• Categories
  • Archives

ޝަރަފުއްދީނާއި ހިތަދޫ ސްކޫލްގެ މެޗް އެއްވަރުވެ ޕޮއިންޓް ޓޭބަލްގެ އެއްވަނަ ޝަރަފުއްދީން ސްކޫލަށް

އައްޑޫސިޓީ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގައި  އިއްޔެ ހަވީރު ޝަރަފުއްދީން ސްކޫލާއި ހިތަދޫ ސްކޫލް ބައްދަލުކުރިމެޗް އެއްވަރުވެ ޕޮއިންޓް ޓޭބަލްގެ އެއްވަނަ ޝަރަފުއްދީން ސްކޫލަށް ލިބިއްޖެވެ.

އިއްޔެ ހަވީރު ހިތަދޫ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗް އެއްވަރުވެފައިވަނީ 4 ލަނޑު 4 ލަނޑުންނެވެ. އިއްޔެގެ މެޗް އެއްވަރުވެގެން ނިމުނުކަމުގައިވިޔަސް މިމެޗުގައި މޮޅަށް ކުޅެފައިވަނީ ޝަރަފުއްދީން ސްކޫލްގެ ޓީމެވެ.

އިއްޔެގެ މެޗް ފެށިގެން ފުރަތަމަ ދެލަނޑު ކާމިޔާބުކޮށް ކުރިހޯދީ ޝަރަފުއްދީން ސްކޫލުންނެވެ. ޝަރަފުއްދީން ސްކޫލްގެ ފުރަތަމަ ލަނޑު 13 ވަނަ މިނިޓްގައި  އަހިހަމް ކާމިޔާބުކޮށް ދީފައިވަނިކޮށް އެޓީމުގެ އަދި ދެވަނަ ލަނޑު 20 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ  ހަސަން ވިއާމެވެ.

މިމެޗްގައި  ހިތަދޫ ސްކޫލްޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 24 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީނީ ޝަރީފެވެ. ހިތަދޫ ސްކޫލުން މިލަނޑު ކާމިޔާބުކުރިތާ 6 މިނިޓް ފަހުން ޝަރަފުއްދީން ސްކޫލްގެ ޓީމުން މިމެޗްގައި ކާމިޔާބުކުރި 3 ވަނަ ލަނޑު 30 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަހުމަދު ޔުސްރެވެ.

ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ 3 ލަނޑު 1 ލަނޑުން ޝަރަފުއްދީން ސްކޫލް ކުރިހޯދައިގެންނެވެ.

ދެވަނަ ހާފްގެ ކުޅުން ފެށިގެން މެޗްގެ 38 ވަނަ މިނިޓާއި 47 ވަނަ މިނިޓްގައި ހިތަދޫ ސްކޫލްގެ   އައިމަން  ނަޒީރުވަނީ ހިތަދޫ ސްކޫލަށް ދެލަނޑު ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ 3 ލަނޑު 3 ލަނޑުން އެއްވަރުކޮށްދީފައެވެ.

މިމެޗްގައި ދެވަނަ ފަހަރަށް ޝަރަފުއްދީން ސްކޫލަށް ލީޑު ހޯދައިދިނީ މެޗްގެ 62 ވަނަ މިނިޓްގައި އަލީ ޝަނޫން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެހެން ނަމަވެސް މެޗްގެ އިތުރުވަގުތުގެ އެންމެ ފަހުމިނިޓްގައި ހިތަދޫ ސްކޫލްގެ މުހައްމަދު ޒަކުވާންވަނީ އެޓީމުގެ 4 ވަނަ ލަނޑު ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

އިއްޔެގެ މެޗާއެކު މިމުބާރާތުގެ 16 އަހަރުން ދަށުގައި މިހާތަނަށްވަނީ 6 މެޗް ކުޅެވިފައެވެ. 6 މެޗް ކުޅެވުނުއިރު 3 މެޗުން 5 ޕޮއިންޓް ހޯދައިގެން ޕޮއިންޓް ޓޭބަލްގެ 1 ވަނަ ލިބެނީ ޝަރަފުއްދީން ސްކޫލަށެވެ. ދެމެޗުން 4 ޕޮއިންޓާއި ފައިދާ 3 ގޯލާއެކު ދެވަނަ ލިބެނީ އަތޮޅުމަދަރުސާޓީމަށެވެ. 3 މެޗުން 4 ޕޮއިންޓް ލިބި ފައިދާ އެއްވެސް ގޯލެއް ނެތި ޕޮއިންޓް ޓޭބަލްގެ 3 ވަނަ ލިބެނީ ހިތަދޫ ސްކޫލަށެވެ.

