ގެއްލުނު ދެކުދިން އަދިވެސް ނުފެނޭ- ދެ ކުދިން ހޯދުމަށް އެމްއެންޑީއެފުން ނައިޓް ވިޝަން ކެމެރާ ބޭނުން ކުރަން ފަށައިފި

އައްޑޫ ސިޓީ ހިތަދޫގެ ރީޖަނަލް ހޮސްޕިޓަލާއި ދިމާލު ފުއްޓަރު ސަރަހައްދަށމޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމަށް އެމްއެންޑީއެފުން ނައިޓް ވިޝަން ކެމެރާ ބޭނުން ކުރަން ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ނައިޓް ވިޝަން ކެމެރާ ބޭނުން ކޮށްގެން ކޯސްޓްގާޑު އުޅަނދުތަކުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިިރޭވެސް މެދުކަނޑާ ނުލާ ދެކުދިން ހޯދުމުގެ މަަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގީ ތިން ކުއްޖަކު މޫދަށް އެރި އުޅެނިކޮށެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ފެނިފައިވާ އިރު އޭނާއަށް ދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ނެވެ. އެ ހޮސްޕިޓަލުން މީޑިއާގައި ބުނެފައިވަނީ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނީ ހިތަދޫ ޗަނބޭލީގޭ އަލީ ފަހުމީ އާއި ޓޮޕާޒް މަޔާމީން އަލީ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ ކުދިން އެ ސަރަހައްދަށް މޫދަށް އެރުނު އިރުވެސް ސަރަހައްދުގެ އޮއިވަރު ވަރަށް ގަދަ އެވެ.

މި ދެ ކުދިން ހޯދުމަށް މިއަދު އެމްއެންޑީއެފުން ވަނީ ހެލިކޮޕްޓަރުވެސް ބޭނުންކޮށްފައި އެވެ. އެކަމަކު އަދި މިހާތަނަށް ކުދިންގެ އެއްވެސް ހިލަމެއް ވެފައެއް ނުވެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެންޓި-ޑިފެކްޝަންގެ ބިލާއި ފަނޑިޔާރުންގެ ޤާނޫނަށް ހުށެހެޅި އިސްލާޙު، ރައީސް ތަސްދީޤު ކުރައްވައިފި

ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި އިންތިޚާބުވި ޕާޓީ ...

ޝަރީފީ ޕްރީސްކޫލްގައި މާމަ ކާފަ ދުވަސް ފާހަގަކޮށްފި

ޝަރީފީ ޕްރީސްކޫލްގައި މާމަ ކާފަ ދުވަސް ފާހަގަކޮށްފިއެވެ. ޝަރީފީ ޕްރީ ސްކޫލުން މައުލޫމާތު ދެއްވި ގޮތުގައި ” މަގޭ ...

ނޮރިންމަ ބަލިކޮށް އުސްގަޑަ އިން ކްއާޓާރގެ ފުރުސަތު ބޮޑުކޮށްފި

ގައުމު ސްޓްރީޓް ކަޕްގައި ރޭ ކުޅެވުނު 2 ވަނަ މެޗުގައި މީދޫ ނޮރިންމަ އެފްސީ  2-0 އިން ބަލިކޮށް ...