• Categories
  • Archives

ފޭދޫ ސްކޫލުން އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފި

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު  ކުޅެވުނު 16 އަހަރުން ދަށުގެމެޗް ފޭދޫސްކޫލްގެ ޓީމްެ ކާމިޔާބުކޮށްފިއެވެ.

ހިތަދޫ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗް ފޭދޫ ސްކޫލްގެ ކާމިޔާބުކޮށްފައިވަނީ އިރުޝާދިއްޔާ ސްކޫލްގެ ޓީމާ ވާދަކޮށް 1 ލަނޑު 0 ލަނޑުންނެވެ.

މިމެޗްގައި ފޭދޫ ސްކޫލްޓީމުން ކާމިޔާބުކުރި  ހަމައެކަނި ލަނޑު މެޗްގެ 37 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ހިސާމު ނަސީރެވެ.

މިމުބާރާތުގައި ފޭދޫ ސްކޫލްގެ ޓީމު މީގެ ކުރީން ކުޅުނު ދެމެޗުންވެސް ވަނީ ބަލިވެފައެވެ. އެހެން ކަމުން ފަސްޓީމު ވާދަކުރާ މިމުބާރާތުގައި ފޭދޫ ސްކޫލްޓީމަށް 3 މެޗް ކުޅެގެން ލިބިފައިވަނީ 3 ޕޮއިންޓެވެ.

މިއަދުގެ މެޗުން ދެރަވި އިރުޝާދިއްޔާ ސްކޫލްގެ ޓީމު މީގެ ކުރީން ކުޅުނު ދެމެޗުގެ ތެރެއިން އެއްމެޗުން މޮޅުވެ އެއްމެޗުން ވަނީ ދެރަވެފައެވެ. އެހެންކަމުން އެޓީމަށްވެސް ތިންމެޗު ކުޅެގެން ލިބިފައިވަނީ 3 ޕޮއިންޓެވެ.

16 އަހަރުން ދަށުގެ އުމުރުފުރައިގެ ޕޮއިންޓް ޓޭބަލަށް ބަލާއިރު ތިންމެޗުން 5 ޕޮއިންޓް ލިބިގެން ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި މިވަގުތު އޮތީ ޝަރަފުއްދީން ސްކޫލެވެ. ޕޮއިންޓް ޓޭބަލްގެ ދެވަނާގައި އޮތީ 3 މެޗުން 4 ޕޮއިންޓް ލިބިފައިވާ ހިތަދޫ ސްކޫލްގެ ޓީމާއި 2 މެޗުން 4 ޕޮއިންޓް ލިބިފައިވާ އަތޮޅުމަދަރުސާގެ ޓީމެވެ.

މިމުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވެފައިވާ 5 ޓީމް ކޮންމެޓީމަކާ ކޮންމެޓީމެއް އެއްފަހަރު ބައްދަލުކުރުމަށްފަހު އެންމެގިނަ ޕޮއިންޓް ހޯދާ ދެޓީމް ފައިނަލަށް ހޮވޭނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

އީޔޫ، އެމެރިކާ އަދި އިނގިރޭސިވިލާތަށް ވެސް، ނިހާނުގެ ވަރުގަދަ ސުވާލެއް!

ޔޫރަޕިއަން ޔޫނިއަންއާއި އެމެރިކާ އަދި އިނގިރޭސިވިލާތަށް ވެސް މެމްބަރު ނިހާނު ގެ ވަރުގަދަ ސުވާލެއް އަމާޒު ވެއްޖެއެވެ. ރާއްޖޭގައި ...

އެމްއެމްޕީއާރުސީގެ ޚިޔާނާތް

ރަށްތަކާ ފަޅުތައް ވިއްކައިގެން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާ ރަށްޔިތުންގެ މަޖިލުހުގެ ބައެއް މެމްބަރުންނަށްވެސް ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގު ...

ކ.އަތޮޅުން ފެށިގެން ލ، އާއި ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓްނެރެފި

ކއަތޮޅުން ފެށިގެން ލ އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވެދާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ...

ނަސްރުގެ ދުވަސް: ގައުމަށްޓަކައި އަހަރެމެންގެ މޭ އައްޑަނައަކަށް ދިއްކޮށްލުމަކީ މޮޓޯކަމުގައި ޚިޔާރުކުރަމާތޯ

އެންމެހައި ދިވެހިންނަށް އެނގިލައްވާނެހެން ނަސްރުގެ ދުވަހަކީ03 ނޮވެމްބަރު 1988 ވީ ދުވަހު ރާއްޖެ އަށް ކުރިމަތިވި ޓެރަރިސްޓް ހަމަލާއިން ...

ރިސޯޓުތަކަށް ބަނގުރަލާ އޫރުމަސް އުފުލާ އުޅަނދުތަކުގައި ޓްރެކިންގް ޑިވައިސް ހަރުކުރަނީ

ހުއްދަ ދެވިފައިވާ ރިސޯޓުތަކާ ސަފާރީތަކަށް ބަނގުރަލާ އޫރުމަސް އުފުލާ އުޅަނދުތަކުގައި ޓްރެކިންގް ޑިވައިސް ހަރުކުރަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ...

ރިބާ ބެހިގެންވާ ބައިތައް

ރިބާގެ އޮންނަނީ މައިގަނޑު ދެ ވައްތަރެވެ. އެއީ:- ރިބާ އަލްފަޟްލު އާއި ރިބާ އައްނަސީއާ އެވެ. ރިބާ އަލްފަޟްލު ...