާމީން ވިދާޅުވީ، ދައުލަތުގެ މަސައްކަތްތަކަށް އެންމެ ބޮޑަށް ބުރޫ އަރަނީ ބައެއް ފަރާތްތަކުން ފައިސާގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފާތީ ކަމަށެވެ. އަދި ދައުލަތް ހިންގުމުގެ އެންމެ އިސްވެރިއަކީ ޖުޑިޝަރީ ނުވަތަ، އިދިކޮޅު ފަރާތްތަކެއްވެސް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވެކްސިންޖެހޭ އުމުރުގެ އެންމެން ފުރަތަމަޑޯޒް ޖެހި ފުރަތަމަ ރަށަކަށް މަތިވެރި

އއ. މަތިވެރީގައި، ކޯވިޑުން ދިފާއުވުމަށް ވެކްސިންޖެހޭ އުމުރުފުރާގެ އެންމެން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނަމޫނާ ދައްކައިފިއެވެ. ހެލްތު ...

އިހަވަންދިއްޕޮޅު ޓްރާންސްޝިޕް ބަނދަރު ހެދުމަށް ބިން ހިއްކަން ފަށާނީ އަންނަ އަހަރު ކަމަށް އެމްޕީއެލް އިން ބުނެފި

އިހަވަންދިއްޕޮޅު ޓްރާންސްޝިޕް ބަނދަރު ހެދުމަށް ބިން ހިއްކަން ފަށާނީ އަންނަ އަހަރު ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ...

އައްޑޫސިޓީ މީދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި

އައްޑޫސިޓީ މީދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އައްޑޫސިޓީން އިއުލާންކޮށްފިއެވެ. އައްޑޫސިޓީ ކައުންސިލްގެ އިއުލާނުގައިވާގޮތުން މިކަމަށް ...