• Categories
  • Archives

އައްޑޫއާއި ފުވައްމުލަކަށް ވެމްކޯގެ “ކެޕްސް” ޚިދުމަތް ތަޢާރަފްކުރަނީ

އައްޑޫ އާއި ފުވައްމުލައް ސިޓީގައި ވެމްކޯގެ “ކެޕްސް” ޚިދުމަތް ތަޢާރްފަކުރުމަށް ތައްޔާރުވަމުންދާކަމަށް އެ ކުންފުނިން ބުނފިއެވެ. ކޯލް އެންޑް ޕިކް އަޕް ސަރވިސް ނުވަތަ “ކެޕްސް” ޚިދުމަތަކީ ގޭގެއިންނާއި، ވިޔަފާރިކުރާ ތަންތަނުން އުކާލަންޖެހޭ ގިނަ އަދަދެއްގެ ކުނި އުކާލުމަށް ވެމްކޯއިން ދެމުން އަންނަ ހިދުމަތެކެވެ.

އަތޮޅުތަކަށް މި ހިދުމަތް ދިނުމަށް ނިންމާފައިވަނީ މާލެގައި މިހިދުމަތްތައް ދޭ އަގަށްވުރެ ފަންސާސް އިންސައްތަ ކުޑަކޮށްކަމަށް ވެމްކޯއިން ބުނެއެވެ. އެގޮތުން އަތޮޅުތަކުގައި މިޚިދުމަތް ދެމުން އަންނަނީ 350 ކިލޯގެ ކުނި އުކާލެދެނީ 125 ރުފިޔާއަށެވެ. 1.5 ޓަނުގެ ކުނި އުކާލާދެނީ 275 ރުފިޔާއެވެ.

ވެމްކޯއިން ބުނީ އައްޑޫ އާއި ފުވައްމުލައް ސިޓީގެ ޓްރާންސްފަރ ސްޓޭޝަންތަކުން ގޭޓްފީ ނެގުމަށްވެސް ތައްޔާރުވަމުން އަންނަކަމަށެވެ.
މިމަހުގެ 22ވަނަ ދުވަހު ގޭޓްފީ ނަގަން ފަށަން ނިންމި ނަމަވެސް ވެމްކޯއިންވަނީ އެކަން އަންނަ މަހުގެ އެއްވަނަ ދުވަހަށް ފަސްކޮށްފައެވެ. ވެމްކޯއިން ބުނީ ގޭޓްފީ ނަގަން ފެށުމާއި އެކު ކެޕްސްގެ ހިދުމަތްވެސް އައްޑޫ އާއި ފުވައްމުލަކު ސިޓީގައި ފަށާނެކަމަށެވެ. ގޭޓްފީ ނެގުމަށް ހަމަޖެހިފައިވަނީ ހަތަރު ފުރޮޅޯލީ ކޮންމެ އުނޅަނދުން ޓަނަކުން ސަތޭކަ ރުފިޔާގެ ރޭޓުންނެވެ.

ވެމްކޯއިން މިހާރުވެސް ގެންދަނީ މާލޭގައި ކެޕްސްގެ ޚިދުމަތްދިނުމާއި، ގޭޓްފީ ނަގަމުންނެވެ. ގޭޓްފީގެ ގޮތުގައި ދުއިސައްތަ ރުފިޔާ ގެންދަނީ ނަގަމުންނެވެ. މާލޭގައި ކެޕްސްގެ ހިދުމަތުގެ ދަށުން މާލޭގައި 350 ކިލޯ ކުނި އުކާލަދޭނީ 250 ރުފިޔާ އަށެވެ. އަދި 1.5 ޓަނުގެ ކުނި އުކާލަދެނީ 550 ރުފިޔާއަށެއެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ކަންކަން ހައްލުކޮށްގެން ކުރިއަށްދާއިރު ސަރުކާރުގެ ސްޕީޑް ލަސްކަމަށް ހީކުރެވިދާނެ- މެމްބަރު އަހުމަދު އަބްދުﷲ

ތަރައްގީގެ ސްޕީޑާމެދު ރަށްޔިތުން އުއްމީދުކުރާ މިންވަރު ބޮޑުތަން މަތިވިޔަސް މުޅި ރާއްޖެ ގަޑުބަޑުކޮށްފައި އޮތުމުން ހުރިހާކަމެއް ހައްލުކޮށްގެން ކުރިއަށްދާއިރު ...

މޫސުން ގޯސް، ކ.އަތޮޅާއި އައްޑޫ ސިޓީއާ ދެމެދަށް އެލާޓް ނެރެފި

ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް ...

މަރަދޫގައި ހިނގި އެކްސިޑެންޓެއްގައި 2 މީހެއްގެ ފައި ދެ ތަނަކުން ބިނދިއްޖެ

އައްޑޫސިޓީ މަރަދޫގައި މިއަދު ހެނދުނު ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 2 މީހެއްގެ ފައި ދެ ...

ބިރުދައްކާ މަރުގެ އިންޒާރު ދިނަސް ޤާނޫނީ ޒިންމާ އަދާކުރުމުގައި ފަސް ޖެހުމެއް ނެތް: އިލެކްޝަންސް

އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ފަސްޖެހުމެއްނެތި ކޮމިޝަންގެ މެމްބަރުންނާއި އެ ކޮމިޝަނުގެ މުވައްޒަފުން ދެމި ތިބޭނެކަމުގެ ޔަޤީންކަން ...

ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން ވޯޓެއް ނަގަން ޖެހޭ

ވެރިކަމުގެ ނިޒާމުގެ މައްސަލައިގައި ގޮތެއް ނިންމާނީ ރައްޔިތުންގެ ވޯޓުން ކަމަށާއި ރައްޔިތުން ކޮންމެ ގޮތަކަށް ނިންމެވި ނަމަވެސް، އެގޮތަކަށް ...

އައްޑޫ ސިޓީގައި ހައުސިންގް މިނިސްޓްރީއިން ދެމުންދިޔަ ޚިދުމަތްތައް، އައްޑޫސިޓީ ކައުންސިލުގެ ދަށަށް

ކުރީގެ ސަރުކާރުން ހައުސިންގ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ބާރުތައް އަނބުރާ އައްޑޫސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކޮށްފިއެވެ. ސިޓީ ...