ރޮބަޓެއް ބޭނުންކޮށްގެން ގެއްލުނު ކުދީން ހޯދުމުގެ މަސައްކަތްކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި މިދިޔަ ހޮނިހިރުދުވަހު މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ދެ ކުދިން ހޯދުމަށް ޑައިވިން ރޮބަޓެއް ބޭނުންކޮށްފި އެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު އިބްރާޙިމް އާޒިމް ވިދާޅުވީ ޑައިވިން ރޮބަޓް ބޭނުންކޮށްގެން އެ ކުދިން ގެއްލުނު ސަރަހައްދުގެ ކަނޑު އަޑި ބަލާފައިވާ ކަމަށެވެ. އަދި ވައިގެ މަގުން ހެލިކޮޕްޓަރު ބޭނުންކޮށްގެން އޮއިހުރި ގޮތަށް ބަލައި، ކޯސްޓްގާޑުގެ ޑައިވަރުން މޫދުގެ އަޑި ބަލައިފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ އެ ދެ ކުދިން ހޯދުމަށް ސިފައިންގެ ހުރިހާ ވަސީލަތެއް ބޭނުން ކުރާނެ ކަމަށާއި އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

މިހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ އަލީ ފަހުމީ އާއި މަޔާމީން އަލީ އެވެ. އޭގެ ތެރެއިން ފަހުމީގެ ސޯޓު ވަނީ ފުއްޓަރު ފަރާތަށް ލައްގާފައި އޮއްވަ ފުލުހުންނަށް ފެނިފައި އެވެ. އަދި އެއީ ފަހުމީގެ ސޯޓުކަން އާއިލާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި ހާދިސާގައި ގެއްލުނު ދެ ކުދިންނާ އެކު މޫދަށް އެރި އުޅުނު އަލީ ރާއިފް ވަނީ ސަލާމަތް ކުރެވިފަ އެވެ. އެ ތިން ކުދިން މޫދަށް އެރުނީ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާއަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަދީބް އަނބުރާ ޖަލަށް ގެންގޮސްފި

ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ކޮށްފައިވާ 33 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުމަށް އަނބުރާ ...

ތިނަދޫ އިސްލާމީ މަރުކަޒު އައިޔޫއެމްއާއި ހަވާލުކުރަން ނިންމައިފި

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ގދ ތިނަދޫގައި ތަރައްޤީކުރި އިސްލާމީ މަރުކަޒު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއާއި ހަވާލުކުރަން ...

ކޮވިޑް ޖެހުނު ބަންގުލަދޭޝް މީހެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ފިޓް ޖެހިގެން އައިޖީއެމްއެޗަށް ގެންދިޔަ ބިދޭސީއަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ އެ މީހާއަކީ ބަންގްލަދޭޝްގެ މީހެއްކަމަށާ ...