• Categories
  • Archives

ފުލުހުންގެ ޚިދުމަތަކީ މަތިވެރި، ޝަރަފުވެރި، ބޮޑު އަމާނާތެއް އެކުލެވިގެންވާ ޚިދުމަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ފުލުހުންގެ ޚިދުމަތަކީ މަތިވެރި، ޝަރަފުވެރި، ބޮޑު އަމާނާތެއް އެކުލެވިގެންވާ ޚިދުމަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފުލުހުން ކުރައްވާ އަގުހުރި މަސައްކަތްތައް ފާހަކުރައްވައި، ފުލުހުންގެ ޚިދުމަތަށްޓަކައި ޝުކުރު އަދާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ މި ޚިދުމަތަކީ ކޮންމެ ފަހަރަކު ތައުރީފު ލިބޭނެ ޚިދުމަތެއްކަމަށް ދުށުން މިއަދު ހުއްޓާލަންޖެހޭކަމަށެވެ. އަދި، ފުލުހުންގެ މަސައްކަތަކީ އޭގެ މުޤާބިލުގައި ތަޢުރީފު ޙައްޤު ނުވިނަމަވެސް، އެއަށްވުރެ ވަރުގަދަ މަސްއޫލިއްޔަތަކާއި ވާޖިބެއް އަދާކުރަން މާތް ﷲ ގަންދީ ހުވާކޮށްގެންތިބި ބައެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

 

ދަރުބާރުގޭގައި ކުރިއަށްދިޔަ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، 1 ސެޕްޓެންބަރު 2004 ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އުފެދިގެން އައިގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ފުލުހުން އުފެދިގެން އައީ ހަމަނުޖެހުންތަކެއްގެ ތެރެއިން، އެކަންކަމަށް ހައްލެއް ހޯދައިދިނުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ފުލުހުން އުފެދިގެން އައި ދުވަސްވަރާއި މިއަދާ އަޅައިބަލާއިރު ފުލުހުން އުފެދިގެން އައި ހާލަތަށް ކުރިއެރުމެއް އައިސްފައިވޭތޯ އެމަނިކުފާނު ސުވާލު ކުރެއްވިއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަދު ފުލުހަކު ކުރާ ޤާނޫނާ ޚިލާފު ކަމަކުން މުޅި ފުލުހުންގެ މުއައްސަސާ ބަދުނާމުވެ ލައްގަނޑެއް ޖެހިދާނެކަމުގައި ވިދާޅުވެ އެކަންކަމަށް ސަމާލުވުމަށް ހުރިހާ ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އަދި ފުލުހުން މެދުވެރިކޮށް ސިޔާސީ ފަރާތްތަކުން ކުރަން ޚިޔާލުކުރާ ކަންތައްތަކަށް ޖާގަ ނުދީ، ހަރުދަނާކަމާއެކު ސާބިތުކަންމަތީ ފުލުހުން ތިބުމަށް އެމަނިކުފާނު ފުލުހުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

 

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރީތި ނަން ހޯދާދީފައިވާ ފަރާތަކަށާއި، 25 އަހަރަށްވުރެ ދިގު މުއްދަތަށް އެ މުއައްސަސާއަށް ޚިދުމަތްކޮށްދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވިއެވެ

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި

ފުލުހުން ތަހުގީގުކުރަމުންދާ މައްސަލަތަކަކާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފިއެވެ. އުލޫމާތު ލިބިފައިވާ ...

އައްޑޫގައި ރިސޯޓް ތަރައްގީކުރަން ބިން ހިއްކަން ނިންމައިފި

އައްޑޫ ސިޓީގައި ރިސޯޓް ތަރައްގީކުރަން ބިން ހިއްކަން ނިންމައިފި އެވެ. އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫ ސިޓީގައި ...

ރާއްޖެއިސްލާމްވިދުވަސް

މިއަދަކީ ރާއްޖެ އިސްލާމްވި ދުވަހެވެ. ރާއްޖެ އިސްލާމްވި ދުވަސް ކަމުގައި މިފަހުން ރާއްޖޭގައި ފާހަގަކޮށް ހަދަމުން އަންނަނީ ރަބީއުލްއާޚިރާ ...

މީދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ފޯމު ހުށަހަޅައިފި

ލޯކަލް ކައުންސިލް  އިންތިޚާބުގައި މީދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓް ޝޫޒާ އާއި ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ ...

ކިނޮޅަހު ކައުންސިލް މެމްބަރު އަބްދުލް މަޖީދު މަރުވެފައި އޮއްވާ ފެނިއްޖެ

އުމުރުން 48 އަހަރުގެ ރ. ކިނޮޅަހު ކައުންސިލް މެމްބަރު އަބްދުލް މަޖީދު ހަސަން އަވާހަރަވެފައި އޮއްވާ ފެނިއްޖެއެވެ. އަބްދުލް ...

އެމް.އެން.ޔޫ ވޮލީ ބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު ނިޔާވެއްޖެ

ހުންއައިސް ހާލު ސީރިއަސްވެ އިންޑިއާގައި ބޭސްފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ގައުމީ ޔުނިވާސިޓީގެ ދަރިވަރު އުމުރުން 19 އަހަރުގެ ...