އިރުޝާދިއްޔާ ސްކޫލްގެ ޓީމަށް 2 މެޗުން 3 ޕޮއިންޓް ލިބިފައިވާއިރު ފޭދޫ ސްކޫލް ކުޅުނު 2 މެޗުންވެސް ބަލިވެ އެޓީމަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއްނުވެއެވެ.

މިމުބާރާތުގެ ފައިނަލަށް ދެޓީމު ހޮވުމަށް ހަމަޖެހިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓިމަކާ އެއްފަހަރު ބައްދަލުކުރުމަށްފަހު ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމް ފައިނަލަށް ހޮވޭ ގޮތަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

އައިއެސްއޭ ވޮލީ މުބާރާތް ޓޫސިސްޓަރ ކާމިޔާބުކޮށްފި

އައިއެސްއޭ ވޮލީ މުބާރާތުގެ ފައިނަލް މެޗުގައި ޓީމް ލެއްޗޭ ބަލިކޮށް ޓޫސިސްޓަރ ޗެމްޕިއަންކަން ހޯދައިފި އެވެ. މިމަހުގެ 12 ...

ބެސްޓް ފުޓްސަލް މުބާރާތް 2018- މިރޭ ކުޅެވޭ ދެމެޗަކީ ފޯރިގަދަ ވާނެ ދެމެޗް

ބެސްޓް ފުޓްސަލް މުބާރާތް 2018 ގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ފޯރިގަދަވާނެކަމަށް ބެލެވޭ ދެމެޗެވެ. މިގޮތުން ގްރޫޕް އޭގެ ...

ގައުމުން ވަރުގަދަ ތައްލިހި މޮޅުވިޔަނުދީ ހިފަހައްޓައިފި

ހުޅުމީދޫގައި ބޭއްވޭ އެންމެ އަގުބޮޑު މުބާރާތްކަމަށްވާ މިނިވަންކަޕް ފުޓްސަލް މުބާރާތުގައި އިއްޔެ  ހަވީރު ކުޅުނު މެޗުން ގައުމުން ވަރުގަދަ ...

ގަންބުރި ކަޕް 2018 ފުޓްބޯޅަ މުބާރާތް ފަށައިފި – ފުރަތަމަމެޗް ކާމިޔާބުރީ ޕޮލިސް

ގަންބުރި ފުޓްބޯޅަ މުބާރާތް 2018 ގެ ނަމުގައި އިއްޔެ ހަވީރު ފުޓްބޯޅަ މުބާރާތެއް ފަށައިފި އެވެ. މީދޫ ޒުވާނުން ...

ބެސްޓް ފުޓްސަލް މުބާރާތް 2018: ޝަންގްރިއްލާއާއި ޑީއެފްސީގެ ކުރިމަތިލުން އެއްވަރު

ހުޅުމީދޫ ޕޮލިސް ދަނޑުގައި މިހާރު ކުރިއަށްދާ ބެސްޓް ފުޓްސެލް މުބާރާތް 2018 ގައި ރޭ ކުޅުނު ފުރަތަމަ މެޗް ...

ޤައުމީ ޓީމަށް ކުޅުމާ މެދު ގޮތެއް ނިންމޭނީ އެކަމާ ވިސްނުމަށް ފަހު- އަލީ އަޝްފާގް (ދަގަނޑޭ) – އަސްއަދުވެސް ޓީމަށް ދުރަށް!

ދެން ޤައުމީ ޓީމަށް ކުޅުމާ މެދު ގޮތެއް ނިންމޭނީ އެކަމާ ވިސްނުމަށް ފަހު ކަމަށް ޤައުމީ ކެޕްޓަން އަލީ ...