ފަނޑިޔާރުންގެ 50 އިންސައްތަ މާކްސް އާއި ބެލުންތެރިންގެ 50 އިންސައްތަ ވޯޓާއެކު ނަތީޖާ ކަނޑައަޅާ ގޮތަށް މިހާރު ކުރިއަށްދާ މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގައި ރޭ ކުރިއަށް ގެންދިޔަ އެލިމިނޭޝަން ނައިޓުން ހިތަދޫ ޙަސަން ޝަހުދާން ކަޓައި، މުބާރާތުގެ ގަދަ ފަސް ބައިވެރިން ކަށަވަރުވެއްޖެއެވެ.

މޯލްޑިވިއަން އައިޑަލް ތިނެއްގެ ގަދަ ފަސް ބައިވެރިންގެ ގޮތުގައި ހޮވިފައިވަނީ މަރިޔަމް މައިޝާ ، ތަސްލީމު ، އާމިނަތު ސައިނާ ، އައިޝަތު އަޒަލް އަދި ނައުޝާދެވެ.

ރޭގެ ޝޯވގެ ލަވަތައްވެސް ހުށަފައިވަނީ ޚާއްޞަ ތީމަކަށެވެ. އެގޮތުން، ކުރިން ރާއްޖޭގައި ލަވަ ކިޔާފައިވާ މަޝްހޫރު ފަރާތްތަކުގެ ލަވަތައް ކިޔައި، އެފަރާތްތަކަށްވަނީ ޓްރިބިއުޓް ދީފައެވެ.

އަދި މި ލަވަތައް ހުށަހަޅައިދިނުމުގައި ރާއްޖޭގެ މަޝްހޫރު ހަ ލަވަކިޔުންތެރިޔަކާއެކު  ގަދަ ހައެއްގައި ހިމެނުނު ބައިވެރީން ވަނީ ބައިވެރިވެފައެވެ.

  • ކޮމެންޓްސް (2)

  • އައްލޯ

    އައްޑޫ ތިންކުންދިން ތިބުމުން އައްމަޑޭމެންނަށް އެކަން ހަޖަމް ނުކުރެވިގެން އުޅޭތަން ކިތަންމެ ދުވަހެއް . އެހެންކަމާއެކު ޝަހުދާނަށް ގަސްތުގައި ވޯޓް މަދުން ދީ އޭނާ ކަޓޫވާލީ ފަޑިޔާރުން

  • މަހުލޫފު

    އިންޑިއަން އައިޑޯލްއިންވެސް ފަޑިޔާރުން ދޭ މާކްސް ވަގުތުން އެގޭ – އެހެންވީމާ ރާއްޖޭގައި މިބާއްވާ ޝޯވގައިވެސް ފަޑިޔާރުން ދޭ ވޯޓް ވަގުތުން އެގެން އެބަޖެހޭ – އަދި އެސްއެމްއެސްއިން ލިބޭ ވޯޓްގެ އަދަދުވެސް ހާމަކުރަން އެބަޖެހޭ – ސަބަބަކީ މިހާރު މިނިވަން މުއައްސަސާތަކުން ނިންމާ ނިންމުން ގަބޫލް ކުރާ ބަޔަކުވެސް ނުތިބޭތީ އާއެކު ތިބުނާ ފަދަ މިނިވަން ތަަނަކަށް އެސްއެމްއެސް ގުނާ މީހުން ނުވެދާނެތީ

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގަދަ ހަތަކަށް ނުހޮވި ކެޓީ މުނާޒް

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ ހަތަކަށް ނުހޮވި މުނާޒް މި މުބާރާތުން ކަޓައިފިއެވެ. އައިޑަލް ސީޒަން ތިނެއްގެ ...

“ޓައިގާ ޒިންދާހޭ” 500 ކްރޯޑް ކުލަބަށް

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ‘ޓައިގާ ޒިންދާހޭ’ 500 ކްރޯޑް ކްލަބާ ގާތަށް ޖެހިލައިފިއެވެ. ބޮލީވުޑްގައި ...

ފުރަތަމަ 6 ބައިވެރިން ޔަޤީންވެއްޖެ

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ 12 އަށް ދަތުރުކުރި ފުރަތަމަ 6 ބައިވެރިން ޔަޤީންވެއްޖެއެވެ. ގާލާ ރައުންޑަށް ...